4 މާތްރަސްކަލާނގެ އެކަލޭގެފާނަށް އިޖާބަ ދެއްވިއެވެ. ”ކަލޭގެފާނު މި ކަމާ ނުރުހުންވުމަށް ކަލޭގެފާނަށް އޮތީ ކޮން ޙައްޤެއްތަ؟“
ދެން މާތްރަސްކަލާނގެ ޤާޔީންއަށް ވަޙީ ކުރެއްވިއެވެ. ”ކަލޭ ތިޔަ ރުޅި އައީ ކީއްވެ؟ ކަލޭ ތިޔަ ލަދުގަތީ ކީއްވެ؟
މާތްކަލާނގެ އިރާދަފުޅު ބަދަލު ކުރެއްވީތީ ޔޫނުސްގެފާނު ނުރުހުންވެ ރުޅިގަދަ ވެއްޖެއެވެ.
މިއަޅާ ބުނިގޮތަށް އެކަންތައް ނުވާނަމަ މިއަޅާ މަރުގެންނެވުން ވެސް މާހެޔޮ.“
ދެން ޔޫނުސްގެފާނު އެރަށުގެ އިރުމަތީފަރާތަށް ވަޑައިގެން އެތަނުގައި ފިޔަފާޅިގަޑެއް ޖައްސަވައި އެތާ އިންނަވައި އެރަށަށް ވާގޮތެއް ބައްލަވަމުން ގެންދެވިއެވެ.
ދެން މާތްކަލާނގެ ޔޫނުސްގެފާނާ ސުވާލު ކުރެއްވިއެވެ. ”އޭ ޔޫނުސް! އެ ގަސް މަރުވީތީ އެކަމާ ކަލޭގެފާނު ރުޅިއަންނަން އޮތީ ކޮން ޙައްޤެއް؟“ ޔޫނުސްގެފާނު ދެންނެވިއެވެ. ”ރުޅިއާދެވޭ! އެގަސް މަރުވީތީ މިއަޅާ މަރުވާހާ ވަރަށް އެބަ ރުޅި އާދެވޭ.“
އަހަރެންގެ ފައިސާއިން އަހަރެން ބޭނުން ގޮތަކަށް އަމަލު ކުރެވޭނޭ. އެބައިމީހުންނަށްޓަކާ އަހަރެން ދީލަތި ވީތީ ތިޔަބައިމީހުން ޙަސަދަވެރި ވީތަ؟‘