Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 1:36 - ކިތާބުލް މުޤައްދަސާ

36 ކަނބުލޭގެފާނުގެ ތިމާގެމީހެއް ކަމަށްވާ އެލިޒަބަތަކީ ދުވަހަކު ވެސް ކުއްޖަކު ނުލިބޭނެ މީހަކުކަމުގައި މީހުން ހީކުރި. ނަމަވެސް އެލިޒަބަތު ބަލިވެ އިނދެ މިހާރު މިއީ ހަމަސް. އޭނާ އާއި އޭނާގެ ފިރިމީހާ ޒަކަރިއްޔާ އަކީ އުމުރުން ދުވަސްވެ މުސްކުޅިވެފައިވާ މީހުން ކަމުގައި ވިޔަސް މާތްރަސްކަލާނގެ ރަޙުމަތްފުޅުން މިހާރު އެމީހުންނަށް ކުއްޖަކު ލިބެން އެވަނީ ކައިރިވެފަ.

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 1:36
10 ပူးပေါင်းရင်းမြစ်များ  

އަބްރާމްގެ އަނބި ސާރާއީއަށް ދަރިއަކު ލިބުން ވަނީ ނުކުޅެދިފައެވެ. އޭރު ސާރާއީގެ އަޅު އަންހެނުންގެ ތެރޭގައި ހާޖަރުއޭ ކިޔުނު މިޞްރުގެ އަޅުއަންހެނަކު ވިއެވެ. ސާރާއީ އަބްރާމްއަށް ވިދާޅުވިއެވެ. ”⁠މާތްރަސްކަލާނގެ އަހަރެންނަށް ދަރިއަކު ނުދެއްވި. ވީއިރު އަހަރެންގެ އަޅު އަންހެން ކުއްޖާ އާއިއެކު ރޭކުރައްވާ. އޭރުން އޭނާގެ ފުށުން އަހަންނަށް ދަރިއަކު ލިބިދާނެ.⁠“ އަބްރާމް އާއި ސާރާއީ މިކަމަށް އެއްބަސްވެ ވަޑައިގަތެވެ.


އިބްރާހީމްގެފާނާއި ސާރާގެ އުމުރުފުޅު ނުހަނު ދޮއްޓެވެ. ސާރާ ވަނީ އިއްދައިން ކެނޑިފައެވެ. މައްސަރު ކަންތައް ޖެހުން ހުއްޓިފައެވެ.


އިބްރާހީމްގެފާނު ޢަޖޫޒު ޙާލަތުގައި ވީ ހިނދު ސާރާ އާލާސްވެ އިންނަވައި އިބްރާހީމްގެފާނަށް ފިރިހެން ދަރިކަލަކައިގެން ރައްކާވެވަޑައިގަތެވެ. މިހުރިހާ ކަމެއްމެ މާތްކަލާނގެ ވަޙީކުރެއްވި ވަގުތުގައި ހިންމަވައި ދެއްވިއެވެ.


މަލާއިކަތާ ވިދާޅުވިއެވެ. ”⁠މަތިވެރި މާތްރަސްކަލާނގެ މާތްރޫޙުފުޅު ކަނބުލޭގެފާނުގެ އަރިހަށް ފޮނުއްވޭނެ. އެންމެމަތިވެރި ރަސްކަލާނގެ އަމުރުފުޅަށް އުފަންވާ މި މާތް ކަލޭގެފާނުގެ ލަޤަބުކަމުގައި ހިމެނޭނީ މާތްރަސްކަލާނގެ ދަރިކަލުން މިލަޤަބުފުޅު.


ފަހެ ހުރިހާ ކަމަކީ ވެސް މާތްރަސްކަލާނގެ ކިބަފުޅަށް ކުޅަދުންވަންތަވެ ވޮޑިގެންވާ ކަންތައްތައް.⁠“


ޖުދެއާ ކަރައިގައި ހެރޮދު ރަސްގެފާނުގެ ޒަމާނުގައި ޒަކަރިއްޔާއޭ ކިޔުނު އިމާމަކު އުޅުނެވެ. އޭނާ އާއި އޭނާގެ އަންހެނުން އެލިޒަބަތަކީ އިމާމު ހާރޫނުގެފާނުގެ ދަރިކޮޅުގެ މީހުންނެވެ. ޒަކަރިއްޔާ އަކީ އެދަރިކޮޅުގެ އަބައްޔާ ވަންހައިގެ މީހެކެވެ.


ސާރާގެފާނު އެހާ އަޖޫޒުވެ އިއްދައިން ކެނޑިފައިވީ ހިނދު ވެސް މާތްރަސްކަލާނގެ ވަޢުދު ކުރައްވާފައިވާ ގޮތަށް އެކަލާނގެ ކަންތައް ކުރައްވާނެ ކަމުގެ އީމާންތެރިކަން ދޫކޮށެއް ނުލައްވައެވެ. އެ އެކަމަނާއަށް ދަރިއަކު ލިބޭނެގޮތް މެދުވެރިވީ އެ ޔަޤީންކަން މަތީ އިންނަވަނިކޮށެވެ. އެއީވެސް އެކަމަނާގެ އީމާންތެރިކަމުގެ ނަތީޖާއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ