63 ޒަކަރިއްޔާ ލިޔާނެ އެއްޗެއް ގެނައުމަށް އިޝާރާތްކުރިއެވެ. އެގެނައުމުން އޭނާ މިފަދައިން އޭގައި ލިޔުނެވެ. ”މިކުއްޖާގެ ނަމަކީ ޔަޙުޔާ.“ އެންމެން މިކަމާ ވަރަށް އަޖައިބުވިއެވެ.
ވަފާތެރި ކަމާއި ހިތްހެޔޮކަން ދޫކޮށް ނުލާށެވެ. މިކަންތައް ކަރުގައި ހާރެއްހެން އަޅާށެވެ. އަދި ހިތުގައި ލިޔެ ބިންވަޅު ނަގާށެވެ.
މިވާހަކަތައް އީސާގެފާނު އަޑުއައްސަވައި އެކަލޭގެފާނު ޙައިރާންވެ ވަޑައިގެންނެވިއެވެ. އަދި އެކަލޭގެފާނުގެ އަރިހުގައި ތިބި މީސްތަކުންނާއި ދިމާލަށް އެނބުރި ވަޑައިގަންނަވާ ވިދާޅުވިއެވެ. ”އަހަރެން މިބުނަނީ ތެދެއް. މުޅި ބަނީއިސްރާއީލުންގެ ތެރެއިން ވެސް މިވަރުގެ އީމާންކަން ހުރި މީހަކު އަހަރެން ނުދެކެން!
ނަމަވެސް މި މަލާއިކަތާ ވިދާޅުވިއެވެ. ”ޒަކަރިއްޔާ. ބިރު ނުގަނޭ. މާތްރަސްކަލާނގެ ކަލޭގެ ދުޢާ އައްސަވާ ވޮޑިގެންފި. ކަލޭގެ އަނބިމީހާ އެލިޒަބަތު ކަލެއަށް ފިރިހެން ކުއްޖަކު ވިހާނެ. ކަލޭ އެދަރިފުޅަށް ޔަޙުޔާއޭ ކިޔާ ނަންދީ.
އެލިޒަބަތު ބުންޏެވެ. ”ނޫނޭ. އޭނާއަށް ކިޔާނީ ’ޔަޙުޔާ‘.“