ޔޫނުސް 1:12 - ކިތާބުލް މުޤައްދަސާ12 ”އަހަރެން ކަނޑަށް އެއްލާލާ! އޭރުން ތިޔަ ހުރިހާކަމެއް ރަނގަޅުވީ.“ އެކަލޭގެފާނު ވިދާޅުވިއެވެ. ”މިއީ އަހަންނާހެދި ކަލޭމެންނަށް ލައިގަނެގެން އުޅޭ މުސީބާތެއް.“ အခန်းကိုကြည့်ပါ။ |
އެހެންނަމަވެސް އެ ގޮތަށް ކަންތައް ނުކޮށް އެމީހުން އުޅުނީ ހިކިފަސްތަނަކަށް ކައިރި ކުރެވޭތޯއެވެ. އެމީހުން ފަލިޖަހައި ހޭރިޔާކޮށް އެގޮތް މި ގޮތަށް މަސައްކަތް ކޮށް އުޅެ ވަރުބަލިވި އިރު ވެސް ހަމަ ހިލާ އެއްތަނަކަށް ވެސް ކައިރި ކުރެވޭނެ ގޮތެއް ނުވިއެވެ. ހައްތާ ދިޔައީ ގަދަވެ ނުރައްކާ ވަމުންނެވެ. އޭރު އަތަކަށް ފަޔަކަށް އޮބިއޮންނަ ވަރެއް ނޫނެވެ.