ލޫކާސް 1:25 - ކިތާބުލް މުޤައްދަސާ25 އެލިޒަބަތު ބުންޏެވެ. ”އަހަރެންނަށް މިފަދައިން ހިންމަވައި ދެއްވެވީ މަތިވެރި މާތްރަސްކަލާނގެ. މާތްރަސްކަލާނގެ އެކަލާނގެ ރަޙުމަތްފުޅުން އަހަރެންނަށް ރަޙުމަތްލެއްވި. އަދި މިއަދު މީސްތަކުންގެ މަލާމާތުން އަހަރެން ސަލާމަތް ކުރައްވައިފި.“ အခန်းကိုကြည့်ပါ။ |
ސާރާގެފާނު އެހާ އަޖޫޒުވެ އިއްދައިން ކެނޑިފައިވީ ހިނދު ވެސް މާތްރަސްކަލާނގެ ވަޢުދު ކުރައްވާފައިވާ ގޮތަށް އެކަލާނގެ ކަންތައް ކުރައްވާނެ ކަމުގެ އީމާންތެރިކަން ދޫކޮށެއް ނުލައްވައެވެ. އެ އެކަމަނާއަށް ދަރިއަކު ލިބޭނެގޮތް މެދުވެރިވީ އެ ޔަޤީންކަން މަތީ އިންނަވަނިކޮށެވެ. އެއީވެސް އެކަމަނާގެ އީމާންތެރިކަމުގެ ނަތީޖާއެވެ.