Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 9:31 - ކިތާބުލް މުޤައްދަސާ

31 އަޅުގަނޑުމެން އެންމެންނަށް ވެސް އެނގޭ މާތްރަސްކަލާނގެ ފާފަވެރިންގެ ދުޢާ އިޖާބަ ނުކުރައްވާ ކަން. މާތްރަސްކަލާނގެ އައްސަވާވޮޑިގެންވަނީ އެކަލާނގެ ކިބަފުޅަށް އަޅުކަންކޮށް އެކަލާނގެ ކިބަފުޅަށް ކިޔަމަންވާ މީހުންގެ ދުޢާކަން.

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 9:31
41 ပူးပေါင်းရင်းမြစ်များ  

މާތްކަލާނގެ އެވާދީގެ ތެރޭގައި ވީ ހުރިހާ ރަށްތައް ނެތިކޮށްލެވިއެވެ. ނަމަވެސް އެކަލާނގެ އިބްރާހީމްގެފާނަށް ކުރެއްވި ވަޢުދުފުޅު އުވާ ނުލައްވައި ލޫޠުގެފާނު އެތަނުން ބޭރު ކުރެއްވިއެވެ.


އޭނާގެ ފިރިމީހާގެ ގާތަށް ހަމަ މިހާރު އޭނާ ފޮނުވާލަ. އޭނާގެ ފިރިމީހާއަކީ ރަސޫލެއް. ކަލޭ މަރުން ސަލާމަތްވާނީ އޭނާގެ ދުޢާއިން. ކަލޭ އޭނާގެ އަންހެނުން އަނބުރާ ނުފޮނުވައިފިނަމަ ކަލެއާއި ކަލޭގެ ޤައުމުގެ ހުރިހާ އެންމެން ނެތިފަނާވެދާނެ.⁠“


ނުބައިމީހުންގެ ދުޢާތަކަށް މާތްރަސްކަލާނގެ ސަމާލުކަމެއް ނުދެއްވައެވެ. ހެޔޮމީހާގެ އަޅުކަން އެކަލާނގެ އައްސަވާ ވޮޑިގަންނަވައެވެ.


ފަގީރުމީހާއަށް ބީރު ކަންފަތްދޭ މީހާ ކަމަކަށް ބޭނުންވާ ދުވަހު އެ އަޑު އަހާނެ މީހަކު ނުހުންނާނެއެވެ.


އަމުރުފުޅުތަކަށް ބޯ ނުލަނބާ މީހެއްގެ ދުޢާތައް ދެކެ މާތްކަލާނގެ ނަފްރަތުވެ ވޮޑިގަންނަވައެވެ.


އެކަމަކު މިހާރު ވެސް ކަލޭގެފާނު އެދިވަޑައިގެންވާ ކޮންމެ ކަމެއް މާތްރަސްކަލާނގެ ހިންމަވައި ދެއްވަވާނެ ކަން އަޅުގަނޑަށް ޔަޤީން.⁠“


ކަލޭމެން އަހަރެން ޚިޔާރެއް ނުކުރޭ. ކަލޭމެން ޚިޔާރު ކުރީ އަހަރެން. އަބަދުގެ އަބަދަށް ދެމިހުންނަ ފަދަ މޭވާ ލިބޭނެ މަސައްކަތް ކުރުމަށް ކަލޭމެން ޚިޔާރު ކޮށް ފޮނުވީ އަހަރެން. އެއީ އޭރުން ކަލޭމެން އަހަރެންގެ ނަމުގައި އެދުނު ކޮންމެ ކަމެއް ވެސް އަހަރެންގެ ބައްޕާފުޅު ކަލޭމެންނަށް ފުއްދަވާ ދެއްވާނެ.


އީސާގެފާނު ވިދާޅުވިއެވެ. ”⁠އަހަރެން މިބުނާ ކާނާއަކީ އަހަރެން ފޮނުއްވި ފަރާތުގެ އެންގެވުންތަކަށް ކިޔަމަންވެ އަދި އެފަރާތުން އަހަރެންނާއި ހަވާލުކުރެއްވި މަސައްކަތް ކޮށް ނިންމުން.


މާތްރަސްކަލާނގެ އަންގަވާގޮތަށް ކަންތައް ކުރަން އެދޭ މީހަކަށް އަހަރެން މި ބުނެދޭ ތަކެއްޗަކީ މާތްރަސްކަލާނގެ އެންގެވުންތައްކަން ހާމަވެގެންދާނެ. އަދި މިއީ އަހަރެންގެ އަމިއްލަ ބަސްތަކެއް ނޫންކަން ވެސް އެނގިގެންދާނެ.


އެމީހާ ޖަވާބުގައި ބުންޏެވެ. ”⁠ތިޔަހެން ވިއްޔާ ތިޔައީ ވަރަށް އަޖައިބުވާ ވަރުގެ ކަމެއް. މި މީހަކީ ކޮންތާނކުން އައި ކާކުކަމެއް ވެސް ތިޔަބޭފުޅުންނަކަށް ނޭނގޭ. އެކަމަކު އެ މީހާ އަޅުގަނޑުގެ ލޮލަށް އަލިކޮށް ދީފި.


ވިހޭއްސުރެން ވެސް ލޮލަށް ނުފެންނަ މީހަކަށް ލޮލުގެ އަލިކަން މީހަކު ދިން ވާހަކައެއް ދުނިޔެ ހެއްދެވީއްސުރެ މީހަކު ބުނި އަޑު ދުވަހަކަވެސް ނާހަން.


އަދިވެސް އެކަލޭގެފާނު ދެންނެވިއެވެ. ”⁠މިއަޅާގެ ރަސްކަލާނކޯއެވެ! މިއަޅާ އައިސް މިހިރީ އިނބަރަސްކަލާނގެ ރުހިވޮޑިގެންނަވާ ކަންތައް ކުރުމަށެވެ. އެއީ ފަތްފުށްތަކުގައި ލިޔެވިފައިވާ ފަދައިން ވެސް މެއެވެ.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ