Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫނުސް 3:9 - ކިތާބުލް މުޤައްދަސާ

9 ފަހަރުގައި މާތްކަލާނގެ އިރާދަފުޅު ބަދަލުކުރައްވައި އަހަރެމެންގެ މައްޗަށް އޯގާވަންތަވެ ވޮޑިގެން އަހަރެމެން މަރުން މިންޖު ކުރައްވައި މި ރަށް ސަލާމަތް ކުރައްވައި ފާނެއެވެ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫނުސް 3:9
14 ပူးပေါင်းရင်းမြစ်များ  

ދާއޫދުގެފާނު ވިދާޅުވިއެވެ. ”⁠ދަރިފުޅު ދުނިޔޭގައި އޮތް އިރު އަހަރެން ނުކައި އެހާވަރަށް ރޮއިހެދީ މާތްރަސްކަލާނގެ އަހަރެންގެ މައްޗަށް ރަޙުމު ކުރައްވައި ދަރިފުޅު ދުނިޔޭގައި ލަހައްޓަވާނެ ކަމަށް.


މިހެން ދުޢާ ދެންނެވުމަށް ފަހު އެމީހުން އެކަލޭގެފާނު ކަނޑަށް އެއްލާލައިފިއެވެ. ހަމަ އެއާއެކު ވައިހިނދި ކަނޑު މަޑުވެ އޮމާން ވެއްޖެއެވެ.


އޮޑީގެ ކައްޕިތާނަށް މިކަން އެނގުމުން އެކަލޭގެފާނަށް ގޮވައި ހޭފުޅު ލައްވައިފިއެވެ. މިވަރުވެގެން ދާއިރު ވެސް ކަލޭ ތިއޮންނަނީ ނިދާފައިތަ؟ ކައްޕިތާނު ރުޅިއައިސްގެން ބުންޏެވެ. ”⁠ތެދުވެ ކަލޭގެ ކަލާނގެއަށް ވެސް ދަންނަވާބަލަ މި މުސީބާތުން އަހަރެމެން މިންޖު ކޮށްދެއްވާތޯ.⁠“


އެކަލޭގެފާނު ޝަކުވާ ދެންނެވިއެވެ. ”⁠މިއަޅާ ރަށުން ފުރުމުގެ ކުރިން ވެސް ދެންނެވީމު ނޫންތޯ؟ އިނބަރަސްކަލާނގެ އަކީ ކޯފާ މަޑު ކުރައްވާ ކެއްތެރިވެ ވޮޑިގަންނަވާ އޯގާވަންތަ ރަސްކަލާނގެއޭ. އިނބަރަސްކަލާނގެ އެކަކަށް ވެސް ކޯފާއެއް ފޮނުއްވުމަށް އަވަސްވެ ވޮޑިއެއް ނުގަންނަވާނެޔޭ. އެކަމެއް ނުކުރައްވައި ދޫކޮށްލައްވައިފާނެޔޭ. އެފަހަރު ވެސް މިރަށަށް ނައިސް، ތަރްޝީޝްއަށް ދިއުމަށް މި އަޅާ ދަތުރުކުރީ އެހެންވީމައޭ. އިނބަ ރަސްކަލާނގެއަކީ މީސްތަކުންގެ މައްޗަށް ލޯބިވެ ވޮޑިގަންނަވާ ރަސްކަލާނގެ ކަން މިއަޅާއަށް އެނގޭ.


ކަލޭމެންގެ ގައިގައި ނަގާފައި ހުރި މުލިހީގެ ސޫރައާއި އަދި ޤައުމު ހަލާކުކުރަމުން ދާ މީދާތަކުގެ ސޫރަ ހަދައިގެން ގެންގޮސް އިސްރާއީލުގެ ކަލާނގެއަށް މާތްކޮށް ހިތައިފި ނަމަ، ފަހަރުގައި ކަލޭމެންގެ ގައިންނާއި ކަލޭމެންގެ ކަލާނގެތަކުންނާއި ކަލޭމެންގެ ބިމުން އަތްޕުޅު އުފުއްލަވައިފާނެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ