Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 9:7 - ކިތާބުލް މުޤައްދަސާ

7 އީސާގެފާނު އެމީހާއަށް ވިދާޅުވިއެވެ. ”⁠ސިލުވާމު (މިބަހުގެ މާނައަކީ ފޮނުވި) އޭކިޔުނު ވެވަށް ގޮސް އެވެވުން ލޯ ދޮވެލާ.⁠“ އެމީހާ އެވެވަށް ގޮސް ލޯ ދޮވެގެން އައި އިރު އޭނާގެ ލޮލަށް ވަނީ އަލިވެފައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 9:7
21 ပူးပေါင်းရင်းမြစ်များ  

މާތްރަސްކަލާނގެ އެކަލޭގެފާނަށް ވަޙީކުރެއްވިއެވެ. ”⁠އިންސާނާއަށް އަނގަ ދެއްވީ ކޮންފަރާތަކުން؟ އަދި އިންސާނާ ބީރު މީހަކަށް ނުވަތަ މަންމަނަކަށް ހައްދަވަނީ ކޮން ފަރާތަކުން؟ އިންސާނާގެ ލޮލަށް އަލިކަން ދެއްވައި އަނދިރި ކުރައްވަނީ ކޮން ފަރާތަކުން؟ އެކަންތައް މެދުވެރި ކުރައްވަނީ ތިމަން މާތްރަސްކަލާނގެ ނޫންތަ؟


ލޯފަން މީހުންނަށް ފެނުން ދެއްވައި، ނުހިނގޭ މީހުންނަށް ހިނގާ ދެއްވައި، ޖުޒާމުބަލި ޖެހިފައިވާ މީހުންގެ ބަލި ފަސޭހަ ކޮށްދެއްވައި، ބީރު މީހުންނަށް އިވުން ދެއްވައި، މަރުވެފައިވާ މީހުންނަށް ދިރުން ދެއްވައި، އަދި ނިކަމެތިންނަށް ހެޔޮޚަބަރު ބުނެދެއްވައި ކަމުގައި.


ސިލުވާމުގެ ބުރުޒު ވެއްޓިގެން މަރުވި އަށާރަ މީހުންނަކީ ވެސް ޖެރޫސަލަމުގެ އެހެން މީހުންނަށް ވުރެ ނުބައި ބަޔަކު ކަމުގައި ކަލޭމެން ދެކެންތަ؟


އިނބަރަސްކަލާނގެ ޚާއްސަ ކުރައްވާފައިވާ ކަލޭގެފާނު ކަމުގައިވާ އަލްމަސީޙު މެދުވެރިކޮށް ދުނިޔޭގެ ޤައުމުތަކުގެ މީސްތަކުންނަށް އިނބަރަސްކަލާނގެ އަކީ ކޮބައިކަން ހާމަ ކުރައްވާނެ. އަލްމަސީޙުގެ ސަބަބުން ބަނީއިސްރާއީލު މީހުންނަށް އިނބަރަސްކަލާނގެ މަތިވެރިކަން ފެންނާނެ.⁠“


އަހަރެން މީ ބައްޕާފުޅު ހޮއްވަވާފައި ދުނިޔެއަށް ފޮނުއްވި މީހެއް. އަހަރެން މީ އެކަލާނގެ ދަރިކަލެކޭ ބުނީމާ އަހަރެން ކުފުރުވާންވީ ކީއްވެ؟


ނަމަވެސް އަނެއްބަޔަކު ބުންޏެވެ. ”⁠އޭނާ ލޯއަނދިރި މީހާގެ ލޮލުގެ އަލިކަން އަނބުރާ ގެނެސްދިން. ވީއިރު އޭނާ ލާޒަރު މަރުވިޔަ ނުދީ ނުބެހެއްޓީ ކީއްވެ؟⁠“


އޭނާ ބުންޏެވެ. ”⁠އީސާއޭ ނަމަކަށް ކިޔުނު މީހަކު އަހަރެންގެ ލޮލުގައި ކިލާކޮޅެއް އުނގުޅާފަ ސިލުވާމުއަށް ގޮސް ދޮވެލުމަށް ބުނުމުން އަހަރެން އެވެވަށް ގޮސް ލޯ ދޮވެގެން އައި އިރު އަހަރެންގެ ލޮލަށް ވަނީ އަލިވެފަ.⁠“


އީސާގެފާނު ވިދާޅުވިއެވެ. ”⁠އަހަރެން ދުނިޔެއަށް މިއައީ ކަންތައްތައް ފައިސަލާ ކުރެވޭނެ ގޮތް ހެދުމަށް. އަނދިރިމީހުންގެ ލޯ އަލިކޮށް ދިނުމަށާއި ފެންނަކަމަށް ހީކުރާ މީހުންގެ ލޮލަށް ކަންތައް ފެނުނަސް ނުފެންނަކަން ދައްކައި ދިނުމަށް.⁠“


ކަލޭ އެބައިމީހުންގެ ލޯތައް ހުޅުވާނޭ. އަދި އެމީހުން އަނދިރިކަމުން އަލިކަމަށް އަދި ޝައިތާނާގެ ބާރުގެ ދަށުން މާތްރަސްކަލާނގެ ބާރުގެދަށަށް އައުމަށް އެހީވެދޭނޭ. އޭރުން އެމީހުންގެ ފާފަތައް ޢަފޫކުރެއްވި ތިމަންކަލޭގެފާނުގެ ބަސްފުޅުތައް ގަބޫލު ކުރުމުގެ ސަބަބުން މާތްރަސްކަލާނގެ ޚާއްސަ މަޤާމެއް ދެއްވާފައި ވާ އެހެން މީހުންގެ ތެރެއިން އެމީހުން ވެސް ހިމެނޭނޭ.⁠‘⁠“


އެކަމަކު ވަގުތު ޖެހުމުން މާތްކަލާނގެ އެކަލާނގެ ޚާއްސަ ދަރިކަލުން ފޮނުއްވިއެވެ. އެކަލޭގެފާނު އިންސާނީ މަންމައެއްގެ ބަނޑުފުޅުން ވަޑައިގެން އުޅުއްވަމުން ގެންދެވީ ބަނީ އިސްރާއީލުންގެ އަމުރުތަކާއި ގަވާއިދުތަކުގެ ދަށުގައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ