30 ފަހެ މަލާއިކަތާ ވިދާޅުވިއެވެ. ”މަރިޔަމްގެފާނު. ބިރުފުޅުގެން ވަޑައިނުގަނޭ. މާތްރަސްކަލާނގެ ކަނބުލޭގެފާނަށް ރުހިވޮޑިގެންވޭ.
އެހެނަސް ނޫޙުގެފާނަށް މާތްރަސްކަލާނގެ ކިބަފުޅުން ރުއްސެވުން ލިބިވަޑައިގެންނެވިއެވެ.
ކުއްލިއަކަށް އީސާގެފާނު އެބޭކަލުންނަށް ވިދާޅުވިއެވެ. ”ބިރު ނުގަނެ ހިތްވަރު ބަހައްޓާ! މިއީ އަހަރެން!“
މަލާއިކަތާ އެ އަންހެނުންނަށް ވިދާޅުވިއެވެ. ”ބިރުނުގަނޭ! ތިޔަ ކަނބަލުން ހޯއްދަވަމުން ތިޔަ ގެންދަނީ ސަލީބަށް އެރުވުނު އީސާގެފާނު ކަން އަހަރެންނަށް އެނގޭ.
ނަމަވެސް މި މަލާއިކަތާ ވިދާޅުވިއެވެ. ”ޒަކަރިއްޔާ. ބިރު ނުގަނޭ. މާތްރަސްކަލާނގެ ކަލޭގެ ދުޢާ އައްސަވާ ވޮޑިގެންފި. ކަލޭގެ އަނބިމީހާ އެލިޒަބަތު ކަލެއަށް ފިރިހެން ކުއްޖަކު ވިހާނެ. ކަލޭ އެދަރިފުޅަށް ޔަޙުޔާއޭ ކިޔާ ނަންދީ.
މަގޭ ލޮބުވެތި އެކުވެރިންނޭ. ބިރުނުގަނޭ. އެއީ ކަލޭމެންގެ އުޑުގައި ވޮޑިގެންވާ ބައްޕާފުޅު އެކަލާނގެ ރަސްކަންފުޅު ކަލޭމެންނަށް ދެއްވުމަށް ވަނީ ވަރަށް ބޮޑަށް ރުހިވޮޑިގެންފަ.
އެ މަލާއިކާތާ ވިދާޅުވި. ’ޕައުލް އޭ ބިރުނުގަންނާށޭ. ހަމަކަށަވަރުން ވެސް ކަލޭ ރޯމުގެ ރަސްގެފާނުގެ ކުރިފުޅުމައްޗަށް ކަލޭގެ މައްސަލަ ހުށައެޅުމަށް އެ ރަށަށް ދާނެއޭ. އަދި ކަލެއަށްޓަކައި މިދަތުރުގައިވާ އެންމެންގެ ފުރާނަ ސަލާމަތް ކުރައްވާނެ ކަމުގައި ވެސް މާތްރަސްކަލާނގެ ވަޢުދުފުޅު ކުރައްވަ އޭ.‘“
އަހަރެމެން ނިކަން ކެރިގެން މިހެން ބުނަމާހިނގާށެވެ. ”މާތްރަސްކަލާނގެއަކީ އަހަރެންގެ އެހީތެރިޔާއެވެ. އެހެންވެ އަހަރެން ބިރެއް ނުގަންނާނެއެވެ. އިންސާނަކަށް އަހަންނަށް ދެވޭނީ ކޮން ދެރައެއް ހެއްޔެވެ؟“