Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔަހޫ‏ޛާގެ ސިޓީ 1:7 - ކިތާބުލް މުޤައްދަސާ

7 ސަދޫމު އާއި ޢަމޫރަތުގެ މަތިންނާއި އަދި އެ ސަހަރުތަކުގެ ކައިރީގައި ވީ އެހެނިހެން ސަހަރުތަކުގެ މަތިން ހަނދާންކުރާށެވެ. އެ ސަހަރުތަކުގެ އަހުލުވެރިން ވަނީ ފާހިޝް އަމަލުތައް ކުރުންމަތީގައެވެ. އަދި މިކަންތަކުގެ ތެރޭގައި އެބައިމީހުން ނުކުރާކަ ނުބައިވެގެންވީ ޢަމަލެއް ނުމެނެތްމެއެވެ. އެ ސަހަރުތައް ނެތި ކުރެއްވީ އަލިފާން ފޮނުއްވައެވެ. އެއީ ނުބައިވެގެންވީ ހުރިހާ އެންމެންގެ މައްޗަށް ފޮނުއްވާނޭ ނިމުމެއް ނުވާ އަލިފާނުގެ ގަދަފަދަ ޢުޤޫބާތުގެ މިސާލެއްމެއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޔަހޫ‏ޛާގެ ސިޓީ 1:7
27 ပူးပေါင်းရင်းမြစ်များ  

އެރަށުގެ މީހުންނަކީ މާތްރަސްކަލާނގެ މަނާކުރައްވާފައިވާ ނުބައި ނުލަފާ ކަންތައްކުރާ ނުބައި ބަޔެކެވެ.


މާތްރަސްކަލާނގެ ވަޙީކުރެއްވިއެވެ. ”⁠އިބްރާހީމްގެފާނު، ތިމަންކަލާނގެ ސަދޫމު އާއި ޢަމޫރަތުގެ މީހުންގެ ހައްދުފަހަނައަޅައިފައިވާ ނުބައި އަމަލުތަކާ މެދު ގިނަގުނަ ވާހަކަތަކެއް އަހައިފީމު. އެމީހުންގެ ހުރިހާ ޢަމަލަކީ ނުބައި ފާފަވެރި އަމަލުތަކެއް ކަމުގައި ވުމުން ތިމަންކަލާނގެ އެމީހުންގެ ކައިރިއަށް ގޮސް މިހުރިހާ ކަންތައްތަކުގެ ދޮގުތެދު ބައްލަވާނަން.⁠“


އެމީހުން ހަޅޭއްލަވާ ގޮވަންފެށިއެވެ. ”⁠ކަލޭގެ ގެއަށް މެހެމާނުންގެ ގޮތުގައި އައި ދެމީހުން ކޮބާ؟ އެމީހުން ނެރޭ. އަހަރެމެންނަށް އެމީހުންނާއި އެކު ޖިންސީގުޅުން ހިންގޭނީ އޭރުން.⁠“


އަހަރެން މިބުނަނީ ތެދެއް. ޤިޔާމަތް ދުވަހުގައި ސަދޫމު އާއި ޢަމޫރަތުގެ އަހުލުވެރިންނަށް ވުރެން އެ ސަހަރުގެ އަހުލުވެރިންނަށް ލިބިދޭ ޢުޤޫބާތް ބޮޑުވެގެންވާނެ.⁠“


ނަމަވެސް ސަދޫމުގެ އަހުލުވެރިންނަށް ދެވުނު ޢުޤޫބާތަށް ވުރެން ބޮޑު ޢުޤޫބާތް ކަލޭމެންނަށް ޤިޔާމަތް ދުވަހުގައި ލިބިދޭނޭ ކަމުގައި އަހަރެން ކަލޭމެންނަށް ބުނަން.⁠“


އެއަށް ފަހު ރަސްގެފާނުގެ ވާތްފަރާތުގައި ތިބި މީސްތަކުންނަށް ވިދާޅުވާނެ. ’⁠އަހަރެންގެ ކައިރިން ދުރަށް ދޭ. ކަލޭމެން ވަނީ މާތްރަސްކަލާނގެ ކޯފާގެ ދަށުގައި! ޝައިތާނާ އަށާއި އޭނާގެ ބައިވެރިންނަށް ތައްޔާރު ކުރެވިފައިވާ ނިމުމެއް ނުވާ އަލިފާނުގެ ތެރެއަށް ވެއްޓިގަތުމަށް ދޭ.


ނަމަވެސް ލޫތުގެފާނު ސަދޫމު ދޫކޮށް ވަޑައިގެންނެވި ދުވަހު އުޑުން އަލިފާނާއި އަދަމުން ދިޔަ ކައްސަނދުވާނީގެ ވާރޭ އެރަށަށް އޮހި އެރަށުގެ އެންމެން ނެތިވެދިޔައީ.


ނަމަވެސް ތިޔަބައިމީހުންނަށް ކުރިމަތިވި ވޭނީ ތުރާތަކަށް އެކަލާނގެ ލުއިކޮށް ދެއްވާނެއެވެ. އަހަރެމެންނާއި މެދުގައި ވެސް އެކަލާނގެ އެފަދައިން އަމަލު ކުރައްވާނެއެވެ. އެކަލާނގެ މިކަންތައް ކުރައްވާނީ މާތްސާހިބާ އީސާގެފާނު އެކަލޭގެފާނުގެ ބާރުގަދަ މަލާއިކަތުންނާއިގެން އުޑުން ފާޅުވެ ވަޑައިގަންނަވާ ހިނދުގައެވެ.


އެދުވަހު މާތްރަސްކަލާނގެއާއި ގުޅުން ބޭއްވުމަށް ދެކޮޅުވެރިވީ ކޮންމެ ފަރާތަކަށްމެ، އަހަރެމެންގެ މާތްސާހިބާ އީސާގެފާނު އަނދަމުން ދާ ގަދަފަދަ އަލިފާނުން ޢުޤޫބާތް ދެއްވާނެއެވެ. އަދި އެކަލޭގެފާނު ދެއްވި ހެޔޮޚަބަރުފުޅަށް ކިޔަމަންތެރިކަން އަދާނުކުރާ ފަރާތްތަކަށް ވެސްމެއެވެ.


އެފަދަ ދޮގު އެދުރުންގެ ފާހިޝް އަމަލުތައް ގިނަމީސްތަކުން ބަލައިގަންނާނެއެވެ. އެހެންވެ އެހެނިހެން ފަރާތްތަކުން ތެދު މަގާއިމެދު ކުފުރުގެ ބަސްތައް ބުނާނެއެވެ.


އެއަށް ފަހު ފާޙިޝް އަމަލުތަކުގައި ވާ ސަދޫމު އާއި ޢަމޫރަތުގެ އަހުލުވެރިންގެ މައްޗަށް ގަދަވެގެންވާ އަލިފާނުގެ ޢަޒާބެއް ކުރިމަތި ކުރައްވައި އެ ރަށްތައް އަނދައި އަޅިޔަށް ހައްދަވައި އެކަލާނގެއަށް އުރެދުނު ފަރާތްތަކަށް ހުރި ޢުޤޫބާތުގެ މިސާލެއްކަމުގައި އެބައިމީހުން ލެއްވިއެވެ.


ނަމަވެސް މާތްރަސްކަލާނގެ ބަސްފުޅުން ޤިޔާމަތާއި ޖެހެންދެން އެކަލާނގެ އުފެއްދެވި އުޑާއި ބިން ދެމެހެއްޓެވިއެވެ. އަދި އެކަލާނގެ ބަސްފުޅާއެކު ޤިޔާމަތްވެގެން ދާއިރު އުރެދުނު ފަރާތްތައް ގަދަވެގެންވާ އަލިފާނުގެ ތެރޭގައި ނެތިކުރައްވައި އުޑުތަކާއި ބިމުގައިވާ އެންމެހާ ތަކެތި އެ އަލިފާނުގައި އަނދައިދެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ