Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔަހޫ‏ޛާގެ ސިޓީ 1:12 - ކިތާބުލް މުޤައްދަސާ

12 ތިޔަބައިމީހުން އީސާގެފާނަށް ލޯބި ފާޅު ކުރުމުގެ ގޮތުން އެއްބައިވަންތަ ގުޅުން ގާއިމު ކުރުމަށް ބާއްވާ ޖާފަތުގެ ތެރޭގައި ކައިބޮއި ހަދާއިރު ރީތި އެއްޗެއްގައި ޖެހިފައިވާ ލައްގަނޑެއްހެން އެމީހުން އެ ރީތި މާހައުލު ޚަރާބު ކުރެއެވެ. އެބައިމީހުން ލަދެއް އަގަލައެއް ނުވާ ބަކަރި ގޮވީންތަކެއް ފަދައެވެ. އެފަދަ މީހުންގެ ބަކަރިތަކަށް ކާން ދޭކަށް ނޫޅޭނެއެވެ. އެމީހުން ބަލާނީ އެމީހުންނަށް ކެވޭތޯއެވެ. އެއީ ވައިރޯޅިއާއެކު ދަތުރުކުރާ ވިލާގަނޑެއް ފަދަ ބަޔެކެވެ. އެޔަކުން ބިމަކަށް ވާރެއެއް ނުވެހެއެވެ. އެމީހުން ޚަރީފު މޫސުމުގެ ފަތްތަކެއް ފަދައެވެ. އެ ފަތްތައް ހުންނަނީ މަރުވެ ހިކިފައެވެ. އެއީ މުލުން ލުހެލެވިފައިވާ މޭވާ ނާޅާ ގަސްތަކެއް ފަދަ ބަޔެކެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޔަހޫ‏ޛާގެ ސިޓީ 1:12
35 ပူးပေါင်းရင်းမြစ်များ  

ހަދިޔާއެއް ގެނައުމަށް ވަޢުދުވެފައި ނުގެނައުމެކޭ ވިލާގަނޑެއް ނަގައި ވައިޖެހި ވާރޭ ނުވެހުމެކޭ ތަފާތެއް ނެތެވެ.


ނަމަވެސް އިރުގެ ހޫނުކަން ލިބުމުން ގަސްތަކުގެ މޫތައް ހިފަހައްޓާނޭ ފުންކަން ފަސްގަނޑުގައި ނެތުމުގެ ސަބަބުން ގަސްތައް މިލައި ހިކިގެން ދިޔަ.


އީސާގެފާނު ޖަވާބު ދެއްވިއެވެ. ”⁠އުޑުގައި ވޮޑިގެންވާ އަހަރެންގެ ބައްޕާފުޅު އިންދަވާފައި ނުވާ ކޮންމެ ގަހެއް އެކަލާނގެ މުލުން ލުހެލައްވާނެ.


އެއަށް ފަހު އިރުއަރައި އޭގެ ހޫނުން ޅަ ގަސްތައް މަރުވެ ދިޔަ. އަދި ފުންކޮށް މޫލައި ހެދޭނޭ ގޮތެއް ނެތުމުގެ ސަބަބުން ގަސްތައް އަވަސްކަމާއެކު ހިކިގެން ދިޔަ.


ނަމަވެސް މިސާލަކަށް މި ނޯކަރު ހިތަށްއަރާފާނެ. ’⁠އަހަރެންގެ ވެރިމީހާ ދިޔައީ ވަރަށް ދިގުދަތުރެއް ގައޭ. އޭނާ އަވަހަކަށް ނަންނާނެއޭ.⁠‘ ދެން އޭނާ އެހެން ނޯކަރުންގެ ގައިގައި ތަޅާ އަނިޔާކޮށް އަދި ކެއުމާއި ރާބޮއި އަމަލުވުމުގައި ދުވަސްތައް ވޭތިކޮށްފި.


އީސާގެފާނު ވިދާޅުވިއެވެ. ”⁠އެއްފަހަރަކު ވަރަށް ބޮޑު މުއްސަންޖަކު އުޅުނު. އޭނާ އަބަދުވެސް އެންމެ އަގުބޮޑު މޮޅު އަންނައުނު ލާ މޮޅު ކެއުން ކައިގެން އަރާމުގައި އުޅުނު.


ބަލައިގެން އުޅޭ. ނޫނީ ކަލޭމެންގެ ހިތްތައް ފާފަވެރި ދިރިއުޅުމެއްގެ ތެރެއަށް ވެއްޓިދާނެ. އޭރުން ރާބޮއިގެން އަމަލު ވުމާއި ދިރިއުޅުމުގެ އުނދަގޫތަކާއި ހާސްކަން ކުރިމަތި ވާނެ. ދެން ކަލޭމެން ހީވެސް ނުކޮށް ނުވިސްނާ ތިއްބާ އެދުވަސް އައިސް


އަނެއްބައި އޮށް ހިލަބިމެއްގެ މައްޗަށް އޮހުނު. މިއޮށްތަކުން ގަސް ފެޅި ނަމަވެސް ބިމުގެ ހަނަފަސްކަމުން ގަސްތައް ހިކި މަރު ވި.


އަދި އޭރުން ކުޑަކުދިން ފަދައިން އަހަރެމެން އަމަލުކުރުން ހުއްޓާލާނެއެވެ. އެހެނީ މިސްރާބު ގެއްލިފައިވީ އުޅަނދެއް ފަދައިން ވަޔާއި އޮއިގެ ތެރޭގައި ދެއަތަށް ކިރިކިރި އޮންނަ އުޅަނދެއްފައިން ނުވާނެއެވެ. ހަމައެހެންމެ މީސްތަކުންގެ ދޮގު ފަތުވާތަކުންނާއި މަކަރުވެރިކަމުގެ ނުފޫޒެއް ނުފޯރުވޭނެއެވެ.


އާޚިރުގައި މިފަދަ މީހުންގެ ނިމުމަކީ ހަލާކެވެ. އެބައިމީހުން ވަނީ ޖިސްމާނީ އަޅުވެތި ކަމެއްގައެވެ. އެބައިމީހުންގެ ލަދުޙަޔާތް ކުޑަ އަމަލު ތަކާއިމެދު ބޮޑާވެއެވެ. ހަމައެކަނި އެބައިމީހުން އެދުންވެރި ވަނީ މާއްދިއްޔަތަށެވެ.


ނަމަވެސް މިފަދަ ހުވަފަތް އަންހެނުން އެދުންވެރި ހިތަކައިގެން ދިރިއުޅުން ވޭތުކުރާ ކަމުގައި ވަނީނަމަ ދިރިހުރި ކަމުގައިވިޔަސް ރޫޙާނީ ގޮތުން އެކަނބަލުން ވަނީ މަރުވެފައެވެ.


ތަފާތު ގޮތްގޮތަށް މީހުން ބުނެދޭ އެއްޗެއްސަށް ހެއްލިނުގަންނާށެވެ. އެހެނީ ހިތަށް ހަކަތަ ލިބެނީ މާތްރަސްކަލާނގެ މަތިވެރި ނިޢުމަތްފުޅުން ނެވެ. ކައި ބޮއި ހަދާ ތަކެއްޗާމެދު ބަޔަކު ހަދާ ގަވާއިދަކުން ނޫނެވެ. އެފަދަ ކަންކަމުގެ ފަހަތުން އުޅޭ ބަޔަކަށް އެއިން ލިބޭނެ މަންފާއެއް ނޯންނާނެއެވެ.


މި ދުނިޔޭގައި ކަލޭމެން ޙަޔާތުގެ އުފާފާގަތިކަން ހޯދީ ހިތުހުރި ގޮތަކަށް އަރާމުގައި ދިރިއުމުގައެވެ. ކަލޭމެންގެ ޖިސްމުތަކަށް ފުރިހަމަ ރޫފަ ގެނުވިއެވެ. އެއީ ކަތިލުމަށް ތައްޔާރުވެފައިވާ ރޫފަ ރަނގަޅު ޖަނަވާރަކާއި އެއްފަދައިންނެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ