Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔަހޫ‏ޛާގެ ސިޓީ 1:16 - ކިތާބުލް މުޤައްދަސާ

16 މި ދޮގުއެދުރުންނަކީ އަނެކުންގެ ކުށް ހޯދައި ޝަކުވާކޮށް ހަދާ މީހުންނެވެ. އެމީހުން ދާނީ އެމީހުން ހިތުގައި އޮންނަ ހުތުރު އެދުންތަކުގެ ފަހަތުންނެވެ. އަދި މިފަދަ މީހުން ސަޅިބައިސާ ކަނޑައި އަނެކުން އެމީހުންނާ ދިމާއަށް ލެންބުމަށް ޚުޝާމަދުކޮށް ހަދައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޔަހޫ‏ޛާގެ ސިޓީ 1:16
38 ပူးပေါင်းရင်းမြစ်များ  

ހިތްއެދޭ މީހާއަށް ކަންތައް ފަހިކޮށް ދިނުމަކީ ރަނގަޅު ގޮތެއް ނޫނެވެ. އެހެނަސް ކާއެތިކޮޅަކަށްޓަކައި ކޮންމެފަދަ ކުށެއް ކޮށްފާނެ މީހުން ވެސް އުޅެއެވެ.


އެތާނގައި ދީނީ ބޮޑުން ކަމުގައިވާ ފަރީސީންނާއި ދީނުގެ ދަންނަބޭކަލުން ވެސްވިއެވެ. މިބައިމީހުން މިކަމާ މެދު ޝަކުވާކޮށް ފާޑުކިއުމުގެ ގޮތުން އެކަކު އަނެކަކަށް ބުންޏެވެ. ”⁠މިމީހާއަކީ ފާފަވެރިންނާއި އެކު ކައި ބޮއި އެމީހުންނާއި ވާހަކަ ދައްކާ ހެދުމަށް ވަރަށް އެދޭ މީހެއް.⁠“


އެއްވެފައިވާ މީސްތަކުން މިކަންތައް ދެކެ މިކަމާއި ނުރުހި ފާޑުކިޔުމުގެ ގޮތުން އެކަކު އަނެކަކަށް ބުންޏެވެ. ”⁠އޭނާ އެދިޔައީ ފާފަވެރިޔެއްގެ މެހުމާނަކު ކަމުގައި ވުމަށް!⁠“


މިތަން ދެކެ ފަރީސީންނާއި އެމީހުންގެ ބައިގައި ހިމެނޭ ދީނުގެ ދަންނަބޭކަލުން ހިތްހަމަ ނުޖެހިގެން އެކަލޭގެފާނުގެ އަސްޙާބީންނަށް ބުންޏެވެ. ”⁠ކަލޭމެން ޓެކްސް ނަގާ މީހުންނާ ފާފަވެރިންނާއިއެކު އެއްސުފުރާ މަތީ ކައިބޮއި ތިޔަހަދަނީ ކީއްވެ؟⁠“


ބަނީއިސްރާއީލު މީހުން އީސާގެފާނާއި މެދު ޝަކުވާ ކުރަން ފެށިއެވެ. އެއީ ”⁠ތިމަންކަލޭގެފާނަކީ ސުވަރުގޭން ފޮނުއްވި ކާނާ⁠“ އޭ އެކަލޭގެފާނު ވިދާޅުވީތީއެވެ.


އީސާގެފާނަށް އެކަލޭގެފާނުގެ އަސްޙާބީން ޝަކުވާ ކުރާކަން އެނގިވަޑައިގެންވިއެވެ. އެހެންކަމުން އެކަލޭގެފާނު އެމީހުންނަށް ވިދާޅުވިއެވެ. ”⁠މި ބަސްތަކުގެ ސަބަބުން ކަލޭމެން ހިތްހަމަ ނުޖެހުނީތަ؟


އެހެންވީމާ އަހަރެން ކަލޭމެންނަށް ބުނަމެވެ. މާތްރޫޙުފުޅު ކަލޭމެންނަށް ދައްކަވާ މަގުން ހިނގަމުން ދާ ނަމަ ކަލޭމެންގެ ނަފްސު ދައްކާ ވިޔާނުދާ އެދުންތަކާ ދިމާއަށް ދާކަށެއް ނުޖެހޭނެއެވެ.


އީސާގެފާނަށް އީމާންވީ މީހުން އެމީހުންގެ ކިބައިގައި ހުރި އަމިއްލަ ނަފްސުގެ ބޭނުންތަކާ އެދުންތައްފަދަ ކަންތައް ސަލީބަށް އަރުވައި މަރާލައިފިއެވެ.


ކުރާ ކޮންމެ ކަމެއް ކުރުމުގައި ޝަކުވާއާއި ދެބަސްވުންތަކުން އެކަހެރިވެ ތިބެ ކުރާށެވެ.


މާތްރަސްކަލާނގެއީ ކޮންފަރާތެއްކަން އެނގިގެންނުވާ މީސްތަކުން ފަދައިން ތިޔަބައިމީހުންގެ ނަފްސުތައް ޝަހުވަތްތެރި ކަމުގެ ތެރެއަށް ވައްޓާނުލުމަށެވެ.


މިފަދަ އެދުރުން އަބަދުވެސް މައްސަލަތައް ކުރިމަތި ކުރުވައެވެ. އެއީ އެބައިމީހުންގެ ބުއްދި ހައިޖާނު ހައްދާތީއެވެ. އަދި ތެދު ބުނުމުން މިފަދަ އެދުރުން ވަނީ އެއްކިބާ ވެގެންނެވެ. މިފަދަ އެދުރުން ދެކޭގޮތުގައި ދީނަކީ މުއްސަނދި ވުމަށް އޮތް މަގެކެވެ.


ސައްޙަ ތައުލީމެއްގެ އަޑުއަހަން މީސްތަކުންނަށް ކެތްނުކުރެވޭނެ ފަދަ ދުވަހެއް އަންނާނެއެވެ. އޭގެ ބަދަލުގައި އެމީހުން އަހާހިތްވާނީ އެމީހުންގެ ކަންފަތްތަކުގެ ކެހުން ފިލާފަލަ ބަސްތަކެވެ. އެމީހުން ހިތް އެދޭ އެފަދަ ބަސްތައް ބުނާ އެދުރުން ވަށާލެވޭތޯ އެމީހުން ބަލާނެއެވެ.


މާތްރަސްކަލާނގެއަށް ކިޔަމަންތެރިވާށެވެ. ސަބަބަކީ ތިޔަބައިމީހުންނީ އެކަލާނގެ ދަރިން ކަމުގައި ވުމެވެ. މާޒީގައި ތިޔަބައިމީހުންނަށް ކުރެވިދިޔަ ނުބައި އަމަލުތައް ކުރުމަށް އެނބުރި ނުދާށެވެ. އެކަންތައްތަކަކީ ތިޔަބައިމީހުންނަށް އެނގިގެންނުވާ ޙާލުގައި ކުރެވުނު ކަންތައްތަކެވެ.


މަގޭ ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ. މިދުނިޔޭގައި ތިޔަބައިމީހުންނީ ބީރައްޓެހި އަދި ބިދޭސީންގެ ގޮތުގައި ވީ ބައެކެވެ. އެހެންވީމާ، ޖިސްމާނީ ފާހިޝް ހުރިހާ އެދުންތަކުން ދުރުހެލިވެ ތިބުމަށް އަހަރެން ތިޔަބައިމީހުންނަށް އެދެމެވެ. ސަބަބަކީ ތިޔަބައިމީހުންގެ ފުރާނައާއި ދެކޮޅަށް އެފަދަ ކަންތައްތައް ހަނގުރާމަ ކުރާނެކަމެވެ.


އޭރުން ތިޔަބައިމީހުންގެ ޙަޔާތުގެ ބާކީ އޮތް ދުވަސްތައް އަމިއްލަ ނުބައިވެގެންވާ އެދުންތަކުން އެއްކިބާވެ ތިބެ މާތްރަސްކަލާނގެ އެދިވޮޑިގަންނަވާ ގޮތުގެ މަތިން މި ދުނިޔެ ވޭތުކުރެވޭނެއެވެ.


ޚާއްސަކޮށް މި ޢުޤޫބާތަކީ ފާޙިޝް ނުތާހިރު ޚިޔާލުތަކާއެކު ނުބައި އަމަލުތައް ކުރަމުން ގެންދާ ފަރާތްތަކަށާއި އަދި އެކަލާނގެ ޢައްޔަނު ކުރެއްވި ވެރިންނަކީ އެއްވެސް ބައެއް ނޫންކަމަށް ހިތާ ފަރާތްތަކަށް ހުރި ޢުޤޫބާތެވެ. މިފަދަ ދޮގު އެދުރުންނަކީ ޖެހިލުންކުޑަ އަދި ހިތަށް އެރިހާ ކަމެއް ކުރަމުން ދާނެބައެކެވެ. އަދި ނޫރުލެއްވިގެންވާ ފަރާތްތަކާ މެދު ފާޑު ކިޔުމަށް ބިރުވެތިވާ ބައެއް ވެސް ނުމެ ނޫންމެއެވެ.


ކުށްތަކުގެ ތެރޭގައި އުޅުމަށް ފަހު އެކަންތަކުން ކިރިޔާ ސަލާމަތް ވެފައި ތިބި މީހުންނަށް އެދޮގު އެދުރުންގެ އަގެއްނެތް ފޮނިބަސްތަކުންނާއި ހަށިތަކުގެ ޝަހުވަތުގެ ދަންތުރައިގައި ޖައްސައެވެ.


ނަމަވެސް ތިޔަބައިމީހުން ވިސްނައި ބަލަންވީ ފަހު ޒަމާނުގައި ހިނގައިދާނެ ޙާދިސާތަކަށެވެ. މިސްތަކުން އެބައިމީހުންގެ އަމިއްލަ ފާހިޝް އެދުން ފިޔަވައި އިތުރު އެއްވެސް ކަމަކާއިމެދު ނުވިސްނާނެއެވެ. އަދި އެމީހުން ތިޔަބައިމީހުންނަށް މަލާމާތްކޮށް ހީނ ހަދައި މިފަދައިން ތިޔަބައިމީހުންނަށް ޒުވާބުދޭނެއެވެ: ”⁠އީސާގެފާނު އެނބުރި ވަޑައިގަންނަވާނެ ކަމުގެ ވަޢުދުފުޅު ނުކުރައްވާތަ؟ އެކަލޭގެފާނު ކޮބައިތަ؟ އަހަރެމެންގެ ކާބަފައިން ނިޔާވެ ވަޅުލެވިދިޔަ. ނަމަވެސް ދުނިޔެ އުފެއްދެވީއްސުރެން ފުރަތަމަ ދުވަހެކޭ އެއްފަދައިން ދުނިޔެ ހިނގަމުން ދޭ.⁠“


އެކަލޭގެފާނު ވަޑައިގަންނަވާނީ ހުރިހާ އެންމެންގެ މައްޗަށް އިންސާފު ގާއިމު ކުރެއްވުމަށެވެ. އަދި ކަލެއް ނެތް ކަމަށް ދެކެގެން ނުބައިކަންތައް ކުރި މީހުންނާއި ކަލެއް ނެތް ކަމަށް ދެކެ ފާފަކޮށް އެކަލާނގެއާ ދެކޮޅުވެރި ބަސްތައް ބުނި ހުރިހާ އެންމެން ކުށްވެރި ކުރެއްވުމަށެވެ.⁠“


އެބޭކަލުން ތިޔަބައިމީހުންނަށް މިފަދައިން ބުނިމެއެވެ. ”⁠ފަހުޒަމާނަށް އައިސް މީސްތަކުން މާތްރަސްކަލާނގެ ކިބަފުޅަށް މަލާމާތްކޮށް ހީނހަދާނޭ. އަދި އެބައިމީހުން ބަލަމުން ގެންދާނީ ޣައިރުދީނުގެ މީހުންގެ އަމިއްލަ އެދުންތަކުގައިވި ފާޙިޝް އަމަލުތަކަށޭ.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ