12 އެމަލާއިކަތާ ފެނުމުން ޒަކަރިއްޔާ ސިއްސައިގެން ގޮސް ބިރުން ތުރުތުރު އަޅަން ފެށިއެވެ.
އެހެންވެ، މިބައިމީހުން ޒިޔާރަތުގެ ތެރެއަށް ވަނެވެ. އެ ހިނދު ހުދުކުލައިގެ ރިދާކޮޅެއްގައި ވީ ޒުވާން ފިރިހެނަކު މިބައިމީހުންގެ ކަނާތް ފަރާތުގައި ވަނިކޮށް ފެނި އިންތިހާއަށް ބިރުގަތެވެ.
މަރިޔަމްގެފާނަށް މިބަސްފުޅުތަކުގެ މާނަ ވިސްނިވަޑައިނުގެން ވަރަށް ބޮޑަށް ކަންބޮޑުވެ ވަޑައިގެންނެވިއެވެ.
ކޮރުނޭލިޔުސް އަށް މި މަލާއިކަތާ ފެނުމުން ހައިރާންވެ ބިރުގަނެ ބުންޏެވެ. ”އާދެ ސާހިބާ. ކީއްތޯވީ؟“ މަލާއިކަތާ ވިދާޅުވިއެވެ. ”މާތްރަސްކަލާނގެ ކަލޭގެ ދުޢާތައް އައްސަވާ ވޮޑިގެންވޭ. އަދި ކަލޭ ފަގީރުންނަށް ދެމުން ދާ އެހީތައް ވެސް އެކަލާނގެ ދެނެވޮޑިގެންވޭ.
އަހަރެންނަށް އެމީހަކު ފެނުނު ހިނދު މަރުވެގެން ވެއްޓުނު މީހަކު ފަދައިން އެމީހާގެ ފައިމައްޗަށް ވެއްޓުނީމެވެ. ނަމަވެސް އެމީހާގެ ކަނާއަތުން އަހަރެން ނަންގަވައި ވިދާޅުވިއެވެ. ”ބިރު ނުގަނޭ! އަހަރެންނަކީ އެންމެ ފުރަތަމަ އަދި އެންމެ ފަސް ވެސްމެ.