Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 1:10 - ކިތާބުލް މުޤައްދަސާ

10 އެދުވަހު އިމާމު ޒަކަރިއްޔާ ބައިތުލް މަޤްދިސްގެ އެތެރޭގައި މީރުވަސްދުވާ އެއްޗެތިން ދުންއަޅަމުން ދިޔައެވެ. އެއިރު ބައިތުލް މަޤްދިސްގެ ގޯތިތެރެއަށް އަޅުކަމަށް އެއްވެތިބި އެންމެން ދުޢާކުރަމުން ދިޔައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 1:10
7 ပူးပေါင်းရင်းမြစ်များ  

އަހަރެމެންނާއެކު މަތިވެރިވެގެންވާ އުއްތަމަ އިމާމެއް އެބަ ހުންނެވިއެވެ. އެކަލޭގެފާނު ވަނީ އުޑަށް އަރާ ވަޑައިގެންފައެވެ. އެއީ އީސާގެފާނެވެ. އެކަލޭގެފާނަކީ މާތްރަސްކަލާނގެ ދަރިކަލުންނެވެ. އަހަރެމެން އެކަލޭގެފާނާ މެދު އީމާންވެތިބެ ބުނާ އިގްރާރުގެ ބަސްތަކުގެ މަތީ ސާބިތުވެ ތިބެންވީ އެހެންވީމައެވެ.


އެހެނީ އީސާއަލްމަސީޙު ވެދެވަޑައިގަތީ އިންސާނުން އުފައްދަވާފައިވާ ފޭލިގެއަކަށް ނޫނެވެ. ބިންމަތީގައި ވަނީ އަސްލު ފޭލިގެކޮޅުގެ މާދިރީއެކެވެ. އެއާ ޚިލާފަށް އެކަލޭގެފާނު ވެދެވަޑައިގަތީ ސުވަރުގެއަށެވެ. އެކަލޭގެފާނު މިއަދު ވެސް ހުންނެވީ އެތާގައި މާތްރަސްކަލާނގެ ޙަޟްރަތުގައެވެ. އަހަރެމެންނަށްޓަކައެވެ.


ހުވަނދު އަޅާ ރަނުގެ ދުންކިބާއެއް ހިއްޕަވައިގެން އިތުރު އެހެން މަލާއިކަތަކު ވަޑައިގެން ޤުރުބާނީ އަށިކޮޅުގެ ކައިރީގައި ކޮއްޅަށް ހުންނެވިއެވެ. މާތްކަލާނގެ މުޤައްދަސް ކުރެއްވި މީސްތަކުންގެ ދުޢާތަކާއެކުގައި ހުށަހެޅުމަށްޓަކައި އެ މަލާއިކަތާއަށް ނުހަނު ގިނަ ހުވަނދު ދެއްވިފައިވިއެވެ. އަދި އެމަލާއިކަތާ ތަޚުތުގެ ކުރިމަތީގައި ހުރި ރަނުން ހައްދަވާފައިވާ ޤުރުބާނީ އަށިކޮޅަށް ވެސް ހުވަނދު އެޅުއްވިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ