ލޫކާސް 1:24 - ކިތާބުލް މުޤައްދަސާ24 މިއަށް ފަހު އޭނާގެ އަންހެނުން އެލިޒަބަތު ބަލިވެ އިނެވެ. ދެން އެއަށް ފަހު ފަސްމަސްދުވަސް ވަންދެން އެލިޒަބަތު އެއްގޮތަކަށް ވެސް މީހުންގެ ތެރެއަކަށް ނުނިކުމެއެވެ. အခန်းကိုကြည့်ပါ။ |
ތިޔޯފިލުސް އަށް، އަހަރެން ލިޔުނު ފުރަތަމަ ފޮތުގައި، އަހަރެން ލިޔުނީ އީސާގެފާނު އުޑަށް އުފުއްލެވުމުގެ ކުރިން ފެށުނީއްސުރެން ނިމެންދެން އެކަލޭގެފާނު ކުރެއްވި ހުރިހާ ކަމަކާއި ކިޔަވައިދެއްވި ހުރިހާ ބަސްފުޅުތަކަކާއި ބެހޭ ގޮތުންނެވެ. އީސާގެފާނު އުޑަށް އުފުއްލެވުމުގެ ކުރިން، އެކަލޭގެފާނު މާތްރޫޙުފުޅުގެ ދަށުން ހޮއްވަވާ ކަނޑައެޅުއްވި މަންދޫބުންނަށް އެމީހުން ކަންތައްތައް ކުރަންވީ ގޮތް އެންގެވިއެވެ.