Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 1:27 - ކިތާބުލް މުޤައްދަސާ

27 މި މަލާއިކަތާ ވަޑައިގެންނެވީ އެރަށުގެ ޒުވާން ބިކުރުވެރި އަންހެން ކުއްޖަކު ކަމުގައި ވީ މަރިޔަމްގެފާނުގެ އަރިހަށެވެ. އޭރު މަރިޔަމްގެފާނު ވަނީ ޔޫސުފު އޭ ނަމަކަށް ކިޔުނު މީހަކާއި ކައިވެނިކުރުމަށް ހަމަޖެހިފައެވެ. މިޔޫސުފަކީ ދާއޫދުގެފާނުގެ ދަރިކޮޅުގެ މީހެކެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 1:27
9 ပူးပေါင်းရင်းမြစ်များ  

ކަލެއާއި އަންހެނާއާއި ދެމެދު އެކަކު އަނެކަކަށް ތިމަންކަލާނގެ ނަފްރަތުކަން ލައްވާނަން. އަދި އޭނާގެ ދަރިންނާއި ކަލޭގެ ދަރިންނާއި ދެމެދުގައި ވެސް ނަފްރަތުކަން ދެމިހުންނާނެ. އަންހެނާގެ ދަރި ކަލޭގެ ބޯ ޗިސްކޮށްލާނެ، އަދި ކަލޭ އެދަރީގެ ފުންނާބުގައި ދަތް އަޅާނެ.⁠“


ޔަޢުޤޫބު އަކީ ޔޫސުފުގެ ބަފައިކަލުންނެވެ. ޔޫސުފު އަކީ މަރިޔަމްގެފާނުގެ ފިރިކަލުންނެވެ. އަދި މަރިޔަމްގެފާނަކީ އީސާގެފާނުގެ މައިކަނބަލުންނެވެ. އީސާގެފާނުގެ ޚާއްސަ ލަގަބުފުޅަކީ އަލްމަސީޙު އެވެ.


އީސާ އަލްމަސީޙު އުފަންވެ ވަޑައިގަތް ހާދިސާ ހިނގީ މިފަދައިންނެވެ. އެކަލޭގެފާނުގެ މައިކަމަނާ މަރިޔަމްގެފާނު އޭރު ވަނީ ޔޫސުފު ކިޔާ މީހަކާއި ކައިވެނި ކުރެއްވުމަށް ޓަކައި ރަންކިޔާފައެވެ. ނަމަވެސް އެމީހުން ކައިވެނި ކުރުމުގެ ކުރިން މަރިޔަމްގެފާނު އާލާސްވެ އިންނެވިއެވެ. އެކަމަނާ އާލާސްވެ އިންނެވީ މާތްރަސްކަލާނގެ މަތިވެރި ރޫޙުފުޅުންނެވެ.


މި މަލާއިކަތާ މަރިޔަމްގެފާނުގެ އަރިހަށް ވަޑައިގެން ވިދާޅުވިއެވެ. ”⁠މަރިޔަމްގެފާނު. މާތްރަސްކަލާނގެ ކަނބުލޭގެފާނަށް ވަރަށް މަތިވެރި ޝަރަފެއް ދެއްވައިފި. މަތިވެރި ރަސްކަލާނގެ ވޮޑިގެން ވަނީ ކަނބުލޭގެފާނާއި އެކުގަ. އެކަލާނގެ ކަނބުލޭގެފާނަށް އެހީތެރިވެ ވޮޑިގެން ވާނެ.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ