Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫނުސް 1:16 - ކިތާބުލް މުޤައްދަސާ

16 ދެން، މި މީހުންނަށް މާތްރަސްކަލާނގެ ކުޅަދުންވަންތަކަން ފެނި ގަތް ބިރެއްގެ ބޮޑުކަމުން އެކަލާނގެއަށް ޤުރުބާނީއެއް ވެދުންކޮށް ނަދުރުބުނެ ހަދައްޕެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫނުސް 1:16
19 ပူးပေါင်းရင်းမြစ်များ  

ދެން ޔަޢުޤޫބުގެފާނު މަޑުމޮޅިވެ ވަޑައިގަންނަވައި މާތްކަލާނގެއާމެދު މިފަދައިން ވަޢުދުވެ ވަޑައިގެންނެވިއެވެ. ”⁠މާތްކަލާނގެ. އިނބަ ރަސްކަލާނގެ އަޅާއާއި އެކުގައި ވޮޑިގެންވާނަމަ އަޅާގެ މިދަތުރުގައި އަޅާއަށް ސަލާމަތާއި ރައްކާތެރިކަން ދެއްވައި ކާބޯތަކެއްޗާއި އުނުއަންނައުނު ދެއްވުމުގެ އިތުރުން ސަލާމަތްތެރިކަމާއެކު އަޅާގެ ބަފައިކަލުންގެ އަރިހަށް ގެއަށް ގެންގޮސް ދެއްވާނެ. އޭރުން އިނބަ މާތްކަލާނގެއީ އަޅާގެ ވެރި ރަސްކަލާނގެ ކަމުގައި ވެސް ވާނެ.


ދެން ނޫޙުގެފާނު މާތްރަސްކަލާނގެ ކިބަފުޅަށް އަޅުކަމެއްގެ ގޮތުގައި ޤުރުބާންތައް ކުރެއްވުމަށްޓަކާ، އެތާނގައި ހިލައިން އައްޓެއް ހެއްދެވިއެވެ. އަދި ޤުރުބާން ކުރުމަށް ހުއްދަ އޮތް، ކޮންމެ ވައްތަރަކުން ޖަނަވާރަކާއި ދޫންޏެއް ކަތިލައްވާ މާތްރަސްކަލާނގެ ކިބަފުޅަށް ޤުރުބާން ކުރެއްވިއެވެ. އަދި މިތަކެތި އެ އަށީގެ މަތީގައި އަންދާލެއްވިއެވެ.


އެކަލޭގެފާނު އެއުޅުއްވަނީ މާތްރަސްކަލާނގެއަށް ފިއްލަވަންކަން އެކަލޭގެފާނުގެ ބަސްފުޅުން އެމީހުންނަށް އެނގުމުން އެމީހުން ގަތީ އަމަށަކު ބިރެއް ނޫނެވެ. ”⁠ތިޔަވަރުގެ ކަމެއް ކަލޭ ތިޔަކުރީ ކީއްވެތަ؟⁠“ އެމީހުން ބުންޏެވެ.


ދެން އެމީހުން މާތްރަސްކަލާނގެއަށް ދެންނެވިއެވެ. ”⁠މި މީހާ ކުރި ކުށަކާހެދި އަޅަމެންގެ ފުރާނަ ނުގެންދަވާދޭވެ! އަދި ކުށެއްނެތް މީހަކު މަރާލުމުގެ އިލްޒާމު އަޅަމެންގެ ބޮލުގައި ނުއަޅުއްވާނދޭވެ! އިނބަ ރަސްކަލާނގެ އެދިވޮޑިގަންނަވާ ގޮތަކީ މިއީތާ!⁠“


މާތްރަސްކަލާނގެ ރަސްކަންފުޅާ މެދު ބުނެވޭނީ އެއީ ކުޑަކުޑަ ރެވި އޮށެއްފަދަ އިން ހިނގާކަމެއްކަމުގަ. މި އޮށަކީ ގޮވާން ކުރުމަށްޓަކައި ބިމުގައި އިންދޭ އެންމެ ކުޑަ އޮށް ނަމަވެސް އެއިން ގަސްފަޅައި ބަގީޗާގައި ހެދޭ ގަސްގަހާގެއްސަށް ވުރެން ބޮޑުވޭ. އަދި ދޫނިތައް އައިސް އެސޮރުމެންގެ ހާލިތައް މި ގަހުގެ ގޮފިތަކުގެ ހިޔަލުގައި ހަދާ.⁠“


އީސާގެފާނަށް އީމާންވެގެން ތިބި އެންމެންނާއި އަދި މި ވެދިޔަ ކަންތައްތަކުގެ އަޑު އެހި އެންމެން މި ކަންތައްތަކުގެ ސަބަބުން ވަރަށް ބޮޑަށް ބިރުގަތެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ