39 އެއަށް ފަހު ދެތިން ދުވަސް ވެސް ނުވެ މަރިޔަމްގެފާނު އެލިޒަބަތުއާއި ޒަކަރިއްޔާ އުޅޭ ޖުދެއާ ކަރައިގެ ފަރުބަދަތަކުގެ ހިސާބު ރަށަށް ވަޑައިގަތުމަށްޓަކައި ދަތުރު ފެއްޓެވިއެވެ.
މަރިޔަމްގެފާނު ވިދާޅުވިއެވެ. ”އަޅުގަނޑަކީ މަތިވެރި މާތްރަސްކަލާނގެ އަޅަކީން. އަޅުގަނޑާއި ދޭތެރޭ ތިޔަވިދާޅުވި ކަންތައްތައް ތިޔަފަދައިން ހިންމަވާފާނދޭ.“ ދެން މިއަށް ފަހު ޖިބުރީލުގެފާނު އެނބުރި ވަޑައިގެންނެވިއެވެ.
މަރިޔަމްގެފާނު އެމީހުންގެ ގެއަށް ވަޑައިގަންނަވާ ސަލާން ގޮވާލެއްވިއެވެ. އެލިޒަބަތަށް މަރިޔަމްގެފާނުގެ ސަލާމުގެ އަޑު އިވުމާއިއެކު އޭނާގެ ބަނޑުގައި ވީ ދަރިފުޅު ވަރަށް ބާރަށް ތޮޅެލިއެވެ. އަދި އެވަގުތު އެލިޒަބަތު މާތްރޫޙުފުޅުގެ ބާރުފުޅުން ފުރިގެން ދިޔައެވެ.
އެލިޒަބަތު އާއި ޒަކަރިއްޔާގެ އަވަށްޓެރިން މިކަންތައްތައް ދެކެ ވަރަށް ބޮޑަށް އަޖައިބުވެ ހައިރާންވެ މާތްރަސްކަލާނގެ ކިބަފުޅަށް ބިރުވެތިވިއެވެ. އަދި ޖުދެއާ ކަރައިގެ ފަރުބަދަތަކު ހިސާބުގެ ހުރިހާ ރަށެއްގައި މި ވެދިޔަ ކަންތައްތަކުގެ ވާހަކަ ދެކެވުނެވެ.