ލޫކާސް 1:4 - ކިތާބުލް މުޤައްދަސާ4 ތިޔަބޭފުޅާއަށް އީސާގެފާނާއިމެދު އިވިވަޑައިގެންފައިވާ ޚަބަރުތަކުގެ ތެދު ދޮގު ތިޔަބޭފުޅާއަށް ވެސް އޭރުން ސާބިތުވެ އެނގިވަޑައިގަންނަވާނެއެވެ. အခန်းကိုကြည့်ပါ။ |
ނަމަވެސް މިފޮތުގައި ލިޔެވިގެން މިވާ ކަންތައްތައް ލިޔެވިފައި އެވަނީ އެކަމުގެ ސަބަބުން ކަލޭމެން ވެސް އީސާގެފާނަކީ މާތްރަސްކަލާނގެ ޚާއްސަ ކުރައްވާ ފޮނުއްވި ފަރާތްކަން ގަބޫލު ކުރާނެ ގޮތް ވުމަށެވެ. އަދި އަލްމަސީޙު އަކީ މާތްރަސްކަލާނގެ ދަރިކަލުންކަން ގަބޫލު ކުރުމަށް ވެސް އެހީވުމަށްޓަކައެވެ. އެއީ އެކަލޭގެފާނު ގަބޫލު ކޮށް އީމާންވުމުގެ ސަބަބުން ކަލޭމެންނަށް ވެސް އާ ދިރިހުރުމެއް ލިބޭނެތީއެވެ.
އަދި އަޕޯލޮސްއަށް އީސާގެފާނާއި މެދު ވެސް ފުދޭވަރަކަށް ވަނީ މަޢުލޫމާތު ލިބިފައެވެ. އެކަލޭގެފާނާއި ބެހޭ ގޮތުން މީނާ މީސްތަކުންނާއި ޖޯޝާއި ފޯރިޔާއި އެކު ވާހަކަ ދައްކަމުން ގެންދިޔައެވެ. ނަމަވެސް އޭނާއަށް އީސާގެފާނާއި ބެހޭ ގޮތުން އެނގިފައި ވަނީ ޔަޙުޔާގެފާނު މީސްތަކުންނަށް ތައުބާގެ ހިނެވުމުން ހިނައިގަތުމަށް ގޮވާލެއްވި ގޮވާލެއްވުމާ ބެހޭ ގޮތުން އެކަންޏެވެ.