ޔަހޫޛާގެ ސިޓީ 1:25 - ކިތާބުލް މުޤައްދަސާ25 ހުރިހާ ޖަލާލަތަކާއި، ޢިއްޒަތަކާއި، ބާރަކާއި، އަމުރުވެރިކަމެއް ފެށުނީއްސުރެން ދާއިމަށް މިލްކުވެގެން ވަނީ އަހަރެމެންގެ މާތްސާހިބާ އީސާ އަލްމަސީޙު މެދުވެރި ކުރައްވައި އަހަރެމެންނަށް ދިންނެވުން ދެއްވާ ފަރާތް، މާތްރަސްކަލާނގެ ކިބަފުޅަށެވެ. އާމީން! အခန်းကိုကြည့်ပါ။ |
މީސްތަކުންނަށް ވަޢުޡު އިއްވާ ހިނދު މާތްރަސްކަލާނގެ ބަސްފުޅުން ވަޢުޡު އިއްވާށެވެ. މީހަކަށް ޚިދުމަތެއް ދޭނަމަ މާތްރަސްކަލާނގެ ދެއްވި ހިތްވަރުން ޚިދުމަތް ކުރާށެވެ. އެއީ މާތްރަސްކަލާނގެ ދެއްވި އެންމެހާތަކެތި އެކަލާނގެ ދެއްވެވީ އީސާ އަލްމަސީޙު މެދުވެރި ކުރައްވައި އެކަލާނގެއަށް ސަނާ ކިޔުމަށެވެ. އެންމެހައި މަތިވެރި ކަމަކާއި އާރާބާރު ދާއިމަށް މިލްކުވެގެން ވަނީ އެކަލާނގެއަށެވެ. އާމީން.
މި ސިޓީއަކީ އީސާ އަލްމަސީޙުގެ ޚާދިމު އަދި އެކަލޭގެފާނުގެ މަންދޫބެއް ކަމުގައިވާ ޝަމްއޫނު ޕަތަރަސްގެ ފަރާތުން ލިޔެފޮނުވާ ސިޓީ އެކެވެ. މި ސިޓީ މިލިޔަނީ އަހަރެމެންނަށް ދެއްވި ފަދައިން މާތްކަލާނގެއާއި އަހަރެމެން ދިންނެވުން ފަރާތް އީސާއަލްމަސީޙުގެ ޞާލިޙުވަންތަކަމުން އީމާންތެރި އަގުބޮޑު ހަދިޔާ ދެއްވާފައިވާ މީސްތަކުންނަށެވެ.