Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 1:19 - ކިތާބުލް މުޤައްދަސާ

19 މަލާއިކަތާ ޖަވާބުގައި ވިދާޅުވިއެވެ. ”⁠އަހަރެން މިއީ ޖިބުރީލު. އަހަރެން މިއައީ މާތްރަސްކަލާނގެ ޙަޟްރަތުން. އެކަލާނގެ އަހަރެން ފޮނުއްވީ ކަލެއަށް މިއުފާވެރި ޚަބަރު ދިނުމަށް.

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 1:19
8 ပူးပေါင်းရင်းမြစ်များ  

”⁠ސަމާލުވެ އަޑުއަހާ! މިއިން ކުޑަކުއްޖަކަށް ނިކަމެތިކޮށް ނުހިތާތި. މިކުދިންގެ މަލާއިކަތުން އުޑުގައި ވޮޑިގެންވާ އަހަރެންގެ ބައްޕާފުޅުގެ ޙަޟްރަތުގައި ހުރިހާ އިރެއްގައިވެސް ތިބޭނެ.


މިބުނި ހުރިހާކަމެއް އަހަރެން މިބުނި ފަދައިން އެކަމުގެ ވަގުތުޖެހުމުން ވާނެ. މިއަދުން ފެށިގެން ކަލެއަށް މިދަރިފުޅު ލިބެންދެން ކަލެއަކަށް ވާހަކައެއް ނުދެއްކޭނެ. އެއީ ކަލޭ އަހަރެން މިބުނި ވާހަކަތައް ގަބޫލު ނުކުރުމުން.⁠“


އެލިޒަބަތު ބަލިވެއިންތާ ހަވަނަމަހުގައި މާތްރަސްކަލާނގެ އެކަލާނގެ މަލާއިކަތާ ޖިބުރީލުގެފާނު ވަޙީފުޅަކައިގެން ގަލީލީ ކަރައިގައި ވާ ނާޒަރަތޭ ކިޔުނު ރަށަށް ފޮނުއްވިއެވެ.


މި މަލާއިކަތާ ވިދާޅުވިއެވެ. ”⁠ބިރުނުގަނޭ. އަހަރެން މިއައީ ކަލޭމެންނަށް ރަނގަޅު އުފާވެރި ޚަބަރަކާއިގެން. އެޚަބަރެއްގެ ސަބަބުން އެންމެން އުފާ ކުރާނޭ ޚަބަރަކައިގެން.


އަބަދުވެސް އެދުވަހާއި މެދު ވިސްނައިގެން ތިބޭ. އަދި ވާނޭ ހުރިހާ ކަންތަކަކުން ކަލޭމެން ސަލާމަތްވޭތޯ އާއި އަދި ކަލޭމެންނަށް އިންސާނާގެ ދަރިކަލުންގެ ކުރިފުޅުމަތީ ބިރެއް ނެތި ކެރިގެން ހުރެވުން އެދި އަބަދުވެސް ދުޢާކުރޭ.⁠“


އަހަރެމެންނާއެކު މަތިވެރިވެގެންވާ އުއްތަމަ އިމާމެއް އެބަ ހުންނެވިއެވެ. އެކަލޭގެފާނު ވަނީ އުޑަށް އަރާ ވަޑައިގެންފައެވެ. އެއީ އީސާގެފާނެވެ. އެކަލޭގެފާނަކީ މާތްރަސްކަލާނގެ ދަރިކަލުންނެވެ. އަހަރެމެން އެކަލޭގެފާނާ މެދު އީމާންވެތިބެ ބުނާ އިގްރާރުގެ ބަސްތަކުގެ މަތީ ސާބިތުވެ ތިބެންވީ އެހެންވީމައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ