Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 1:58 - ކިތާބުލް މުޤައްދަސާ

58 އެލިޒަބަތުގެ ތިމާގެމީހުންނާއި އަވަށްޓެރިން އޭނާގެ މައްޗަށް މަތިވެރި މާތްރަސްކަލާނގެ މިލެއްވި މަތިވެރި ބަރަކާތާއި ދީލަތިވަންތަކަން ދެކެ އޭނާގެ މިއުފަލުގައި ބައިވެރިވިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 1:58
12 ပူးပေါင်းရင်းမြစ်များ  

ތިޔަބޭކަލުން އަޅުގަނޑުގެ ފުރާނަ ސަލާމަތް ކޮށްދެއްވާ ތިޔަކޮށްދެވީ ވަރަށްބޮޑު ހެޔޮކަމެއް. ނަމަވެސް ފަރުބަދަތައް އެވަނީ ވަރަށް ދުރުގަ އަޅުގަނޑު އެހިސާބަށް ނުފޯރަނީސް މިރަށަށް ފޮނުއްވޭ މުސީބާތުގައި ޖެހި އަޅުގަނޑު ވެސް މަރުވާނެ.


އަދި ސާރާ ވިދާޅުވިއެވެ. ”⁠މާތްކަލާނގެ އަހަރެންނަށް ހުނުމުގެ އުފާވެރިކަން ދެއްވައިފި. މިވާހަކަ އަޑުއެހި ކޮންމެ މީހަކުމެ އަހަރެންނާއި އެކުގައި މި ހުނުމުގެ އުފަލުގައި ބައިވެރިވާނެ.


ވީއިރު ބަފަޔަށާއި މައިމީހާއަށް އުފާވެރިކަން ގެނެސްދޭށެވެ. އޭރުން ކަލޯ ބަނޑުއަޅާ ވިހޭ މައިމީހާ ކިހާ އުފަލެއް ވާނެހެއްޔެވެ؟


ކަލެއަށް އެދަރިފުޅުގެ ސަބަބުން އުފަލާއި ހިތްހަމަޖެހުން ލިބޭނެ. އަދި އޭނާ މި ދުނިޔެއަށް އައުމުގެ ސަބަބުން އެތައް ބަޔަކު ވެސް އުފާކުރާނެ.


އެލިޒަބަތު ބުންޏެވެ. ”⁠އަހަރެންނަށް މިފަދައިން ހިންމަވައި ދެއްވެވީ މަތިވެރި މާތްރަސްކަލާނގެ. މާތްރަސްކަލާނގެ އެކަލާނގެ ރަޙުމަތްފުޅުން އަހަރެންނަށް ރަޙުމަތްލެއްވި. އަދި މިއަދު މީސްތަކުންގެ މަލާމާތުން އަހަރެން ސަލާމަތް ކުރައްވައިފި.⁠“


އެލިޒަބަތު ދުވަސް ފުރާ ފިރިހެން ކުއްޖަކު ވިހެއެވެ.


ދެން އީސާގެފާނަށް ދަޢުވަތު ދިން މީހާއަށް އެކަލޭގެފާނު ވިދާޅުވިއެވެ. ”⁠ކަލޭ ޚާއްސަ ބޮޑު ކެއުމެއް ދެނީ ކަމުގައި ވީ ނަމަވެސް ހަމައެކަނި ކަލޭގެ ރަޙުމަތްތެރިން ނުވަތަ އެއްބަނޑު ތިމާގެ މީހުން ނުވަތަ ކަލޭގެ މުއްސަނދި އަވަށްޓެރިންނަށް އެކަނި ދަޢުވަތު ނުދޭތި. އެ ގޮތަށް ކަލޭ ކަންތައް ކުރީމާ އޭގެ ބަދަލުގައި އެމީހުން ވެސް ކަލެއަށް ދަޢުވަތު ދޭނެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ