Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔަހޫ‏ޛާގެ ސިޓީ 1:13 - ކިތާބުލް މުޤައްދަސާ

13 އެބައިމީހުންގެ ލަދުޙަޔާތްކުޑަ އަމަލުތައް ގަދަ ކަނޑުގެ ބިޔަ ރާޅުތަކުން ހަޑި ފޮނުތަކެއް ހެން އަރައެވެ. ހަމައެހެންމެ މިސްރާބުގެއްލިގެން ދާ ތަރިތަކެއްފަދައިން އެއަށް ޚާއްސަ ކުރެވިފައިވާ އެންމެ ފުން އަނދިރިކަމުގެ ތެރެއަށް ވަދެ ފަނާވެގެން ދެއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޔަހޫ‏ޛާގެ ސިޓީ 1:13
12 ပူးပေါင်းရင်းမြစ်များ  

އާޚިރުގައި މިފަދަ މީހުންގެ ނިމުމަކީ ހަލާކެވެ. އެބައިމީހުން ވަނީ ޖިސްމާނީ އަޅުވެތި ކަމެއްގައެވެ. އެބައިމީހުންގެ ލަދުޙަޔާތް ކުޑަ އަމަލު ތަކާއިމެދު ބޮޑާވެއެވެ. ހަމައެކަނި އެބައިމީހުން އެދުންވެރި ވަނީ މާއްދިއްޔަތަށެވެ.


އެކަމަކު ނުބައިނުލަފާ މީހުންނާއި ދޯކާދޭ މީހުންގެ މިއަމަލުތައް އިތުރުވެގެން ދާނެއެވެ. އެމީހުން އެހެން މީހުންނަށް އޮޅުވާލައި ދޯކާދެމުން ގޮސް ޚުދު އެ މީހުންނަށް ވެސް މީހުން ކަންތައް އޮޅުވާލާފާނެއެވެ.


މިފަދަ މީހުންނަކީ ފެން ލިބެން ނެތް ވަޅުތަކެއް ފަދަ ބޭކާރު ބައެކެވެ. ނޫނީ ވަޔާއެކު އުދުހިގެންދާ ވިލާގަނޑެއް ފަދަ ބައެކެވެ. އެބައިމީހުންނަށްޓަކައި އިންތިޒާރު ކުރަމުން ދާނީ ނަރަކައިގެ އަނދިރިވެގެންވާ ހިސާބެވެ.


މަލާއިކަތުންނަށް މާތްރަސްކަލާނގެ ދެއްވާފައިވާ މަސްއޫލިއްޔަތުން ބޭރުވެ އެފަރާތްތަކުގެ ގޮވަތިތަކުން ބޭރަށް ނުކުތެވެ. އެ ފަރާތްތައް ވެސް ނިމުމެއް ނުވާ ގޮތުގެ މަތިން ހިލިހިލާ ޖައްސަވައި އަނދިރި ވެގެންވާ ވަޅުތަކުގައި އިންސާފު ގާއިމު ކުރެވޭ ދުވަސް އައުމަށް ދާނދެން ބައިތިއްބާފައި ވެއެވެ.


އެއަށް ފަހު، އެބައިމީހުން މޮޔަހެއްދުވި ޝައިތާނާ އަލިފާނުގެ ބޮޑުފުން ކުޅިއަށް އެއްލައިލެވޭނެއެވެ. އަދި ކައްސަނދުވާނިން އަނދައި ދެއެވެ. އެއީ ކަނޑު ދާއްބަ އާއި ދޮގުވެރި ނަބީކަލޭގެ ވެސް ހުށަހެޅުނު ތަނެވެ. އަދި އެތަނުގައި އެބައިމީހުންނަށް ދުވާލާއި ރޭގަނޑު އަބަދާއި އަބަދު ޢުޤޫބާތް ލިބިލިބި ހުންނާނެ އެވެ.


ނަމަވެސް ފިނޑިންނާއި، އީމާންވުމަށް ދެކޮޅުހަދާ މީހުންނާއި، ފާޙިޝް އަމަލުތަކުގެ ވެރިންނާއި، މީހުން މަރާލި މީހުންނާއި، ޖިންސީ ގޮތުން ފާފަކުރި މީހުންނާއި، ފަންޑިތަވެރިންނާއި، ބުދަށް އަޅުކަންކުރި މީހުންނާއި، އަދި ހުރިހާ ދޮގުވެރިންނަށް ހުރި ތަނަކީ ކައްސަނދުވާނިން އަނދައަނދާ ހުރި އަލިފާނުގެ ބޮޑުފުން ކުޅި. މިއީ ދެވަނަ މަރުވުން.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ