ލޫކާސް 1:17 - ކިތާބުލް މުޤައްދަސާ17 އޭނާ އިލްޔާސްގެފާނާއި އެއްފަދައިން މާތްރޫޙުފުޅުގެ ބާރާއިއެކު ކަންތައްތައް ކުރައްވާނެ. މާތްރަސްކަލާނގެ ޚާއްސަކުރައްވާފައިވާ މާތްސާހިބާ ފާޅުވެވަޑައިގަތުމުގެ ކުރިން އޭނާ އެކަލާނގެއަށްޓަކައި ބަނީއިސްރާއީލު މީސްތަކުން ތައްޔާރު ކުރައްވާނެ. އޭނާ ބައްޕައިންގެ ހިތްތައް އެބައިމީހުންގެ ދަރިންގެ މައްޗަށް އަނބުރުއްވައި އަދި މާތްރަސްކަލާނގެ ކިބަފުޅަށް ކިޔަމަންނުވާ މީހުން ޞާލިޙުކަމުގެ މަގަށް އަނބުރުއްވާނެ.“ အခန်းကိုကြည့်ပါ။ |
ދެން އަހަރެން ހަމަ ވަގުތުން ކަލޭ ބަލާފޮނުވިން. އަދި ކަލޭ އަހަރެންގެ އެދުމަށް އައިސް ދިން ކަމީ ކަލޭގެ ރަނގަޅުކަން. މިހާރު އަހަރެމެން އެންމެން މި ވަނީ މާތްރަސްކަލާނގެ ކުރިފުޅުމަތީގަ. އަދި އެކަލާނގެ ކަލެއަށް އަހަރެމެންނަށް އެންގުމަށް އަންގަވާފައިވާ ހުރިހާ ބަސްފުޅުތަކެއް ކަނުލާ އަޑު އެހުމުގެ އިންތިޒާރުގަ.“
ނަމަވެސް ތިޔަބައިމީހުންނީ އެފަދަ ބައެއްނޫނެވެ. ތިޔަބައިމީހުންނީ ޚިޔާރު ކުރެވިގެންވާ ބައެކެވެ. ޝާހީ އިމާމުވަންތަ ކަމުގައިވާ ބައެކެވެ. އަދި މަތިވެރިކުރެއްވި ޤައުމެކެވެ. މާތްރަސްކަލާނގެއަށް މިލްކުވެގެންވާ ބައެއްމެއެވެ. ތިޔަބައިމީހުން އެކަލާނގެ ޚިޔާރު ކުރެއްވީ އެކަލާނގެ ހެޔޮފުޅުވަންތަކަން މީސްތަކުންނަށް ދެއްކުމަށެވެ. އެއީ ތިޔަބައިމީހުން އަނދިރިކަމުގެ ތެރެއިން ޙައިރާންކުރުވަނިވި އަލިކަމެއްގެ ތެރެއަށް ގެނެސްދެއްވި ކަމުގެ ޚަބަރެވެ.
އެއަށް ފަހު، ތަޚުތުތަކެއް އަހަރެން ދުށީމެވެ. އަދި އެ ތަޚުތުތަކުގައި އިށީނދެވަޑައިގެން ތިއްބެވި ފަރާތްތަކަށް އިންސާފު ކުރެއްވުމުގެ ބާރު ލިބިދެއްވާފައި ވެއެވެ. އީސާގެފާނާއި މެދު އަންގައިދީ މާތްރަސްކަލާނގެ ބަސްފުޅުން ވަޢުޡު އިއްވުމުގެ ސަބަބުން ބޯ ކަނޑާލެވިފައިވާ މީސްތަކުންގެ ފުރާނަތައް ވެސް އަހަރެން ދުށީމެވެ. އަދި އެބައިމީހުންނީ ކަނޑު ދާއްބަ އާއި އޭތީގެ ސޫރައަށް އަޅުކަން ނުކުރި މީހުންނެވެ. އަދި އެބައިމީހުންނީ އޭނާގެ ނިޝާން އެބައިމީހުންގެ ނިތްކުރީގައި ނޫނީ އެބައިމީހުންގެ އަތުގައި ޖެހުމަށް އިންކާރުކުރި މީހުންނެވެ. އެބައިމީހުންނަށް ދިރުން ލިބިދޭނެއެވެ. އަދި އަލްމަސީޙާއި އެކުގައި އެއްހާސް އަހަރު ވަންދެން ވެރިކަންކުރާނެއެވެ.