Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔަހޫ‏ޛާގެ ސިޓީ 1:15 - ކިތާބުލް މުޤައްދަސާ

15 އެކަލޭގެފާނު ވަޑައިގަންނަވާނީ ހުރިހާ އެންމެންގެ މައްޗަށް އިންސާފު ގާއިމު ކުރެއްވުމަށެވެ. އަދި ކަލެއް ނެތް ކަމަށް ދެކެގެން ނުބައިކަންތައް ކުރި މީހުންނާއި ކަލެއް ނެތް ކަމަށް ދެކެ ފާފަކޮށް އެކަލާނގެއާ ދެކޮޅުވެރި ބަސްތައް ބުނި ހުރިހާ އެންމެން ކުށްވެރި ކުރެއްވުމަށެވެ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ޔަހޫ‏ޛާގެ ސިޓީ 1:15
35 ပူးပေါင်းရင်းမြစ်များ  

އަދިވެސް މޫސާގެފާނު ވިދާޅުވިއެވެ. ”⁠ކަލޭމެން އެކަލާނގެއާމެދު ކުރި ޝަކުވާތައް އެކަލާނގެ އައްސަވާ ވޮޑިގަންނަވާ. އިރުއޮއްސުމުން ކަލޭމެންނަށް މަސް ދެއްވާނެ. ހެނދުނު އެހެން ކާއެއްޗެއް ދެއްވާނެ. އާނ! ކަލޭމެންގެ ޝަކުވާ ރައްދުވަނީ މާތްރަސްކަލާނގެއަށް ކަން. އަހަރެމެންނަކަށް ނޫން ކަން ކަލޭމެންނަށް އެނގޭނެ.⁠“


އަދި މީސްތަކުންނާއި މެދު ހިސާބު ބެއްލެވުމުގެ އިޚުތިޔާރު ބައްޕާފުޅު ވަނީ ދަރިކަލުންނަށް ދެއްވާފައި. އެއީ އެ ދަރިކަލުންނަކީ އިންސާނާގެ ދަރިކަލުން ކަމަށް ވާތީ.


އެހެނީ ދުނިޔޭގެ އެންމެންގެ މައްޗަށް ހަމަހަމަކޮށް ހިސާބު ބައްލަވާނެ ދުވަހެއް އެކަލާނގެ ކަނޑައަޅުއްވައިފިއޭ. އަދި އެ ފަދައިން މީސްތަކުންގެ މައްޗަށް ހިސާބު ބެއްލެވުމަށް އެކަލާނގެ ހަމަޖައްސަވާ ކަނޑައެޅުއްވި ބޭކަލަކީ އީސާގެފާނޭ. އީސާގެފާނު މަރުވުމަށް ފަހު އެކަލޭގެފާނު އަލުން ދިރުއްވާ މާތްރަސްކަލާނގެ މި ކަން ސާބިތުކޮށް ހާމަކޮށްދެއްވައިފިއޭ.⁠“


އެކަމަކު މި ޤާނޫނުތަކަކީ ހެޔޮލަފާ މީހުންނަށްޓަކައި ބިނާކުރެވިފައިވާ އެއްޗެއް ނޫނެވެ. މިއީ ނުކިޔަމަންތެރިކަމާއި އަމުރާ ޚިލާފުވާ މީހުންނަށާއި ކަލާނގެވަންތަކަން ގަބޫލު ނުކުރާ ނުބައި ފާފަވެރިންނަށް އޮތް އެއްޗެކެވެ. މާތްރަސްކަލާނގެއާއިމެދު ބިރުވެތިނުވާ ފަރާތްތަކަށާއި މައިންބަފައިންގެ އިތުރުން އެހެނިހެން މީހުން މަރަމުން ދާ ފަރާތްތަކަށެވެ.


މި ދޮގުއެދުރުންނަކީ އަނެކުންގެ ކުށް ހޯދައި ޝަކުވާކޮށް ހަދާ މީހުންނެވެ. އެމީހުން ދާނީ އެމީހުން ހިތުގައި އޮންނަ ހުތުރު އެދުންތަކުގެ ފަހަތުންނެވެ. އަދި މިފަދަ މީހުން ސަޅިބައިސާ ކަނޑައި އަނެކުން އެމީހުންނާ ދިމާއަށް ލެންބުމަށް ޚުޝާމަދުކޮށް ހަދައެވެ.


އެއަށް ފަހު، އެހެން ދާއްބައެއް ބިމުން ނުކުތްތަން އަހަރެން ދުށީމެވެ. ޅަކަންބަޅިއެއް ފަދައިން އޭގައި ދެ ދަޅުވިއެވެ. ނަމަވެސް އޭތި ވާހަކަ ދައްކަނީ ޑްރޭގަނަކު ވާހަކަ ދައްކާ ފަދައިންނެވެ.


މި ހުރިހާ ކަމަކަށް ހެކިވަނިވި ގޮތުގައި މިތަކެތި ވަޙީކުރެއްވި ފަރާތުން ވަޙީކުރެއްވިއެވެ. ”⁠އާނ! ހަމަ ޔަޤީނުން ވެސް އަހަރެން އަވަސްކަމާއެކު އަންނާނަމު!⁠“ އާމީން! މާތްސާހިބާ އީސާގެފާނޭ! ވަޑައިގަންނަވާށެވެ!


ބޮޑާ ކަމާއެކު ފޮނިކެނޑުމުގެ ބަސްތަކުން ދޫ ރައްކާތެރިކުރޭ. އެހެނީ މާތްރަސްކަލާނގެ އަކީ ހުރިހާކަމެއް ދެނެވޮޑިގެންވާ އިލާހު. އެ ކަލާނގެއީ އަޅަމެންގެ އަމަލުތަކަށް ބައްލަވާ ވޮޑިގަންނަވައި އިންސާފު ކުރައްވާ ކަލާނގެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ