ޔޫނުސް 1:3 - ކިތާބުލް މުޤައްދަސާ3 މިހެން އެންގެވީމާ ޔޫނުސްގެފާނު ކަންކުރެއްވި ގޮތަކީ އިސްރާއީލުގެ ޔާފާގެ ގޮނޑުދޮށަށް ވަޑައިގެން އެތަނުން އޮޑިއަކަށް ކުލިދައްކަވައި އެއަށް އަރުއްވައިގެން ނީނަވާއާ ދިމާ އިދިކޮޅަށް ދާން އޮންނަ ތަރްޝީޝްއަށް ދިއުމަށް ދަތުރު ފެއްޓެވީއެވެ. މާތްރަސްކަލާނގެއަށް ފިއްލެވުމަށް ކަމަށް ހިތައެވެ. အခန်းကိုကြည့်ပါ။ |
އެކަލޭގެފާނު ޝަކުވާ ދެންނެވިއެވެ. ”މިއަޅާ ރަށުން ފުރުމުގެ ކުރިން ވެސް ދެންނެވީމު ނޫންތޯ؟ އިނބަރަސްކަލާނގެ އަކީ ކޯފާ މަޑު ކުރައްވާ ކެއްތެރިވެ ވޮޑިގަންނަވާ އޯގާވަންތަ ރަސްކަލާނގެއޭ. އިނބަރަސްކަލާނގެ އެކަކަށް ވެސް ކޯފާއެއް ފޮނުއްވުމަށް އަވަސްވެ ވޮޑިއެއް ނުގަންނަވާނެޔޭ. އެކަމެއް ނުކުރައްވައި ދޫކޮށްލައްވައިފާނެޔޭ. އެފަހަރު ވެސް މިރަށަށް ނައިސް، ތަރްޝީޝްއަށް ދިއުމަށް މި އަޅާ ދަތުރުކުރީ އެހެންވީމައޭ. އިނބަ ރަސްކަލާނގެއަކީ މީސްތަކުންގެ މައްޗަށް ލޯބިވެ ވޮޑިގަންނަވާ ރަސްކަލާނގެ ކަން މިއަޅާއަށް އެނގޭ.