Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 1:11 - ކިތާބުލް މުޤައްދަސާ

11 ބައިތުލް މަޤްދިސްގެ ތެރޭގައި ވާ މީރުވަސްދުވާ އެއްޗެތިން ދުންއެޅުމަށް ޚާއްސަ ކޮށްފައިވާ އަށީގެ ކައިރީގައި ޒަކަރިއްޔާ ވަނިކޮށް އެތާގެ ކަނާއަތް ފަރާތުގައި މާތްރަސްކަލާނގެ ފޮނުއްވި މަލާއިކަތަކު ވަނިކޮށް ޒަކަރިއްޔާއަށް ފެނުނެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 1:11
15 ပူးပေါင်းရင်းမြစ်များ  

މަލާއިކަތާ ޖަވާބުގައި ވިދާޅުވިއެވެ. ”⁠އަހަރެން މިއީ ޖިބުރީލު. އަހަރެން މިއައީ މާތްރަސްކަލާނގެ ޙަޟްރަތުން. އެކަލާނގެ އަހަރެން ފޮނުއްވީ ކަލެއަށް މިއުފާވެރި ޚަބަރު ދިނުމަށް.


މި މަލާއިކަތާ މަރިޔަމްގެފާނުގެ އަރިހަށް ވަޑައިގެން ވިދާޅުވިއެވެ. ”⁠މަރިޔަމްގެފާނު. މާތްރަސްކަލާނގެ ކަނބުލޭގެފާނަށް ވަރަށް މަތިވެރި ޝަރަފެއް ދެއްވައިފި. މަތިވެރި ރަސްކަލާނގެ ވޮޑިގެން ވަނީ ކަނބުލޭގެފާނާއި އެކުގަ. އެކަލާނގެ ކަނބުލޭގެފާނަށް އެހީތެރިވެ ވޮޑިގެން ވާނެ.⁠“


މި މަލާއިކަތާ ވިދާޅުވިއެވެ. ”⁠ބިރުނުގަނޭ. އަހަރެން މިއައީ ކަލޭމެންނަށް ރަނގަޅު އުފާވެރި ޚަބަރަކާއިގެން. އެޚަބަރެއްގެ ސަބަބުން އެންމެން އުފާ ކުރާނޭ ޚަބަރަކައިގެން.


މާތްރަސްކަލާނގެ އެކަލާނގެ މަލާއިކަތަކު އެބައިމީހުންގެ ކައިރިއަށް ފޮނުއްވިއެވެ. އެވަގުތު އެމީހުންގެ ވަށައިގެން މަތިވެރި މާތްރަސްކަލާނގެ ނޫރުފުޅު ވިދަން ފެށިއެވެ. އެބައިމީހުން މިތަން ދެކެ ވަރަށް ބޮޑަށް ބިރުގަތެވެ.


ނަމަވެސް އެރޭ މާތްރަސްކަލާނގެ ފޮނުއްވި މަލާއިކަތަކު ވަޑައިގެން ޖަލުގެ ދޮރު ހުޅުއްވާ އެ މަންދޫބުން ޖަލުން ބޭރަށް ނެރުއްވިއެވެ. އަދި އެމަލާއިކަތާ އެ މަންދޫބުންނަށް ވިދާޅުވިއެވެ.


އެހެންވީއިރު، މަލާއިކަތުންނަކީ ކިހާވަރެއްގެ ބައެއް ހެއްޔެވެ؟ އެއީ އެކަލާނގެ ޚާދިމުން ނޫން ހެއްޔެވެ؟ އެއީ ދިންނެވުން ހާސިލްވާނެ މީހުންގެ ޚިދުމަތުގައި ތިބި ރޫޙުތަކެއް ނޫންހެއްޔެވެ؟


އެއަށް ފަހު، ހަވަނަ މަލާއިކަތާ އެ މަލާއިކަތާގެ ތާޅަފިލި ފުމެލިއެވެ. އަދި މާތްރަސްކަލާނގެ ޙަޟްރަތުގައި ހުރި ޤުރުބާން ހުށައަޅާ މުޤައްދަސް ރަން އަށީގެ ހަތަރު ކަނުން އަޑެއް އަހަރެންނަށް އިވުނެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ