Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 1:43 - ކިތާބުލް މުޤައްދަސާ

43 އަހަރެންގެ މާތްސާހިބާގެ މަންމާފުޅު އަހަރެންގެ ކައިރިއަށް ޒިޔާރަތް ކުރާފަދަ ޝަރަފެއް އަހަންނަށް މިލިބުނީ ކީއްވެބާ؟

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 1:43
15 ပူးပေါင်းရင်းမြစ်များ  

އީސާގެފާނު މީސްތަކުންނާއި ވާހަކަ ދައްކަވަން ހުންނަވަނިކޮށް އެކަލޭގެފާނާއި ވާހަކަފުޅު ދެއްކެވުމަށް ޓަކައި އެކަލޭގެފާނުގެ މައިކަމަނާ އާއި އެކަލޭގެފާނުގެ ފިރިހެން ކޮއްކޮމެން އައިސް އެތަނުގެ ބޭރުގައި ތިއްބެވެ.


ނަމަވެސް ޔަޙުޔާގެފާނު އެކަންތައް ހުއްޓުމަށް ޓަކައި މަސައްކަތް ކުރެއްވުމުގެ ގޮތުން ދެންނެވިއެވެ. ”⁠ކަލޭގެފާނު އަޅުގަނޑުގެ ކައިރިއަށް ތައުބާގެ ހިނެވުމުން ހިނައިގެންނެވުމަށް ޓަކައި ތިޔަ ވަޑައިގެންނެވީ ކީއްވެ؟ އަޅުގަނޑު ތައުބާގެ ހިނެވުމުން ހިނައިދެއްވުމަށް ކަލޭގެފާނުގެ އަރިހުން އެދިވަޑައިގަންނަވަމު!⁠“


އެލިޒަބަތު އުފަލުން ފުރިފައިވާ އަޑަކުން ބުންޏެވެ. ”⁠ހުރިހާ އަންހެނުންގެ ތެރެއިން ކަލެއަށް ރަޙުމަތް ލެއްވިގެން ވޭ އަދި ކަލެއަށް ލިބޭނެ ދަރިފުޅަކީ ރަޙުމަތް ލެއްވިގެން ވާނޭ ކުއްޖެއް.


ކަލޭގެ ސަލާމުގެ އަޑު އިވުމާއިއެކު އަހަރެންގެ ބަނޑުގައި މި ވާ ދަރިފުޅު އުފަލުން ތޮޅެންފެށި.


ދާއޫދުގެފާނު އުފަންވި ރަށުގައި މިއަދު ތިޔައެންމެހައި މީސްތަކުން ދިންނަވާނޭ ބޭކަލަކު އުފަންވެއްޖެ. އެކަލޭގެފާނީ މަތިވެރި މާތްރަސްކަލާނގެ ޚާއްސަ ކުރައްވާފައިވާ އަލްމަސީޙު ކަމުގައިވާ މާތްސާހިބާ.


އަދި އަޅުގަނޑަކީ ކަލޭގެފާނުގެ އަރިހަށް އައުމަށް ވެސް އެކަށީގެންވާ މީހަކީމެއް ނޫން. ކަލޭގެފާނު ހަމައެކަނި އަމުރުފުޅު ކުރައްވާ ބަސްފުޅު ވިދާޅުވަނިކޮށް އަޅުގަނޑުގެ ނޯކަރު ރަނގަޅު ވާނެ ކަން އަޅުގަނޑަށް އެނގޭ.


ކަލޭމެން އަހަރެންނަށް މާތް ސާހިބާއޭ އެދުރުކަލޭގެފާނުއޭ ބުނެ މުޚާތަބު ކުރޭ. ކަލޭމެން އަހަރެންނަށް އެފަދައިން މުޚާތަބު ކުރިޔަސް އެންމެ ރަނގަޅު، އެއީ ތެދެއްމެ.


ތޯމާސް ބުންޏެވެ. ”⁠މާތްރަސްކަލާނގެ! މަގޭ މާތްސާހިބާ!⁠“


ތިޔަބައިމީހުންގެ ޢަޒުމުގައި އަމިއްލަ އެދުން އިސްނުކުރާށެވެ. އަދި އަގުވެއްޓިދާފަދަ ސަޅިބައިސާތަކުގެ އެދުންތަކުން އެއްކިބާވެ ތިބޭށެވެ. އެއާއެކު، ތިމާއަށް ވުރެން އަނެކާގެ ހާލާއިމެދުގައި އަބަދުވެސް އިސްކަން ދޭށެވެ.


އެ ހުރިހާ އެއްޗަކީ ވެސް އަހަރެންގެ މާތްސާހިބާ އީސާ އަލްމަސީޙު ދެނެގަތުމުގައި ވާ މިންނުކުރެވޭ އަގާ އަޅާ ބަލާއިރު އެއްވެސް އަގެއް ނެތް ތަކެއްޗެވެ. އެކަލޭގެފާނަށްޓަކައި އަހަރެން އެ ހުރިހާ ތަކެއްޗެއް ގެއްލުވާލީމެވެ. އެ ހުރިހާ ތަކެއްޗަކީ ކުނިބުނި ކަމަށް ހިމެނީމެވެ. އެއީ އަހަރެން އަލްމަސީޙާއި އެކުގައިވުން ލިބިގަތުމަށެވެ.


ރާޢޫތު ބޫޢަޒުގެ ކުރިމައްޗަށް ބިންމަތީ ނިތްޖެހެންދެން ގުދުވެފައި ބުންޏެވެ. ”⁠އަޅުގަނޑަކީ ބީރައްޓެއްސެއް. ސާހިބު އަޅުގަނޑަށް ތިޔަހާ ހެޔޮކޮށް ތިޔަ ހިއްތެވީ ކީއްވެތޯ؟⁠“


އަބީޖާއިލް ބިންމަތީ މޫނު ޖެހޭވަރަށް ގުދުވެފައި ބުންޏެވެ. ”⁠އަހަރެން މީ އޭނާގެ އަޅެއް. އޭނާގެ ޚާދިމުންގެ ފައިތިލަ ދޮވެ ދޭން ވެސް މިހިރީ ތައްޔާރަށް.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ