ލޫކާސް 1:3 - ކިތާބުލް މުޤައްދަސާ3 އަޅުގަނޑު ވެސް މިކަންތައްތައް ހިނގާދިޔަ ގޮތް ވަރަށް ރަނގަޅަށް ހޯދާ ބަލައިފީމެވެ. ވީމާ މިހުރިހާ ކަމެއް ހިނގާދިޔަގޮތް ތަރުތީބުން ލިޔެ ތިޔަބޭފުޅާގެ ފަރާތްޕުޅަށް ފޮނުވުން އެއީ އަޅުގަނޑު ދެކެނީ ރަނގަޅު ކަމެއްގެ ގޮތުގައެވެ. အခန်းကိုကြည့်ပါ။ |
ތިޔޯފިލުސް އަށް، އަހަރެން ލިޔުނު ފުރަތަމަ ފޮތުގައި، އަހަރެން ލިޔުނީ އީސާގެފާނު އުޑަށް އުފުއްލެވުމުގެ ކުރިން ފެށުނީއްސުރެން ނިމެންދެން އެކަލޭގެފާނު ކުރެއްވި ހުރިހާ ކަމަކާއި ކިޔަވައިދެއްވި ހުރިހާ ބަސްފުޅުތަކަކާއި ބެހޭ ގޮތުންނެވެ. އީސާގެފާނު އުޑަށް އުފުއްލެވުމުގެ ކުރިން، އެކަލޭގެފާނު މާތްރޫޙުފުޅުގެ ދަށުން ހޮއްވަވާ ކަނޑައެޅުއްވި މަންދޫބުންނަށް އެމީހުން ކަންތައްތައް ކުރަންވީ ގޮތް އެންގެވިއެވެ.
ތިބާގެ އަޚުންނާއި އުޚުތުންނަށް މި ކަންތައްތައް އަންގައިދީ އޮޅުން ފިލުވައި ދީފިނަމަ އީސާ އަލްމަސީޙުގެ އެދޭވޭ ޚާދިމެއްގެ ގޮތުގައި ތިބާ ހިމެނޭނެއެވެ. އަދި ތިބާ އީމާންކަމުގެ ބަސްފުޅުތަކުންނާއި ތިބާ ތަބާވަމުން އައި ހެޔޮ އިރުޝާދުތަކުގެ ސަބަބުން ރޫޙާނީގޮތުން ތިބާ ކުރިއަރައި މުއްސަނދިވެގެން ވާކަން ފެނިގެން ދާނެއެވެ.