Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 1:48 - ކިތާބުލް މުޤައްދަސާ

48 އެކަލާނގެ މިނިކަމެތި އަޅާގެ މައްޗަށް ބައްލަވާ ވޮޑިގަންނަވާ ރަޙުމަތްލައްވައިފި. އެކަމުގެ ސަބަބުން އަންނަން އޮތް ޒަމާންތަކުގެ މީހުން މިއަޅާއަކީ ބަރަކާތް ލެއްވިގެންވާ މީހެކޭ ބުނާނެ.

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 1:48
19 ပူးပေါင်းရင်းမြစ်များ  

އަދި މިދަރިފުޅަށް އަޝީރު ގެ ނަމުން ނަންދިނެވެ. މި ނަމުގެ ސަބަބެއް ކަމުގައި އެކަނބުލޭގެއަށް މިފަދައިން ބުނެވުނެވެ. ”⁠މިހާރު އަހަރެންނަކީ ކިހާ އުފާވެރި މީހެއް! އަހަރެންނަކީ އުފާވެރި އަންހެނެއް ކަމުގައި އެންމެހާ އަންހެނުން ބުނާނެކަން ޔަޤީން!⁠“


”⁠ތިމަންކަލާނގެ ޚާދިމު ދާއޫދުގާތު ބުނޭ ’⁠މިއީ ކުޅަދުންވަންތަ ކަލާނގެ ކުޅަދުންވަންތަ މާތްރަސްކަލާނގެ ބަސްފުޅޭ: ތިމަންކަލާނގެ ކަލޭ ހޮއްވެވީ ދަނޑުމަތީގައި ކަންބަޅި ބަލަހައްޓަން އުޅެނިކޮށޭ. އަދި ތިމަންކަލާނގެ ވަނީ ކަލޭގެފާނަށް އިސްރާއީލު މީހުންގެ ވެރިކަން ދެއްވާފައޭ.


މި މަލާއިކަތާ މަރިޔަމްގެފާނުގެ އަރިހަށް ވަޑައިގެން ވިދާޅުވިއެވެ. ”⁠މަރިޔަމްގެފާނު. މާތްރަސްކަލާނގެ ކަނބުލޭގެފާނަށް ވަރަށް މަތިވެރި ޝަރަފެއް ދެއްވައިފި. މަތިވެރި ރަސްކަލާނގެ ވޮޑިގެން ވަނީ ކަނބުލޭގެފާނާއި އެކުގަ. އެކަލާނގެ ކަނބުލޭގެފާނަށް އެހީތެރިވެ ވޮޑިގެން ވާނެ.⁠“


އެލިޒަބަތު އުފަލުން ފުރިފައިވާ އަޑަކުން ބުންޏެވެ. ”⁠ހުރިހާ އަންހެނުންގެ ތެރެއިން ކަލެއަށް ރަޙުމަތް ލެއްވިގެން ވޭ އަދި ކަލެއަށް ލިބޭނެ ދަރިފުޅަކީ ރަޙުމަތް ލެއްވިގެން ވާނޭ ކުއްޖެއް.


މާތްރަސްކަލާނގެ އެމީހަކާއި މެދު ހިންމަވާނޭކަމަށް އެންގެވި ކަންތައްތައް ގަބޫލުކުރާ މީހަކަށް ރަޙުމަތް ލެއްވިގެން ވޭ.⁠“


އެންމެމަތިވެރިކަލާނގެ މިއަޅާއަށްޓަކައި މި މަތިވެރި ކަންތައްތައް ހިންމަވައިދެއްވި. އެކަލާނގެއީ ކީރިތިވަންތަ ކަލާނގެ.


އީސާގެފާނު މި ވާހަކަފުޅުތައް ދައްކަވަމުން ގެންދަވަނިކޮށް މީސްތަކުންގެ ތެރެއިން އަންހެނަކު ގޮވާލިއެވެ. ”⁠ކަލޭގެފާނު މި ދުނިޔެއަށް އެމީހެއްގެ ބަނޑުން އުފަންވި ކަލޭގެފާނަށް ކިރުދީ ބޮޑުކުރި މައިމީހާއަށް ބަރަކާތް ހުރި.⁠“


”⁠ކުޅަދުންވަންތަ މާތްރަސްކަލާނކޯ! މިއަޅާގެ ހިތާމަތަކަށް ބައްލަވާ ވޮޑިގަންނަވައި، މިއަޅާގެ މަތިން ހަނދުމަފުޅު ނައްތަވާ ނުލައްވައި، މިއަޅާއަށް ފިރިހެން ދަރިފުޅަކު ދެއްވާފާނދޭ! އޭރުން މިއަޅާ އެ ދަރިފުޅު އިނބަ ރަސްކަލާނގެއަށް ޚިދުމަތް ކުރުމަށްޓަކައި މުޅި އުމުރަށް ވެދުން ކުރާހުށީން! އަދި އޭނާގެ ބޮލުގެ އިސްތައްޓަކު ކުރަފަތް ވެސް ޖައްސައި ނުލާ ހުށީން!⁠“


ކިލާގަނޑުން މީހާ ނަންގަވަނީ އެކަލާނގެ. ބޭނުން ޖެހިފައިވާ މީހާ ކުނިގޮނޑުން ނެރުއްވަނީ އެކަލާނގެ. އަދި ރަސްކަލުންގެ އަރިހުގައި ބައިންދަވަނީ އެކަލާނގެ. މީހާއަށް އިއްޒަތުގެ ތަޚުތު ދެއްވަނީ އެކަލާނގެ. އެހެނީ ބިމުގެ ބިންގާތަކަކީ މާތްރަސްކަލާނގެ މިލްކެއް. ބިމުގެ ބިންގާ އެޅުއްވީ އެކަލާނގެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ