Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫނުސް 3:10 - ކިތާބުލް މުޤައްދަސާ

10 ދެން މާތްކަލާނގެ މި މީހުން އެ ގޮތަށް ކަންތައް ކުރިތަން ދެކެވޮޑިގެން އެމީހުންނާއިމެދު އެކަލާނގެ އިރާދަފުޅު ބަދަލުކުރައްވައި އެރަށް ހަލާކުކޮށް ނައްތަވާ ނުލައްވައި މިންޖު ކުރައްވައިފިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫނުސް 3:10
18 ပူးပေါင်းရင်းမြစ်များ  

ދެން މާތްރަސްކަލާނގެ ފޮނުއްވަން ގަސްދުކުރެއްވި މުސީބާތް އެމީހުންގެ މައްޗަށް ފޮނުއްވުން ހުއްޓަވާ ލައްވައިފިއެވެ.


ފާފަތައް ފޮރުވާ މީހާއަކަށް ކާމިޔާބެއް ނެތެވެ. ފާފަތަކަށް އިޢުތިރާފްވެ އެނބުރިގަންނަ މީހާއަށް ރަޙުމަތް ލައްވައެވެ.


އެކަމަކު ނީނަވާގައި ޣާފިލު ކަމުތެރޭގައި ތިބި އެއްލައްކަ ވިހިހާސް މީހުންނާއި ގެރިބަކަރި ޖަނަވާރު އެބަތިބި. ވީއިރު އެފަދަ ބޮޑު ރަށަކާ މެދު ތިމަންކަލާނގެ އޯގާވެރިވެ ވޮޑިނުގަންނަންވީ ކީއްވެތަ؟⁠“


އެކަލޭގެފާނު ޝަކުވާ ދެންނެވިއެވެ. ”⁠މިއަޅާ ރަށުން ފުރުމުގެ ކުރިން ވެސް ދެންނެވީމު ނޫންތޯ؟ އިނބަރަސްކަލާނގެ އަކީ ކޯފާ މަޑު ކުރައްވާ ކެއްތެރިވެ ވޮޑިގަންނަވާ އޯގާވަންތަ ރަސްކަލާނގެއޭ. އިނބަރަސްކަލާނގެ އެކަކަށް ވެސް ކޯފާއެއް ފޮނުއްވުމަށް އަވަސްވެ ވޮޑިއެއް ނުގަންނަވާނެޔޭ. އެކަމެއް ނުކުރައްވައި ދޫކޮށްލައްވައިފާނެޔޭ. އެފަހަރު ވެސް މިރަށަށް ނައިސް، ތަރްޝީޝްއަށް ދިއުމަށް މި އަޅާ ދަތުރުކުރީ އެހެންވީމައޭ. އިނބަ ރަސްކަލާނގެއަކީ މީސްތަކުންގެ މައްޗަށް ލޯބިވެ ވޮޑިގަންނަވާ ރަސްކަލާނގެ ކަން މިއަޅާއަށް އެނގޭ.


ޤިޔާމަތް ދުވަހުން ނީނަވާގެ މީހުން ވެސް ކަލޭމެންނާއި އިދިކޮޅަށް ދަޢުވާ ކުރާނެ. އެއީ ޔޫނުސްގެފާނު އެމީހުންނަށް އެންގެވި އެންގެވުމުގެ އަޑުއަހާ އެމީހުން ތައުބާ ވި. އެކަމަކު މިހާރު މިތާނގައި މި ވާނީ ޔޫނުސްގެފާނަށް ވުރެ މާ މަތިވެރި ބޭކަލެއް.⁠“


މިހެން ހިތާ އޭނާ އެނބުރި ރަށަށް ދިއުމަށް ދަތުރު ފެށި. އޭނާއަށް ގެއާއި ހަމައަށް ނުވެސް ދެވި އުޅެނިކޮށް އޭނާގެ ބައްޕައަށް އޭނާ ފެނި ދުވަމުން އައިސް އޭނާގެ ހާލު ދެކެ އެކަމުގެ މައްޗަށް ހަމްދަރުދީވެ އޭނާގެ ގައިގައި އޮޅުލައިގަނެ ބޮސްދީ ހެދި.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ