Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 1:15 - ކިތާބުލް މުޤައްދަސާ

15 އޭނާއަކީ މާތްރަސްކަލާނގެ ކިބަފުޅަށް ޚާއްސަ މީހަކު ކަމުގައި ވާނެ. އޭނާ އެއްގޮތަކަށް ވެސް މޭބިސްކަދުރުން ނުވަތަ އެހެން އެއްޗަކުން ވިޔަސް ހަދާފައިވާ މަސްތުވާ ފަދަ ބުއިމެއް ބޮއިގެން ނުވާނެ. އަދި އޭނާ އުފަންވުމުގެ ކުރިން ފެށިގެން އޭނާ ވާނީ މާތްރޫޙުފުޅުން ފުރިފަ. އޭނާ ހުރިހާ ކަމެއް ވެސް ކުރާނީ މާތްރަސްކަލާނގެ ބާރުފުޅުގެ ދަށުން.

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 1:15
22 ပူးပေါင်းရင်းမြစ်များ  

ތިމަންކަލާނގެ ތިބާގެ ދަރިކޮޅުގެ މީހުން އެތައް ގުނައަކަށް އިތުރު ކުރައްވާނަން. އަދި ތިބާގެ ފަރާތުން އުފަންވާނެ ޤައުމަކީ މަތިވެރި ބޮޑުޤައުމެއް ކަމުގައި ލައްވާނަން. ތިމަންކަލާނގެ ތިބާގެ ނަން މަތިވެރި ކުރައްވައި ތިބާއަށް ރަޙުމަތް ލައްވާނަން. އަދި ތިބާއަކީ މީސްތަކުންނަށް ރަޙުމަތެއް ކަމުގައި ވާނެ.


އެހެނަސް އެކަމާއި އިންކާރު ކުރައްވައި ޔަޢުޤޫބުގެފާނު މިފަދައިން ވިދާޅުވިއެވެ. ”⁠ނޫން ދަރިފުޅާ. ބައްޕަ މިކުރާ ކަންތައް ބައްޕައަށް ރަނގަޅަށް އެނގޭ. މަނައްސާ މަތިވެރިވެ އޭނާއަށް ދަރިފަސްކޮޅެއް ދެއްވާނެ. ނަމަވެސް އޭނާގެ ކޮއްކޮ އަފްރާއިމް އޭނާއަށް ވުރެން މަތިވެރިވެ، އޭނާގެ ދަރިފަސްކޮޅު ގިނަވެ އެ ދަރިފަސްކޮޅަކީ މަތިވެރި ޤައުމެއް ކަމުގައި ވާނެ.⁠“


ކަލެއަށް އެދަރިފުޅުގެ ސަބަބުން އުފަލާއި ހިތްހަމަޖެހުން ލިބޭނެ. އަދި އޭނާ މި ދުނިޔެއަށް އައުމުގެ ސަބަބުން އެތައް ބަޔަކު ވެސް އުފާކުރާނެ.


އަހަރެން ބުނަން ތަ؟ މި ދުނިޔޭގައި ވާ ހުރިހާ އިންސާނުންގެ ތެރޭގައި ވެސް ޔަޙުޔާގެފާނު ފަދަ މަތިވެރި އެހެން މީހަކު ނުވޭ. ނަމަވެސް މާތްރަސްކަލާނގެ ރަސްކަންފުޅުގެ ދަށުގައި އެންމެ ކުޑަ ގޮތަކަށް ހިމެނޭ މީހާ ވެސް އެކަލޭގެފާނަށް ވުރެ މަތިވެރި ވެގެން ވޭ.⁠“


ޔަޙުޔާގެފާނު ވެސް ފަރީއްކުޅުއްވާ އުޅުނީ އާދައިގެ މީހުން ކައި ބޮއި އުޅޭ ކެއުމެއް ނޫން. އެހެންވެ ކަލޭމެން ތިޔަ ބުނަނީ އެކަލޭގެފާނާއި އެވަނީ ޖިންނިއެއް އަވަލާފައި ކަމަށް.


ޔަޙުޔާގެފާނު ހުރީ އަލިގަދަ ބައްތިއެއް ފަދައިން ވިދަވިދާ. އަދި ކަލޭމެން އެކަލޭގެފާނުގެ ކިބައިން ލިބެމުން ދިޔަ އަލިކަމުން ދުވަސްކޮޅަކަށް އުފާ ހާސިލް ކުރި.


އެ ވަގުތު މާތްރަސްކަލާނގެ މާތްރޫޙުފުޅު އެއެންމެންގެ މައްޗަށް ވެރިވިއެވެ. އަދި މާތްރޫޙުފުޅު މި އެންމެންގެ މައްޗަށް ބާރު ހިންގަވަން ފެށުމުން އެ ރޫޙުފުޅުގެ ބާރުފުޅުގެ ދަށުން އެމީހުން އެކިއެކި ތަފާތު ބަސްތަކުން ވާހަކަ ދައްކަން ފެށިއެވެ.


ނަމަވެސް މާތްރަސްކަލާނގެ އަހަރެން އުފަންވުމުގެ ކުރީއްސުރެ ރާއްވަވައިފައިވާ ރޭއްވެވުމާއި އެއްގޮތުގެ މަތިން އެކަލާނގެ ކިބަފުޅަށް ޚިދުމަތްކުރުމަށް އަހަރެން ހޮއްވެވިއެވެ. އެއީ އެކަލާނގެ ނިޢުމަތްފުޅުގެ ސަބަބުންނެވެ.


ރަލުގެ މަސްތުގައި ޖެހި މަސްތުނުވާށެވެ. ސަބަބަކީ މަސްތުވުމަކީ އިންސާނާގެ ޙަޔާތު ވީރާނާކުރުވާ ކަމެކެވެ. އޭގެބަދަލުގައި މާތްރަސްކަލާނގެ މާތްރޫޙުފުޅު ތިޔަބައިމީހުންގެ މައްޗަށް ފުރިހަމަކުރުވައި އެކަލާނގެ ބާރުފުޅުގެ ދަށުގައި ތިޔަބައިމީހުން ވާށެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ