32 ވިހޭއްސުރެން ވެސް ލޮލަށް ނުފެންނަ މީހަކަށް ލޮލުގެ އަލިކަން މީހަކު ދިން ވާހަކައެއް ދުނިޔެ ހެއްދެވީއްސުރެ މީހަކު ބުނި އަޑު ދުވަހަކަވެސް ނާހަން.
އެއީ އެކަލާނގެ އެތައް ޒަމާނެއްގެ ކުރިން ރަސޫލުންނާއި ނަބީބޭކަލުން މެދުވެރިކޮށް ކުރައްވާފައިވާ ވަޢުދުފުޅާ އެއްގޮތްވާ ގޮތުގެ މަތިން.
ނަމަވެސް އަނެއްބަޔަކު ބުންޏެވެ. ”މިބަސްތަކަކީ ޖިންނި އަވަލާފައި ހުންނަ މީހަކު ބުނާނެ ކަހަލަ ބަސްތަކެއް ނޫން. އެހެން ނޫނަސް ޖިންނިއަކަށް ލޯ އަނދިރި މީހެއްގެ ލޮލުގެ އަލިކަން އަނބުރާ ގެނެސް ދެވިދާނެ ތަ؟“
އަޅުގަނޑުމެން އެންމެންނަށް ވެސް އެނގޭ މާތްރަސްކަލާނގެ ފާފަވެރިންގެ ދުޢާ އިޖާބަ ނުކުރައްވާ ކަން. މާތްރަސްކަލާނގެ އައްސަވާވޮޑިގެންވަނީ އެކަލާނގެ ކިބަފުޅަށް އަޅުކަންކޮށް އެކަލާނގެ ކިބަފުޅަށް ކިޔަމަންވާ މީހުންގެ ދުޢާކަން.
މި ކަލޭގެފާނަކީ މާތްރަސްކަލާނގެ ފޮނުއްވި ބޭކަލެއް ނޫން ނަމަ އެފަދަ ކަންތަކެއް ނުކުރެވުނީސް.“
ހޮނުގެ ވިދުވަރާއި ގުގުރީގެ ބާރު އަޑާއި އެކު ބިންހެލުމެއް ކުރިމަތިވިއެވެ. އެއީ ދުނިޔޭގައި އިންސާނުން އުފެއްދެވީއްސުރެން ދުވަހަކުވެސް އައިސްފައި ނުވާ ފަދަ ބިންހެލުމެކެވެ.