ލޫކާސް 1:22 - ކިތާބުލް މުޤައްދަސާ22 ޒަކަރިއްޔާ ނުކުތްއިރު އޭނާއަކަށް ވާހަކައެއް ނުދެއްކެއެވެ. އޭނާގެ އަތުން ކުރާ އިޝާރާތްތަކުން އެބައިމީހުންނަށް އެނގުނީ އޭނާ އެތެރޭގައި ވަނިކޮށް މާތްރަސްކަލާނގެ އޭނާއަށް ވަޙީފުޅެއް ފޮނުއްވައިފިކަމެވެ. ނަމަވެސް އޭނާއަށް ވާހަކަ ނުދެއްކޭ ކަމުން މި ވާހަކަތައް އެހެން މީހުންނަކަށް ކިޔައެއް ނުދެވުނެވެ. အခန်းကိုကြည့်ပါ။ |
އެތާނގައިވާ ބައެއް ބަނީއިސްރާއީލު މީހުން އިސްކަންދަރުއޭ ނަމަކަށް ކިޔުނު މީހަކު އެންމެންގެ ކުރިމައްޗަށް ނެރުނެވެ. އަދި އޭނާއަށް މި ވެގެން އުޅޭގޮތް މީސްތަކުންނަށް އަންގާ އޮޅުންފިލުވާ ދީ މިކަމަކީ މިއީ ބަނީއިސްރާއީލު މީހުންނާއި ބެހޭ ކަމެއް ނޫންކަން ކިޔާދިނުމަށް އެންގިއެވެ. ދެން މި އިސްކަންދަރު އަތުން އިޝާރާތް ކޮށް މީސްތަކުންނަށް މަޑުވުމަށް އަންގާ އެމީހުންނަށް މިކަން އޮޅުންފިލުވާ ދިނުމަށްޓަކައި ވާހަކަ ދެއްކުމަށް މަސައްކަތް ކުރިއެވެ.
ދެން ސިފައިންގެ ކޮމާންޑަރު ހުއްދަދެއްވުމުން އެ އިމާރާތަށް އަރަން ހުރި ބޮޑު ސިޑިބަރީގެ މަތީގައި ހުރެ ޕައުލް މީސްތަކުންނަށް އަތުން އިޝާރާތް ކޮށް އަޑުމަޑުކޮށް މައިތިރިވުމަށް އެދުނެވެ. އެމީހުން މައިތިރިވުމުން ޕައުލް އެމީހުންގެ އަމިއްލަ ބަސް ކަމުގައިވާ ޢިބްރާނީ ބަހުން އެމީހުންނާ މުޚާޠަބުކޮށް މި ފަދައިން ވާހަކަދެއްކިއެވެ.