57 އެލިޒަބަތު ދުވަސް ފުރާ ފިރިހެން ކުއްޖަކު ވިހެއެވެ.
ނަމަވެސް މި މަލާއިކަތާ ވިދާޅުވިއެވެ. ”ޒަކަރިއްޔާ. ބިރު ނުގަނޭ. މާތްރަސްކަލާނގެ ކަލޭގެ ދުޢާ އައްސަވާ ވޮޑިގެންފި. ކަލޭގެ އަނބިމީހާ އެލިޒަބަތު ކަލެއަށް ފިރިހެން ކުއްޖަކު ވިހާނެ. ކަލޭ އެދަރިފުޅަށް ޔަޙުޔާއޭ ކިޔާ ނަންދީ.
ޖުދެއާ ކަރައިގައި ހެރޮދު ރަސްގެފާނުގެ ޒަމާނުގައި ޒަކަރިއްޔާއޭ ކިޔުނު އިމާމަކު އުޅުނެވެ. އޭނާ އާއި އޭނާގެ އަންހެނުން އެލިޒަބަތަކީ އިމާމު ހާރޫނުގެފާނުގެ ދަރިކޮޅުގެ މީހުންނެވެ. ޒަކަރިއްޔާ އަކީ އެދަރިކޮޅުގެ އަބައްޔާ ވަންހައިގެ މީހެކެވެ.
މަރިޔަމްގެފާނު އެލިޒަބަތުގެ ކައިރީގައި ތިން މަހެއް ހާ ދުވަހު ހުންނެވުމަށް ފަހު އެނބުރި ނާޒަރަތު އަށް ވަޑައިގެންނެވިއެވެ.
އެލިޒަބަތުގެ ތިމާގެމީހުންނާއި އަވަށްޓެރިން އޭނާގެ މައްޗަށް މަތިވެރި މާތްރަސްކަލާނގެ މިލެއްވި މަތިވެރި ބަރަކާތާއި ދީލަތިވަންތަކަން ދެކެ އޭނާގެ މިއުފަލުގައި ބައިވެރިވިއެވެ.