29 މަރިޔަމްގެފާނަށް މިބަސްފުޅުތަކުގެ މާނަ ވިސްނިވަޑައިނުގެން ވަރަށް ބޮޑަށް ކަންބޮޑުވެ ވަޑައިގެންނެވިއެވެ.
މިހެން ވިދާޅުވުމުން އެބޭކަލުންގެ މެދުގައި ބަހުސްކޮށް ވާހަކަދެކެވުނެވެ. ”އެކަލޭގެފާނު އެހެން ވިދާޅުވީ އަހަރެމެން އަތުގައި ކާނޭ އެއްޗެއް ނެތުމުގެ ސަބަބުން.“
އެމަލާއިކަތާ ފެނުމުން ޒަކަރިއްޔާ ސިއްސައިގެން ގޮސް ބިރުން ތުރުތުރު އަޅަން ފެށިއެވެ.
މި މަލާއިކަތާ މަރިޔަމްގެފާނުގެ އަރިހަށް ވަޑައިގެން ވިދާޅުވިއެވެ. ”މަރިޔަމްގެފާނު. މާތްރަސްކަލާނގެ ކަނބުލޭގެފާނަށް ވަރަށް މަތިވެރި ޝަރަފެއް ދެއްވައިފި. މަތިވެރި ރަސްކަލާނގެ ވޮޑިގެން ވަނީ ކަނބުލޭގެފާނާއި އެކުގަ. އެކަލާނގެ ކަނބުލޭގެފާނަށް އެހީތެރިވެ ވޮޑިގެން ވާނެ.“
މި ވާހަކަތައް އިވުނު ކޮންމެމީހަކުމެ މިކަންތަކާ މެދު ވިސްނިއެވެ. އެމީހުން ބުނެއުޅުނެވެ. ”މިކުއްޖާ ވާނީ ކޮންފަދަ މީހަކަށް ބާ؟“ އެމީހުން މިހެން ބުނީ އެއީ އެކުއްޖާގެ މައްޗަށް މަތިވެރި މާތްރަސްކަލާނގެ ބާރުފުޅު ލެއްވިގެން ވާކަން އެމީހުންނަށް ޔަޤީން ކުރެވޭތީއެވެ.
ނަމަވެސް މަރިޔަމްގެފާނު މި ވެދިޔަ ހުރިހާ ކަންތައްތަކަކާ މެދު ވަރަށް ބޮޑަށް ވިސްނަވަމުން ގެންދެވިއެވެ.
ދެން އީސާގެފާނު އެބައިމީހުންނާއިއެކު އެނބުރި ނާޒަރަތަށް ވަޑައިގެންނެވިއެވެ. އަދި އެކަލޭގެފާނު ހުރިހާ ކަމެއްގައި ވެސް އެދެކަނބަލުންނަށް ކިޔަމަންތެރިކަން އަދާކުރެއްވިއެވެ. މަރިޔަމްގެފާނު މި ވެދިޔަ ހުރިހާ ކަންތައްތަކަކާ މެދު ވަރަށް ބޮޑަށް ވިސްނަވަމުން ގެންދެވިއެވެ.
ޕަތަރަސް މި ފެނިދިޔަ ކަންތަކާ މެދު ހައިރާންވެ ވިސްނަން އިނެވެ. އަދި ހަމަ އެވަގުތު ކޮރުނޭލިޔުސް ފޮނުވި މީހުން ވެސް އެ ގެ ހޯދައިގެން އައިސް އެގޭގެ ދޮރުމަތީގައި ތިއްބެވެ.
ކޮރުނޭލިޔުސް އަށް މި މަލާއިކަތާ ފެނުމުން ހައިރާންވެ ބިރުގަނެ ބުންޏެވެ. ”އާދެ ސާހިބާ. ކީއްތޯވީ؟“ މަލާއިކަތާ ވިދާޅުވިއެވެ. ”މާތްރަސްކަލާނގެ ކަލޭގެ ދުޢާތައް އައްސަވާ ވޮޑިގެންވޭ. އަދި ކަލޭ ފަގީރުންނަށް ދެމުން ދާ އެހީތައް ވެސް އެކަލާނގެ ދެނެވޮޑިގެންވޭ.