Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 1:18 - ކިތާބުލް މުޤައްދަސާ

18 ޒަކަރިއްޔާ މި މަލާއިކަތާ ކުރެން ސުވާލު ކުރިއެވެ. ”⁠ތިޔަކަން ތިޔަ ވިދާޅުވި ފަދައިން ވާނެކަން އަޅުގަނޑު ޔަޤީންކޮށް ގަބޫލުކުރާނީ ކިހިނަކުން؟ އަޅުގަނޑު މި ވަނީ މިހާރު މުސްކުޅިވެފަ. އަދި އަޅުގަނޑުގެ އަންހެނުންނަކީ ވެސް އުމުރުން ދުވަސްވެފައިވާ އަންހެނެއް.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 1:18
10 ပူးပေါင်းရင်းမြစ်များ  

އިބްރާހީމްގެފާނު ބިންމަތީ މޫނުފުޅު ޖައްސަވައި މާތްކަލާނގެ ކިބަފުޅަށް ސަޖިދަ ކުރެއްވިއެވެ. އެ ހިނދު އެކަލާނގެ ވަޙީބަސްފުޅު އެކަލޭގެފާނަށް ދޭހަވެ ރަނގަޅަށް އޮޅުންފިލާ ވަޑައިގަތުމުން ހިނިފުޅުވެޑުވުނެވެ. އެވަގުތު އެކަލޭގެފާނުގެ ހިތްޕުޅަށް އަރާވަޑައިގަތެވެ. ”⁠ގަރުނަކަށް ވުރެ ގިނަދުވަސް ވެފައިވާ ފިރިހެނަކަށް ދަރިއަކު ލިބިދާނެތަ؟ ސާރާގެ އުމުރުން ނުވަދިހަ އަހަރުގައި އެކަމަނާއަށް ދަރިއަކު ލިބިދާނެތަ؟⁠“ ދެން އެކަލޭގެފާނު މާތްކަލާނގެއަށް ދެންނެވިއެވެ. ”⁠އިނބަރަސްކަލާނގެ ވަޢުދުފުޅާއި އެއްގޮތަށް އިސްމާޢީލްއަކީ އަޅުގެ ހުރިހާ ތަކެއްޗެއްގެ މިލްކުވެރިއަކަށް ހެއްދަވަންވީ ނޫންތޯ؟⁠“


އެވަގުތު މިދެކެވުނު ވާހަކަތައް އިވިވަޑައިގެން އެކަމަނާއަށް ހިތާހިތުން ހިނިފުޅުވެޑުވި މިހެން ވިދާޅުވެވުނެވެ. ”⁠މިހާރު އަހަރެން މިވަނީ މުސްކުޅިވެ، އިއްދައިން ކެނޑިފަ. ވީއިރު، އަހަންނަށް އަނބިވަންތަ ގުޅުމެއް ފުރިހަމައަށް ހިންގިދާނެތަ؟ ހަމަ މިފަދައިން އަހަރެންގެ ފިރިމީހާއަކީ މަށަށް ވުރެން ވެސް މާ މުސްކުޅި މީހެއް.⁠“


މަރިޔަމްގެފާނު މި މަލާއިކަތާއަށް ދެންނެވިއެވެ. ”⁠ތިޔަވިދާޅުވި ހުރިހާ ކަންތައްތައް ވާނީ ކިހިނަކުން ތޯ؟ އަޅުގަނޑު އަދި މީހަކާ ވެސް ނީންނަން. އަޅުގަނޑަކީ އަދި ބިކުރުވެރި އަންހެނަކީން.⁠“


މި ދެމަފިރިންނަށް ދުވަހަކު ވެސް ދަރިއަކު ނުލިބެއެވެ. އެއީ އެލިޒަބަތު އަކީ ކުދިން ނުލިބޭ އަންހެނެކެވެ. އަދި މިހާރު އެމީހުން ވަނީ އުމުރުން ދުވަސްވެ މުސްކުޅި ވެފައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ