ލޫކާސް 1:49 - ކިތާބުލް މުޤައްދަސާ49 އެންމެމަތިވެރިކަލާނގެ މިއަޅާއަށްޓަކައި މި މަތިވެރި ކަންތައްތައް ހިންމަވައިދެއްވި. އެކަލާނގެއީ ކީރިތިވަންތަ ކަލާނގެ. အခန်းကိုကြည့်ပါ။ |
އީސާގެފާނު އެ ޖިންނިތަކަށް ހުއްދަ ދެއްވުމުން އެ ފިރިހެނާގެ ހަށިގަނޑުގެ ތެރެއިން ނުކުމެ ދުވެ ގޮސް އެ އޫރުތަކުގެ ތެރެއަށް ވަދެގެންފިއެވެ. އެ ހިނދު އެ އޫރު އައިނުގައި ވީ ދެހާހެއްހާ އޫރު ކުއްލިއަކަށް އުސްބިމުގެ މަތިން ދުވެފައި ގޮސް ތިރީގައި އޮތް ކަނޑުގެ ތެރެއަށް ފުންމާލައިފިއެވެ. އަދި ހުރިހާ އޫރެއް ގެނބި މަރުވިއެވެ.
މާތްރަސްކަލާނގެ މަތިވެރިކަމުގެ ބޮޑުކަމާއެވެ! އަހަރެމެން އެދިދަންނަވާ ކޮންމެ ކަމެއް މާއިތުރަށް ވެސް ކޮށްދެއްވުމަށް އެކަލާނގެ ކުޅަދުންވަންތައެވެ. އަދި އަހަރެމެންނަށް ޚިޔާލު ކުރުމަށް ކުޅެދިގެންނުވާ މިންވަރަށް ވެސް ކަންތައްތައް ކޮށްދެއްވުމަށް އެކަލާނގެ ކުޅަދުންވަންތައެވެ. އެހެނީ އެކަލާނގެ ކުޅަދުންވަންތަކަން އަހަރެމެންގެ ކިބައިގައި މަސައްކަތް ކުރަމުން ދެއެވެ.
ސާހިބުވަންތަ ރަސްކަލާކޮ! އިނބަ ކަލާނގެ ނަންފުޅަށް ގަދަރާއި ޙަމްދު ނުކުރާނީ ކާކު؟ އިނބަރަސްކަލާނގެ މަތިވެރިކަމާއި ދެކޮޅު ހަދާނީ ކާކު؟ ހަމައެކަނި މާތްކުރެވިގެން ވަނީ އިނބަރަސްކަލާނގެމެ. އެންމެހާ ޤައުމުތަކެއް އައިސް އިނބަރަސްކަލާނގެ ކިބަފުޅަށް އަޅުކަން ކުރާނެ. ސަބަބަކީ އިނބަރަސްކަލާނގެ އަދުލުވެރި ގޮތްތައް އެމީހުންނަށް ފެނުނީތީ ވެސްމެ.“
މި ދިރިހުރި މަޚުލޫގުންގެ ތެރެއިން ކޮންމެ މަޚުލޫގެއްގެ ހަށިގަނޑުގައި ހަ ފިޔަ ވެއެވެ. އަދި އޭގެ ކޮންމެ އެއްޗެއްގެ ހަށިގަނޑުވަނީ ލޯތަކުން ފުރިފައެވެ. އޭގެ ފިޔަތަކުގެ ދަށާއި އެކުވެސް މެއެވެ. ދުވާލާއި ރޭގަނޑު ހުއްޓުމެއް ނެތި މި އެއްޗެތި ޙަމްދު ސަނާ ކިޔަމުން ގެންދެއެވެ. ”ޤުއްދޫސް، ޤުއްދޫސް، ޤުއްދޫސް ވަންތަ ފަރާތްޕުޅަކީ ސާހިބުވަންތަ، ކުޅަދުންވަންތަ މާތް ރަސްކަލާނގެ. އެކަލާނގެއީ މާޒީގައި ވޮޑިގެންވީ، މި ހިނދުގައި ވޮޑިގެންވާ، އަދި މުސްތަޤްބަލުގައި ވެސް އަބަދަށްމެ ވޮޑިގެންވާނެ ފަރާތްމެ.“