Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔަހޫ‏ޛާގެ ސިޓީ 1:1 - ކިތާބުލް މުޤައްދަސާ

1 މި ސިޓީއަކީ އީސާ އަލްމަސީޙުގެ ޚާދިމު އަދި ޔާމިޒުގެ ކޮއްކޮ ޔަހޫޛާ ލިޔެ ފޮނުވާ ސިޓީއެކެވެ. މި ސިޓީ އަހަރެން މި ލިޔަނީ މާތްރަސްކަލާނގެ، ބައްޕާފުޅު ޚިޔާރު ކުރެއްވި ފަރާތްތަކުގެ ތެރެއިން އެކަލާނގެ އެބަޔަކާ މެދު ލޯބިފުޅުވެވޮޑިގެން އީސާ އަލްމަސީޙުގެ ރައްކާތެރިކަމުގެ ދަށުގައި ބައިތިއްބަވާފައިވާ ހުރިހާ އެންމެންނަށެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޔަހޫ‏ޛާގެ ސިޓީ 1:1
40 ပူးပေါင်းရင်းမြစ်များ  

ފިލިޕު އާއި ބަރުތުލޫމު އާއި ތޯމާސް އާއި ޓެކްސް ނަގާ މައްތާ އާއި ހަލްފާހުގެ ދަރި ޔާމިޒު އާއި ތައްދާވުސް އާއި ސިޔާސީ ކަންތަކުގައި އިންގިލާބީ ޖޯޝްގައި އުޅެމުން ދިޔަ ސިމުއާން އާއި އަދި އިސްކަރިޔޮތުގެ ޔުދާސްއެވެ. އިސްކަރިޔޮތުގެ ޔުދާސް ފަހުން އީސާގެފާނާއި ދެކޮޅުވެރިވެ އެކަލޭގެފާނަށް ޚިޔާނާތްތެރިވިއެވެ.


އޭނާއަކީ އެ ވަޑާންކުރާ މީހާގެ ދަރިއެއް ނޫންތަ؟ އޭނާގެ މަންމާއަކީ މަރިޔަމް. އަދި އޭނާގެ ކޮއްކޮމެންނަކީ ޔާމިޒު އާއި ޔޫސުފާއާއި ސިމްޢާން އަދި ޔަހޫޛާއެއް ނޫންތަ؟


އަންދުރާއި، ފިލިޕު، ބަރުތުލޫމު، މައްތާ، ތޯމާސް، ހަލްފާހުގެ ދަރި ޔާމިޒު، ތައްދާވުސް އާއި، ދީނާއި ސިޔާސީ ކަންތަކުގައި އިންގިލާބީ ޖޯޝްގައި އުޅެމުން ދިޔަ ސިމުއާން އާއި އިސްކަރިޔޮތުގެ ޔުދާސްއެވެ. މި އިސްކަރިޔޮތުގެ ޔުދާސް ފަހުން އީސާގެފާނަށް ޚިޔާނާތްތެރިވިއެވެ.


މިއީ މަރިޔަމްގެ ދަރި އެ ވަޑާންކުރާ މީހާއެއް ނޫންތަ؟ އަދި މިއީ ޔާމިޒާ، ޔޫސުފާ، ޔަހޫޛާ އާ ސިމްޢާންގެ ބޭބެއެއް ނޫންތަ؟ މީނާގެ އަންހެން ކޮއްކޮމެން ދިރިއުޅެނީ މިރަށުގައެއް ނޫންތަ؟⁠“ އަދި އެމީހުން އެކަލޭގެފާނާމެދު ހިތްހަމަ ނުޖެހި އެކަހެރި ކޮށްލެއްވިއެވެ.


އަދި ޔަޢުޤޫބު ގެ ދަރި ޔުދާސް އާއި އިސްކަރިޔޮތުގެ ޔުދާސްއެވެ. މި އިސްކަރިޔޮތުގެ ޔުދާސް ފަހުން ވީ ޚިޔާނާތްތެރިއަކަށެވެ.


އަހަރެންގެ ޚިދުމަތުގައިވުމަށް އެދޭ ކޮންމެ މީހަކުމެ އަހަރެންނާއި އެކު އާދޭ! އެފަދަ މީހުން އަބަދުވެސް އަހަރެން ވާ ތަނެއްގައި ވެ ވުމަށްޓަކައި. އަދި މީހަކު އަހަރެންގެ ޚިދުމަތުގައިވުމަށް ނިންމައިފިނަމަ، ބައްޕާފުޅު އެމީހަކު ޝަރަފުވެރި ކުރައްވާނެ.


ޔުދާސް އީސާގެފާނަށް ދެންނެވިއެވެ. ”⁠މާތް ސާހިބާ! ކަލޭގެފާނު އަޅުގަނޑުމެންނަށް ފާޅުވެ ވަޑައިގަންނަވާއިރު އެހެން މީހުންނަށް ނުފެންނާނީ ކިހިނެއްތޯ؟⁠“ މިހެން ބުނި ޔުދާސް މިއީ އިސްކަރިޔޮތުގެ ޔުދާސްއެއް ނޫނެވެ.


ކަލޭމެން އަހަރެން ޚިޔާރެއް ނުކުރޭ. ކަލޭމެން ޚިޔާރު ކުރީ އަހަރެން. އަބަދުގެ އަބަދަށް ދެމިހުންނަ ފަދަ މޭވާ ލިބޭނެ މަސައްކަތް ކުރުމަށް ކަލޭމެން ޚިޔާރު ކޮށް ފޮނުވީ އަހަރެން. އެއީ އޭރުން ކަލޭމެން އަހަރެންގެ ނަމުގައި އެދުނު ކޮންމެ ކަމެއް ވެސް އަހަރެންގެ ބައްޕާފުޅު ކަލޭމެންނަށް ފުއްދަވާ ދެއްވާނެ.


އަޅުގަނޑު މިއެދެނީ އެމީހުން މިދުނިޔެއިން ގެންދެވުމަކަށް ނޫން. އެމީހުން ދުނިޔޭގައި ތިބި ނަމަވެސް ނުބައި ބާރު ކަމުގައިވާ ޝައިތާނާގެ ބާރުން އެމީހުން ސަލާމަތްކޮށް ބަލަހައްޓަވާ ދެއްވުން އެދި.


ތެދު ބަސްފުޅާ އެއްގޮތް ވާގޮތުގެ މަތިން އެމީހުންނަކީ އިނބަރަސްކަލާނގެ އަށް ޚާއްސަ ކުރެވިފައިވާ ބައެއް ކަމުގައި ލައްވަވާށި. އެހެނީ އިނބަރަސްކަލާނގެ ބަސްފުޅަކީ ޙައްޤު ތެދު.


އެމީހުންގެ ޙައްޤުގައި އަޅުގަނޑު އިނބަރަސްކަލާނގެ ކިބަފުޅަށް ޚާއްސަ ވެގަންނަން. އެއީ އެމީހުން ވެސް ޙަޤީޤީ މާނައިގައި އިނބަރަސްކަލާނގެ ކިބަފުޅަށް ޚާއްސަ ވެގަތުމަށްޓަކައި.⁠“


އަހަރެން ފޮނުއްވި ފަރާތުގެ އެދުމަކީ އެފަރާތުން އަހަރެންނަށް ދެއްވި އެއްވެސް މީހަކު ގެއްލިގެން ދިޔަ ނުދިނުން. އަދި އެންމެ ފަހު ދުވަހު އަހަރެން އެ އެންމެން ވެސް އަލުން ދިރުއްވުން.


މިއަދު އަހަރެން ކަލޭމެން މާތްރަސްކަލާނގެ ބެލެއްވުމުގެ ދަށަށާއި އެކަލާނގެ ނިޢުމަތްފުޅުގެ އުފާވެރި ޚަބަރުފުޅުގެ މައްޗަށް ދޫކޮށް އެކަލާނގެ ކިބަފުޅާއި ހަވާލު ކުރަން. އެ ޚަބަރުފުޅުގެ ސަބަބުން އެކަލާނގެ ޚާއްސަކުރައްވާ ހޮއްވަވާފައިވާ މީހުންނަށް ލިބޭނެ ހުރިހާ ރަޙުމަތެއް ކަލޭމެންނަށް ލިބޭނެ.


އަހަރެން އީމާންވެ އަޅުކަން ކުރާ ކަލާނގެ ރޭގައި އެކަލާނގެ މަލާއިކަތަކު އަހަރެންގެ ގާތަށް ފޮނުއްވި.


އެކަލޭގެފާނު އަވަހާރަވެވަޑައިގެންނެވީ މަސީޙީ ޖަމާޢަތް ކަރާމާތްތެރިކޮށް ތާހިރު ކުރެއްވުމުގެ ގޮތުންނެވެ. އެހެނީ އެކަލޭގެފާނުގެ ބަސްފުޅުންނާއި ތައުބާގެ ހިނެވުމުން އެބައިމީހުން ހިނަވައިދެއްވައި ތާހިރުކޮށްދެއްވިއެވެ.


އަހަރެމެން ތިޔަބައިމީހުންނަށް ހިތްވަރު ދިނީމުއެވެ. އަހަރެމެން ތިޔަބައިމީހުން ހިތްހަމަ ޖައްސައިދިނީމުއެވެ. އަދި މާތްރަސްކަލާނގެ އެދިވޮޑިގަންނަވާ ފަދައިން ޙަޔާތް ވޭތު ކުރުމުގައި ވުމަށް ކެނޑިނޭޅި އެދުނީމެވެ. އެކަލާނގެ ރަސްކަންފުޅާއި އެކަލާނގެ މަތިވެރިކަމުގައި ތިޔަބައިމީހުން ޙިއްސާކުރުމަށް އެކަލާނގެ އެދިވޮޑިގަންނަވައެވެ.


މާތްރަސްކަލާނގެއީ އަހަރެމެންގެ ފުރާނައިގެ ހިތްހަމަޖެހުމުގެ ވަސީލަތް ކަމަށްވާ ކަލާނގެއެވެ. އެކަލާނގެ ތިޔަބައިމީހުން ފުރިހަމައަށް ތާހިރުކޮށް ދެއްވާށިއެވެ. އަދި މާތްސާހިބާ އީސާ އަލްމަސީޙު އެނބުރި ވަޑައިގެންނެވުމަށް ދާންދެން ތިޔަބައިމީހުން މުޅި ރޫޙާއި ފުރާނަ އަދި ޖިސްމު ފުރިހަމައަށް ރައްކާތެރި ކުރެވި ބަދުނާމުތަކުން އެއްކިބާ ކުރައްވާށިއެވެ.


އެކަލާނގެ އަހަރެމެން ސަލާމަތް ކޮށްދެއްވައި އެކަލާނގެއަށް މުޤައްދަސް ބައެއްގެ ގޮތުގައި އަހަރެމެން ލެއްވިއެވެ. އެއީ ފަހަރެއްގައި ވެސް އަހަރެމެންގެ އަމަލުތައް ހުރި ގޮތަކުން ނޫނެވެ. ނަމަވެސް އެކަލާނގެ އަމިއްލަ މަގުސަދަށްޓަކައި ލެއްވި މަތިވެރި ނިޢުމަތްފުޅެކެވެ. މި ނިޢުމަތްފުޅަކީ އީސާ އަލްމަސީޙު މެދުވެރި ކުރައްވާ ދުނިޔެ އުފެއްދެވުމުގެ ކުރިން އެކަލާނގެ އަހަރެމެންނަށް ދެއްވި މަތިވެރި ނިޢުމަތެކެވެ.


އާއެކެވެ. މާތްސާހިބާ ކޮންމެ ފަހަރަކު ވެސް މިފަދަ ނުބައިވެގެންވީ ކޮންމެ ހަމަލާއަކުން އަހަރެން ސަލާމަތްކޮށް އެކަލޭގެފާނުގެ ސުވަރުގޭގެ ރަސްކަމަށް އަހަރެން ގެންދަވާނެއެވެ. ހުރިހާ ވެސް ޖަލާލުވަންތަކަމެއް ތާއަބަދަށް ހުރީ އީސާ އަލްމަސީޙަށެވެ! އާމީން!


އަހަރެންގެ މާތް އަޚުންނާ އުޚުތުންނޭވެ! މާތްރަސްކަލާނގެ އެކަލާނގެ މާތްކުރެއްވި މީހުން ކަމުގައި ކަލޭމެން ވަނީ ޚިޔާރު ކުރައްވާފައެވެ. ވުމާއެކު ކަލޭމެން އީސާގެފާނާމެދު ފުންކޮށް ވިސްނާށެވެ. އެކަލޭގެފާނަކީ އަހަރެމެންގެ މައްޗަށް ފޮނުއްވުނު ކަލޭގެފާނެވެ. އަދި އަހަރެމެންގެ މައްޗަށްވާ އުއްތަމަ އިމާމު ވެސް މެއެވެ. އަހަރެމެން އެކަމަށް ހެކިވަމެވެ.


މި ސިޓީ އަކީ މާތްރަސްކަލާނގެ އަދި މާތްސާހިބާ އީސާ އަލްމަސީޙުގެ ޚާދިމު ޔާމިޒުގެ ފަރާތުން ފޮނުވާ ސިޓީއެކެވެ. އަހަރެންގެ ތަހުނިޔާއަށް ފަހު އަލްމަސީޙަށް އީމާންވެގެން ތިބި ބަނީ އިސްރާއީލުގެ ބާރަ ގަބީލާގެ ތެރެއިން ދުނިޔޭގެ އެކިކަންކޮޅުތަކަށް ފެތުރިފައިވާ ފަރާތްތަކަށް ލިޔަމެވެ.


އެންމެ ކުރީއްސުރެން މާތްރަސްކަލާނގެ، ބައްޕާފުޅަށް ތިޔަބައިމީހުން އެނގިވޮޑިގެންވުމާއެކު އެކަލާނގެ ވަނީ ތިޔަބައިމީހުން ޚިޔާރު ކުރައްވާފައެވެ. އެއީ މާތްރަސްކަލާނގެ އެކަލާނގެ މަގުސަދަށްޓަކައި މާތްރޫޙުފުޅު މެދުވެރިކުރައްވައި ތިޔަބައިމީހުން މާތްކުރައްވާފައި ވުމުންނެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ތިޔަބައިމީހުން ވަނީ އެކަލޭގެފާނުގެ ލޭފޮދުން ތާހިރުކުރެވިފައެވެ. އަދި ތިޔަބައިމީހުން ތިޔަ ތިބީ އީސާ އަލްމަސީޙަށް ކިޔަމަންތެރިވެ އެގޮތުގެ މަތީގައެވެ. ނިޢުމަތާއި ޞުލުޙަވެރިކަން އޭގެ އެންމެ ފުރިހަމަގޮތުގައި އެކަލާނގެ ތިޔަބައިމީހުންނަށް ދެއްވާށިއެވެ!


އަދި ތިޔަބައިމީހުންނަށް ދިންނެވުން ލިބެންދެން އެކަލާނގެ ތިޔަބައިމީހުން ރައްކާތެރި ކޮށްދެއްވަނީ އެކަލާނގެ ކުޅަދުންވަންތަ ކަމާމެދު ތިޔަބައިމީހުންގެ އޮންނަ އީމާންތެރިކަމުންނެވެ. އެ ދިންނެވުން ތިޔަބައިމީހުން އެންމެންނަށް ފައުޅުވެގެންދާނީ ޤިޔާމަތާއި ހަމައިންނެވެ.


ނަމަވެސް ތިޔަބައިމީހުންނީ އެފަދަ ބައެއްނޫނެވެ. ތިޔަބައިމީހުންނީ ޚިޔާރު ކުރެވިގެންވާ ބައެކެވެ. ޝާހީ އިމާމުވަންތަ ކަމުގައިވާ ބައެކެވެ. އަދި މަތިވެރިކުރެއްވި ޤައުމެކެވެ. މާތްރަސްކަލާނގެއަށް މިލްކުވެގެންވާ ބައެއްމެއެވެ. ތިޔަބައިމީހުން އެކަލާނގެ ޚިޔާރު ކުރެއްވީ އެކަލާނގެ ހެޔޮފުޅުވަންތަކަން މީސްތަކުންނަށް ދެއްކުމަށެވެ. އެއީ ތިޔަބައިމީހުން އަނދިރިކަމުގެ ތެރެއިން ޙައިރާންކުރުވަނިވި އަލިކަމެއްގެ ތެރެއަށް ގެނެސްދެއްވި ކަމުގެ ޚަބަރެވެ.


ތިޔަބައިމީހުންނާއި މެދު މާތްރަސްކަލާނގެ އޯގާވަންތަވެ ވޮޑިގަންނަވާ އެކަލާނގެ ނިމުމެއްނުވާ ޖަލާލަތުގައި ބައިވެރިވުމަށް އަލްމަސީޙު މެދުވެރި ކުރައްވާ ތިޔަބައިމީހުންނަށް ދަޢުވަތު ދެއްވައެވެ. ތިޔަބައިމީހުން ހިނދު ކޮޅަކަށް ވޭން އުފުލި ކަމުގައިވިޔަސް އެކަލާނގެ ތިޔަބައިމީހުންނާއި އެކުގައިވެ ހިތްވަރު ދީ ތިޔަބައިމީހުންނަށް ވާގިދެއްވައެވެ. އަދި ފުރިހަމަ ބިންގަލެއްގެމަތީގައި ތިޔަބައިމީހުން ގާއިމު ކުރައްވައެވެ.


މި ސިޓީއަކީ އީސާ އަލްމަސީޙުގެ ޚާދިމު އަދި އެކަލޭގެފާނުގެ މަންދޫބެއް ކަމުގައިވާ ޝަމްއޫނު ޕަތަރަސްގެ ފަރާތުން ލިޔެފޮނުވާ ސިޓީ އެކެވެ. މި ސިޓީ މިލިޔަނީ އަހަރެމެންނަށް ދެއްވި ފަދައިން މާތްކަލާނގެއާއި އަހަރެމެން ދިންނެވުން ފަރާތް އީސާއަލްމަސީޙުގެ ޞާލިޙުވަންތަކަމުން އީމާންތެރި އަގުބޮޑު ހަދިޔާ ދެއްވާފައިވާ މީސްތަކުންނަށެވެ.


އަދި ތިޔަބައިމީހުން މާތްރަސްކަލާނގެ ލޯބިފުޅާއެކު އުޅެމުން ގެންދާށެވެ. އަދި މާތްސާހިބާ އީސާ އަލްމަސީޙުގެ ރަޙުމަތާއެކު ތިޔަބައިމީހުންނަށް ނިމުންނުވާ ޙަޔާތް ދެއްވާނެ ދުވަހަކަށް ބަލަބަލައި ތިބޭށެވެ.


މަގޭ ލޮބުވެތި ރަޙުމަތްތެރިންނޭވެ! އަހަރެމެން ޙިއްސާ ކުރަމުން މިގެންދާ ދިންނެވުމާއިމެދު ތިޔަބައިމީހުންނަށް ލިޔަން އަހަރެން ވަރަށް ޝައުޤުވެރިވަމެވެ. ނަމަވެސް މިކަމާއިގުޅިގެން އަހަރެން ތިޔަބައިމީހުންނަށް އެހެން ކަމަކާއި ބެހޭގޮތުން ލިޔަން ވެސް ބޭނުންވެއެވެ. އެއީ އަހަރެމެންގެ ޢަގީދާ ދިފާޢުކުރުމަށް ތިޔަބައިމީހުންގެ ކިބައިން އެދޭ އެދުމުގެ ވާހަކައެވެ. ބަދަލުވުމެއްނެތް ޙަޤީޤީ ރިސާލަތު މާތްކަލާނގެ މުޤައްދަސް ކުރެއްވި މީހުންނާ ހަވާލުކުރަނީ އެންމެ ފަހު ފަހަރަށެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ