Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 1:59 - ކިތާބުލް މުޤައްދަސާ

59 އެމީހުންގެ އާދަކާދަތަކާއި އެއްގޮތުގެ މަތިން އަށްދުވަސްވީ ދުވަހު އެމީހުން ކުއްޖާ ޚިތާނު ކުރުމަށާ ނަންދިނުމަށްޓަކައި އައެވެ. އެމީހުން އެލިޒަބަތު ކުރެން އެހިއެވެ. ”⁠މިކުއްޖާގެ ނަމަކީ ޒަކަރިއްޔާ ދޯ؟⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 1:59
6 ပူးပေါင်းရင်းမြစ်များ  

މޫސާގެފާނު މެދުވެރިކޮށް މާތްރަސްކަލާނގެ އަންގަވައިފައި ވަނީ ކޮންމެ ފިރިހެން ކުއްޖަކު ވެސް ދުނިޔެއަށް އަންނަތާ އަށްވަނައަށް ވާދުވަހު ޚިތާނު ކުރުމަށެވެ. އެގޮތުން އީސާގެފާނު ދުނިޔެއަށް ވަޑައިގަތްތާ އަށްވަނަ ދުވަހު އެކަލޭގެފާނު ވެސް ޚިތާނު ކުރެއްވުނެވެ. އެދުވަހު އެކަލޭގެފާނަށް ނަން ވެސް ދެއްވުނެވެ. އެކަލޭގެފާނަށް ދެއްވުނު ނަންފުޅަކީ އެކަލޭގެފާނު އުފަންވުމުގެ ކުރިން ޖިބުރީލުގެފާނު މެދުވެރިކޮށް މާތްރަސްކަލާނގެ އެކަލޭގެފާނަށް ދެއްވާފައިވާ ނަންފުޅު ކަމުގައި ވީ އީސާ މިނަންފުޅެވެ.


މާތްރަސްކަލާނގެ އިބްރާހީމްގެފާނަށް އެންގެވި. ’⁠ތިމަންކަލާނގެއާއި ކަލެއާއި ދެމެދު މި ކުރެވުނު ޢަހުދުނާމާ ހަނދާން ހުރިކަމާއި އަދި އެ ޢަހުދުނާމާގައި ކަލޭ އެއްބަސްވެފައިވާ ކަން ހާމަކުރުމަށްޓަކައި ކަލޭމެންގެ ހުރިހާ ފިރިހެންދަރިން ޚިތާނު ކުރަން ޖެހޭނޭ.⁠‘ އެހެން ކަމުން އިބްރާހީމްގެފާނު އެކަލޭގެފާނުގެ ދަރިކަލުން އިސްޙާޤުގެފާނުގެ އުމުރުފުޅުން އަށްވަނައަށް ވީ ދުވަހު އެދަރިކަލުން ޚިތާނު ކުރެއްވި. އަދި ފަހުން އިސްޙާޤުގެފާނު އެކަލޭގެފާނުގެ ދަރިކަލުން ޔަޢުޤޫބުގެފާނު ޚިތާނު ކުރެއްވި. އަދި ޔަޢުޤޫބުގެފާނު ވެސް އެކަލޭގެފާނުގެ ބާރަ ފިރިހެން ދަރިކަލުން ޚިތާނު ކުރެއްވި. މިއީ އަހަރެމެންގެ ދަރިކޮޅުގެ މަޝްހޫރު ބާރަ ކާބަފައިކަލުން.


އަހަރެންގެ އުމުރުން އަށްޑުވަހުގައި ޚިތާނުގެ ލެއްވިއެވެ. އަދި އަހަރެންނަކީ އިސްރާއީލު ބާގައިގެ ބިންޔާމީން ދަރިކޮޅުގެ މީހަކީމެވެ. އަހަރެންނަކީ ހަތަރުމަތިފުށް ބަނީއިސްރާއީލުންގެ ތެރެއިންވި ޢިބްރާނީ މީހެއްމެއެވެ. ދީންވެރިކަމާއެކު، މޫސާގެފާނުގެ ތައުރާތުގައި ވާގޮތަށް އަމަލުތައް ބެހެއްޓި ފަރީސީއެއް ވެސްމެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ