ލޫކާސް 1:33 - ކިތާބުލް މުޤައްދަސާ33 އެކަލޭގެފާނީ އަބަދަށްޓަކައި ބަނީއިސްރާއީލުގެ މައްޗަށް ރަސްކަންކުރައްވާ ރަސްކަލަކު ކަމުގައި ވާނެ. އެކަލޭގެފާނުގެ ރަސްކަމަށް ދުވަހަކު ވެސް ނިމުމެއް ނުވާނެ.“ အခန်းကိုကြည့်ပါ။ |
އެކަމަކު އަހަރެމެންނަކީ އަސްލު ގޮތުގައި ޚިތާނު ކުރެވިފައިވާ ބައެކެވެ. ސަބަބަކީ އަހަރެމެން މާތްރަސްކަލާނގެއަށް އަޅުކަން ކުރަނީ އެކަލާނގެ މަތިވެރި ރޫޙުފުޅުންނެވެ. އަދި އަލްމަސީޙު އީސާގެފާނު ކުރެއްވި ކަންތަކަށްޓަކައި އަހަރެމެން ފަޚުރުވެރިވަމެވެ. އަހަރެމެންގެ ނަފްސުތަކާމެދަކު އަހަރެމެންގެ އިތުބާރެއް ނުވާ ޙާލުގައެވެ.
އެއަށް ފަހު ހަތްވަނަ މަލާއިކަތާ، އެ މަލާއިކަތާގެ އަތުގައި އޮތް ތާޅަފިލި ފުމެލެއްވިއެވެ. އެ ހިނދު ހަރުއަޑުތަކުން ސުވަރުގެއިން މިފަދައިން ވިދާޅުވިއެވެ.: ”ދުނިޔޭގައި ވެރިކަން ހިންގުމުގެ ބާރު މިހާރު ލިބިވަޑައިގެން ވަނީ އަހަރެމެންގެ ރަސްކަލާނގެ ކިބަފުޅަށާއި އަދި އެކަލާނގެ މަސީޙާއަށް. އަދި އެކަލޭގެފާނު އަބަދުގެ އަބަދަށް ވެރިކަން ކުރައްވާނެ!“