Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 9:39 - ކިތާބުލް މުޤައްދަސާ

39 އީސާގެފާނު ވިދާޅުވިއެވެ. ”⁠އަހަރެން ދުނިޔެއަށް މިއައީ ކަންތައްތައް ފައިސަލާ ކުރެވޭނެ ގޮތް ހެދުމަށް. އަނދިރިމީހުންގެ ލޯ އަލިކޮށް ދިނުމަށާއި ފެންނަކަމަށް ހީކުރާ މީހުންގެ ލޮލަށް ކަންތައް ފެނުނަސް ނުފެންނަކަން ދައްކައި ދިނުމަށް.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 9:39
34 ပူးပေါင်းရင်းမြစ်များ  

ލޯފަން މީހުންނަށް ފެނުން ދެއްވައި، ނުހިނގޭ މީހުންނަށް ހިނގާ ދެއްވައި، ޖުޒާމުބަލި ޖެހިފައިވާ މީހުންގެ ބަލި ފަސޭހަ ކޮށްދެއްވައި، ބީރު މީހުންނަށް އިވުން ދެއްވައި، މަރުވެފައިވާ މީހުންނަށް ދިރުން ދެއްވައި، އަދި ނިކަމެތިންނަށް ހެޔޮޚަބަރު ބުނެދެއްވައި ކަމުގައި.


ފަރީސީންނާއި ދުރުގައި ވޭ! އެބައިމީހުންނީ ލޯކަނު މަގުދައްކާދޭ މީހުން. އަދި ކަނަކު އަނެއް ކަނަކަށް މަގު ދައްކަން ވެއްޖެ ނަމަ އެ ދެމީހުން އެކުގައި ވަޅުގަނޑަކަށް ވެއްޓިދާނެ.⁠“


އެކަމަކު ތިޔަބައިމީހުންގެ ލޯ ނުބައިނަމަ، ތިޔަބައިމީހުން ފުރިގެންވާނީ ފުން އަނދިރިކަމުން. ތިޔަބައިމީހުންގެ ކިބައިގައި ހުންނަން ޖެހޭ އަލިކަން ވާނީ ތިޔަބައިމީހުންގެ ކިބައިން ގެއްލި ގޮސްފައި. އަދި ތިޔަބައިމީހުންގެ ކިބައިގައި ހަމައެކަނި ވާނީ އަނދިރިކަން. އެ އަނދިރިކަން ވާނީ ނުހަނު ބޮޑު ފުން އަނދިރިކަމަކަށް.


އެ އަލީގެ ސަބަބުން ބިރާއި އަނދިރީގެ ތެރޭގައި ވާ މީހުންނަށް އަލިކަން ލިބި ތެދުމަގު ފެންނާނެ. އަދި އަހަރެމެންގެ ފިޔަވަޅުތައް އަމާންކަމުގެ މަގަށް އެނބުރޭނެ.⁠“


ހަމަކަށަވަރުން މިހާރު އެންމެ މަތިވެރި މީހުންގެ ތެރެއިން ގިނަ މީހުން އެންމެ ދަށް މީހުން ކަމުގައި ވާނެ. އަދި މިހާރު އެންމެ ދަށް މީހުންގެ ތެރެއިން ގިނަ މީހުން އެންމެ މަތިވެރި މީހުން ކަމުގައި ވާނެ.⁠“


ދެން ސިމިއޯން އެމީހުންނަށް ބަރަކާތް ލެއްވުމަށް އެދި ދުޢާ ކުރިއެވެ. އަދި މަރިޔަމްގެފާނަށް ބުންޏެވެ. ”⁠މިކުއްޖާއަކީ ބަނީއިސްރާއީލުގެ އެތައްބަޔެއްގެ ނެތި ދިއުން ކަމުގައި އަދި އަނެއްބައެއްގެ މަތިވެރިވުން ކަމުގައި މާތްރަސްކަލާނގެ ލައްވާނެ. މިދަރިފުޅަކީ މާތްރަސްކަލާނގެ މީސްތަކުންނަށް ފޮނުއްވާ އިންޒާރެއް. އެތައްބަޔަކުމެ މި އިންޒާރާއި ދެކޮޅުވާނެ.


”⁠އަހަރެން މި ވަނީ މާތްރަސްކަލާނގެ ރޫޙުފުޅުގެ ބާރުގެ ދަށުގައެވެ. މާތްރަސްކަލާނގެ އަހަރެން ޚާއްސަ ކުރައްވާ ފޮނުއްވީ ފަގީރުންނަށް ހެޔޮޚަބަރުފުޅު ދިނުމަށްޓަކައެވެ. އެކަލާނގެ އަހަރެން ފޮނުއްވީ ހައްޔަރުވެފައިވާ މީހުންނަށް މިނިވަންކަން ދީ ނުފެންނަ މީހުންނަށް ލޮލުގެ އަލިކަން ދީ އަދި އަނިޔާވެރި ކަމުގެ ދަށުގައި ވާ މީހުން ސަލާމަތްކޮށް


އީސާގެފާނު ހަމަ އެވަގުތުމެ އެތައް ބައެއްގެ ބަލިތައް ފަސޭހަކޮށް ދެއްވަމުން ގެންދެވިއެވެ. އެކަލޭގެފާނު ޖިންނީންގެ ސަބަބުން ބަލިތައް ޖެހިފައިވާ މީހުން ރަނގަޅު ކުރައްވާ ލޯއަނދިރި މީހުންގެ ލޮލަށް އަލިކަން ދެއްވިއެވެ.


ދެން އީސާގެފާނު އެއްވެފައި ތިބި މީސްތަކުންނަށް ވިދާޅުވިއެވެ. ”⁠މި ދުނިޔޭގެ މީސްތަކުންގެ މައްޗަށް ހިސާބުބެއްލެވުމުގެ ވަގުތު ޖެހިއްޖެ. މި ދުނިޔޭގެ ވަލީޢަހުދު ކަމުގައިވާ ޝައިތާނާ ދެން ބޭރުކޮށްލެވިދާނެ.


އަހަރެން މިއީ ދުނިޔެއަށް ފޮނުއްވުނު އަލިކަން. އަހަރެން ގަބޫލު ކޮށް އީމާންވެއްޖެ އެއްވެސް މީހަކު އަނދިރިކަމުގެ ތެރެއަކު ނުވާނެ.


މާތްރަސްކަލާނގެ އެކަލާނގެ ދަރިކަލުން ދުނިޔެއަށް ފޮނުއްވީ ދުނިޔޭގެ މީސްތަކުން ކުށްވެރި ކުރެއްވުމަކަށް ނޫން. ނަމަވެސް އެކަލޭގެފާނު މެދުވެރިކޮށް އެމީހުން ދިންނެވުމަށް.


އެމީހުން ކުށްވެރި ކުރެވުނު ސަބަބަކީ ސުވަރުގެއިން އަލިކަމެއް މި ދުނިޔެއަށް ފޮނުއްވުމުން ވެސް އެމީހުން އެއަލިކަމުގެ ބަދަލުގައި ލޯބިކުރީ ދުނިޔެވީ އަނދިރިކަމަށް. އެއީ އެމީހުންގެ އަމަލުތަކަކީ ނުބައި ފާފަވެރި އަމަލުތަކަށް ވާތީ.


މީގެ ތަންކޮޅެއްފަހުން އީސާގެފާނު އަނެއްކާވެސް މީސްތަކުންނާ މުޚާތަބުކޮށް ވާހަކަފުޅު ދައްކަވައި ވިދާޅުވިއެވެ. ”⁠އަހަރެން މިއީ ދުނިޔޭގެ އަލިކަން. ކަލޭމެން އަހަރެން ހިނގާ މަގުން ހިނގާ ކަމުގައި ވަނީނަމަ ކަލޭމެން އަނދިރީގެ ތެރޭގައި ތަނެއް ދޮރެއް ނުފެނި އުޅޭކަށް ނުޖެހޭނެ. އެއީ ކަލޭމެން އަހަރެން ދައްކާ މަގުން ހިނގަނީ ނަމަ ދިރިހުރުމުގެ އަލި ކަލޭމެންނާއި އެކުގައި ވާނެ.⁠“


ކަލޭމެން އަހަންނާމެދު ފާޑުކިޔަނީ އިންސާނީ ވިސްނުމަށް ބިނާކޮށް. އެކަމަކު އަހަރެން އެކަކާ މެދަކު ވެސް އެގޮތަކަށް ކަންތަކެއް ނުކުރާނަން.


ދެން އޭނާ ޖަވާބުގައި ބުންޏެވެ. ”⁠އެ މީހާއަކީ ފާފަވެރިއެއް ކަމެއް ނުވަތަ ނޫންކަމެއް އަޅުގަނޑަކަށް ނޭނގެ. އަޅުގަނޑަށް އެނގޭ ކަމަކީ ކުރީގައި އަޅުގަނޑަކީ ލޯ އަނދިރި މީހެއް ކަން. ނަމަވެސް މިހާރު އަޅުގަނޑުގެ ލޮލަށް މި ވަނީ އަލިވެފަ ކަން.⁠“


ކަލޭ އެބައިމީހުންގެ ލޯތައް ހުޅުވާނޭ. އަދި އެމީހުން އަނދިރިކަމުން އަލިކަމަށް އަދި ޝައިތާނާގެ ބާރުގެ ދަށުން މާތްރަސްކަލާނގެ ބާރުގެދަށަށް އައުމަށް އެހީވެދޭނޭ. އޭރުން އެމީހުންގެ ފާފަތައް ޢަފޫކުރެއްވި ތިމަންކަލޭގެފާނުގެ ބަސްފުޅުތައް ގަބޫލު ކުރުމުގެ ސަބަބުން މާތްރަސްކަލާނގެ ޚާއްސަ މަޤާމެއް ދެއްވާފައި ވާ އެހެން މީހުންގެ ތެރެއިން އެމީހުން ވެސް ހިމެނޭނޭ.⁠‘⁠“


އެއީ އެއަލިކަމުގައި އެންމެހާ ތަކެތި ފެނިދެނިވެއެވެ. އެގޮތުން މުޤައްދަސް ފަތްފުށްތަކުގައި މިފަދައިން ބަޔާންކުރައްވާފައި ވެއެވެ. ”⁠ނިދާފައިވާ އިންސާނާ ނިކަން ހޭލާށޭ! މަރުވެފައިވާ މީހުންގެ މެދުން ތެދުވޭ. އަދި އަލްމަސީޙުގެ ނޫރުފުޅުން ތިބާގެ މައްޗަށް އަލިކަން ވިދާ ބަބުޅާނެ.⁠“


ހަމައެހެންމެ އޭނާ އެކި ވައްތަރުގެ މަކަރުވެރި ނުބައި އަމަލުތަކުން ގެއްލެނިވެގެން ވާނޭ ފަރާތްތައް މޮޔަ ހައްދާނެއެވެ. އެބައިމީހުން ގެއްލެނިވެގެން ވާނީ ސަލާމަތް ވުމުގައިވާ ތެދުވެރިކަމަށް ލޯބި ކުރުމާއިމެދު އިންކާރު ކުރުމުގެ ސަބަބުންނެވެ.


ނަމަވެސް ތިޔަބައިމީހުންނީ އެފަދަ ބައެއްނޫނެވެ. ތިޔަބައިމީހުންނީ ޚިޔާރު ކުރެވިގެންވާ ބައެކެވެ. ޝާހީ އިމާމުވަންތަ ކަމުގައިވާ ބައެކެވެ. އަދި މަތިވެރިކުރެއްވި ޤައުމެކެވެ. މާތްރަސްކަލާނގެއަށް މިލްކުވެގެންވާ ބައެއްމެއެވެ. ތިޔަބައިމީހުން އެކަލާނގެ ޚިޔާރު ކުރެއްވީ އެކަލާނގެ ހެޔޮފުޅުވަންތަކަން މީސްތަކުންނަށް ދެއްކުމަށެވެ. އެއީ ތިޔަބައިމީހުން އަނދިރިކަމުގެ ތެރެއިން ޙައިރާންކުރުވަނިވި އަލިކަމެއްގެ ތެރެއަށް ގެނެސްދެއްވި ކަމުގެ ޚަބަރެވެ.


އެހެނަސް އަހަރެމެން އަނެކުންގެ މައްޗަށް ނަފްރަތު ކުރާނަމަ އަހަރެމެންނަށް ޙަޔާތާއިގެން ކުރިއަށް އެދެވެނީ އަނދިރީގެ ތެރޭގައެވެ. އަހަރެމެންނަށް ދެވޭ ނުދެވޭ ތަނެއް ނޭނގި މަގުއޮޅިދެއެވެ. ސަބަބަކީ އަހަރެމެންގެ ލޮލަށް އަނދިރީގައި ނުފެންނަކަމެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ