Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 9:8 - ކިތާބުލް މުޤައްދަސާ

8 މިމީހާގެ ގޭދޮށު މީހުންނާއި އަދި ލޯ އަނދިރި ސަލާންޖަހާ މީހެއްގެ ގޮތުގައި އޭނާ ފެނިފައިވާ މީހުން އެކަކު އަނެކަކަށް ބުންޏެވެ. ”⁠މިހިރަ ދަނީ އެ ލޯ އަނދިރި ސަލާންޖަހާ މީހާއެއް ނޫންތަ؟⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 9:8
9 ပူးပေါင်းရင်းမြစ်များ  

އެއަށް ފަހު އީސާގެފާނާއި އަސްޙާބީން ޖެރިކޯ އަށް ވަޑައިގެންނެވުމަށް ފަހު އެއަވަށުން އެބޭކަލުން ފުރާ ވަޑައިގެންނެވި ހިނދު އެކަލޭގެފާނުގެ ފަހަތްޕުޅުން ގިނަ ޢަދަދެއްގެ މީސްތަކުން އައެވެ. އެ އަވަށުގެ މަގެއްގެ އެއްފަރާތުގައި ލޯފަން ސަލާންޖަހާ މީހެއް ކަމުގައިވާ ތިމޭހުގެ ފިރިހެންދަރި ބަރުތިމޭހު ވިއެވެ.


އެލިޒަބަތުގެ ތިމާގެމީހުންނާއި އަވަށްޓެރިން އޭނާގެ މައްޗަށް މަތިވެރި މާތްރަސްކަލާނގެ މިލެއްވި މަތިވެރި ބަރަކާތާއި ދީލަތިވަންތަކަން ދެކެ އޭނާގެ މިއުފަލުގައި ބައިވެރިވިއެވެ.


އީސާގެފާނު ދަތުރުކުރައްވާ ވަޑައިގެން ޖެރިކޯއާއި އަރާ ހަމަވެވަޑައިގަތެވެ. އެތާގެ މަގުމަތީގައި އިށީނދެ ސަލާންޖަހަން އިން ލޯއަނދިރި މީހަކު ވިއެވެ.


އެއްބަޔަކު ބުންޏެވެ. ”⁠އެއީ ހަމަ އެމީހާއޭ.⁠“ އަދި އަނެއްބަޔަކު ”⁠އެއީ އެމީހާއެއް ނޫނޭ، އެމީހާއާ ވައްތަރު އެހެން މީހެކޭ.⁠“ ބުންޏެވެ. ނަމަވެސް އެމީހާ ބުނަމުން ދިޔައެވެ. ”⁠އަހަރެން މިއީ ހަމަ އެމީހާ.⁠“


ނުޢުމީ އާއި ރާޢޫތުއަށް ބައިތުލަޙަމްއަށް އާދެވުނުއިރު އެއަވަށުގެ އެންމެން ވެސް އެދެމީހުން ފެނި އަޖައިބު ވިއެވެ. އަދި އެކަކު އަނެކަކަށް ބުންޏެވެ. ”⁠މިއީ ހަމަ އެ ނުޢުމީ ތަ؟⁠“


ކިލާގަނޑުން މީހާ ނަންގަވަނީ އެކަލާނގެ. ބޭނުން ޖެހިފައިވާ މީހާ ކުނިގޮނޑުން ނެރުއްވަނީ އެކަލާނގެ. އަދި ރަސްކަލުންގެ އަރިހުގައި ބައިންދަވަނީ އެކަލާނގެ. މީހާއަށް އިއްޒަތުގެ ތަޚުތު ދެއްވަނީ އެކަލާނގެ. އެހެނީ ބިމުގެ ބިންގާތަކަކީ މާތްރަސްކަލާނގެ މިލްކެއް. ބިމުގެ ބިންގާ އެޅުއްވީ އެކަލާނގެ.


އޭނާ ދިއުމުން އަރިހުބޭކަލުން ބުނެއްޕެވެ. ”⁠މިއެއް ނޫންތަ އިސްރާއީލުގެ ބިމުގެ ރަސްގެފާނަކީ؟ މީނާ އަކަށް ނޫންތަ އިސްރާއީލީންގެ އަންހެނުން ލަވަ ހަދައިގެން ކިޔައި ނަށަމުން ގެންދިޔައީކީ؟ އެމީހުން ކިޔެއް ނޫންތަ؟ ’⁠ޝާއުލް މެރީ ހާސް މީހުންނޭ ދާއޫދު މެރީ ދިހަހާސް މީހުންނޭ.⁠‘⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ