38 އެމީހާ ދެންނެވިއެވެ. ”މާތް ސާހިބާ! އަޅުގަނޑު މިހިރީ އީމާންވެގެން.“ މިހެން ބުނެފައި އޭނާ އީސާގެފާނު ފައިންޕުޅު މައްޗަށް ސަޖިދައަށް ތިރިވެއްޖެއެވެ.
އެ ހިނދު ދޯނީގައި ތިބި އެންމެން އީސާގެފާނަށް އަޅުކަން ކުރިއެވެ. އަދި އެބައިމީހުން އެކަލޭގެފާނަށް ދެންނެވިއެވެ. ”ކަލޭގެފާނީ ޙަޤީޤަތުގައި ވެސް މާތްރަސްކަލާނގެ ދަރިކަލުން.“
އީސާގެފާނު އެތަނުގައި ހުންނަވަނިކޮށް އެބައިމީހުންނަށް ފެނުނެވެ. އަދި އެބައިމީހުން އެކަލޭގެފާނަށް އަޅުކަން ކުރިއެވެ. އެކަމަކު ބައެއް އަސްޙާބީންނަށް އެއީ އީސާގެފާނު ކަމާ މެދު ޝައްކު ކުރެވުނެވެ.
ކުއްލިއަކަށް އީސާގެފާނު އެބައިމީހުންނާއި ބައްދަލު ކުރައްވައި ވިދާޅުވިއެވެ. ”އައްސަލާމް ޢަލައިކުމް.“ އެ އަންހެނުން އެކަލޭގެފާނުގެ އަރިހަށް ދިޔައެވެ. އަދި އެކަލޭގެފާނުގެ ފައިތިލަފުޅުގައި ހިފަހައްޓައިގެން ތިބެ އެކަލޭގެފާނަށް އަޅުކަން ކުރިއެވެ.
ކުއްލިއަކަށް ޖުޒާމުބަލި ޖެހިފައިވާ މީހަކު އީސާގެފާނުގެ އަރިހަށް އައިސް އެކަލޭގެފާނުގެ ކުރިފުޅު މަތީގައި ކަކޫމައްޗަށް ތިރިވެ ދެންނެވިއެވެ. ”މާތްސާހިބާ. ކަލޭގެފާނު އެދިވަޑައިގަންނަވާނަމަ، ކަލޭގެފާނަށް އަޅުގަނޑު މި ބަލިން ފަސޭހަކޮށް ސާފުތާހިރު ކުރެވިދާނެ.“
އަސްޙާބީން އީސާގެފާނުގެ މައްޗަށް ހަމްދާއި ސަނާ ކިޔަމުން އުފާވެރި ކަމާއި އެކު އެނބުރި ޖެރޫސަލަމަށް ދިޔަ އެވެ.
ތޯމާސް ބުންޏެވެ. ”މާތްރަސްކަލާނގެ! މަގޭ މާތްސާހިބާ!“
އީސާގެފާނު ވިދާޅުވިއެވެ. ”އަހަރެން ދުނިޔެއަށް މިއައީ ކަންތައްތައް ފައިސަލާ ކުރެވޭނެ ގޮތް ހެދުމަށް. އަނދިރިމީހުންގެ ލޯ އަލިކޮށް ދިނުމަށާއި ފެންނަކަމަށް ހީކުރާ މީހުންގެ ލޮލަށް ކަންތައް ފެނުނަސް ނުފެންނަކަން ދައްކައި ދިނުމަށް.“