ޔޫނުސް 3:5 - ކިތާބުލް މުޤައްދަސާ5 ނީނަވާގެ އަހުލުވެރިން މާތްކަލާނގެ ކިބަފުޅުން އައި އިންޒާރު އަޑު އަހައި ކިޔަމަންގެންފިއެވެ. އަދި ކުޑައިން ބޮޑަށް އެންމެހައި މީހުން ކެއުން ބުއިން ހުއްޓާލައި މޮޅީން މޮޅި ސާލު ލައި ރޯދަޔަށް ތިބެއްޖެއެވެ. အခန်းကိုကြည့်ပါ။ |
ޤިޔާމަތް ދުވަހު ނީނަވާގެ އަހުލުވެރިން ކަލޭމެންނާއި ދެކޮޅަށް ތެދުވާނެ. އަދި އެބައިމީހުން ކަލޭމެން ކުށްވެރި ކުރާނެ. ޔޫނުސްގެފާނު އެބައިމީހުންނަށް ވަޢުޡު އިއްވެވި ހިނދު އެބައިމީހުން މަޢާފަށް އެދި ތައުބާވެ މާތްރަސްކަލާނގެ ކިބަފުޅަށް އެނބުރުނު. އަހަރެން ކަލޭމެންނަށް ބުނަން. މިތަނުގައި މިހާރު މިވަނީ ޔޫނުސްގެފާނަށް ވުރެން މާމަތިވެރިވެގެންވާ ފަރާތެއް.
ކުރިއަށް ވާން އޮތްކަމެއްގެ ވާހަކަ މާތްރަސްކަލާނގެ ނޫޙުގެފާނަށް އެންގެވުމުން އެކަންތަކަށް ކިޔަމަންތެރިވެ ވަޑައިގަތީ އެކަލޭގެފާނުގެ އީމާންތެރިކަމުގެ ސަބަބުންނެވެ. އަދި ކިޔަމަންތެރި ކަމާއެކު އެކަލޭގެފާނު ނަވެއް ބެންނެވިއެވެ. އެހެންކަމުން އެކަލޭގެފާނާއި އާއިލާ މަރުން ސަލާމަތްވިއެވެ. މާތްރަސްކަލާނގެ ދުނިޔެ މަތީގައި މީހުންގެ މައްޗަށް އަދާލަތު ގާއިމު ކުރެއްވީ މިފަދައިންނެވެ. ނޫޙުގެފާނަށް މާތްރަސްކަލާނގެ އިންޒާރުގެ ބަސްފުޅު އިވިވަޑައިގަތީމާ އެބަސްފުޅު ގަބޫލު ކުރެއްވީ އެކަލޭގެފާނުގެ އީމާންތެރިކަމުގެ ސަބަބުންނެވެ. އޭގެ ނަތީޖާއަކަށްވީ މުޅި ދުނިޔޭގެ އެންމެން ކުށްވެރިވީ އިރު ނޫޙުގެފާނަށް މާތްރަސްކަލާނގެ ޙަޟްރަތުން ޞާލިޙުއަޅެއްގެ ދަރަޖަ ލިބިވަޑައިގަތުމެވެ. އެއީ އީމާންތެރިންނަށް ލިބޭ މަތިވެރި ދަރަޖައެކެވެ.