Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 9:21 - ކިތާބުލް މުޤައްދަސާ

21 އެކަމަކު މިހާރު އޭނާގެ ލޮލަށް އެ ފެންނަނީ ކިހިނެއް ކަމެއް އަޅުގަނޑުމެންނަކަށް ނޭނގެ. އަދި އޭނާގެ ލޮލަށް ފެންނަ ގޮތް ހަދާދިނީ ކާކުކަމެއް ވެސް އަޅުގަނޑުމެންނަކަށް ނޭނގެ. އޭނާއަކީ ތަސައްރަފުފުދި ބޮޑުވެފައިހުރި މީހެއް. ވީމާ ތިޔަބޭފުޅުން އޭނާ ކުރެން ސުވާލުކޮށް އޮޅުންފިލުއްވަ ބައްލަވަ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 9:21
7 ပူးပေါင်းရင်းမြစ်များ  

އެމީސްތަކުންގެ ތެރޭގައި މެދު ކެނޑުމެއްނެތި ލޭ ފައިބާތާ ބާރަ އަހަރު ވެފައިވާ އަންހެނަކު ވިއެވެ. އެއްވެސް މީހަކަށް އޭނާގެ ބަލި ފަސޭހަ ކުރެވޭނޭ ގޮތެއް ވަނީ ނުވެފައެވެ.


ވާވެފައިއޮންނަތާ ތިރީސް އަށް އަހަރު ވެފައިވާ މީހަކު އެވެވުގެ ކާރީގައި އޮތެވެ.


ދެން އެމީހުން އަހައި ސުވާލުކުރިއެވެ. ”⁠ކަލޭގެ ލޯ ރަނގަޅުވެ ފެންނަ ގޮތްވީ ކިހިނެއް؟⁠“


އެމީހާގެ މައިންބަފައިން ބުންޏެވެ. ”⁠އަޅުގަނޑުމެންނަށް ޔަޤީން ވެސް އެނގޭ ކަމަކީ މިއީ އަޅުގަނޑުމެންގެ ފިރިހެން ދަރިފުޅުކަން. އަދި ވިހޭއްސުރެ އޭނާގެ ލޮލަށް ނުފެންނަކަން.


އެމީހުން މިހެން ބުނީ ބަނީއިސްރާއީލުގެ ވެރިން ދެކެ ބިރުންނެވެ. އެއީ އީސާގެފާނަކީ އަލްމަސީޙު ކަމުގައި ބުނާ ކޮންމެ މީހަކުމެ ދީނީ މަރުކަޒުތަކުން ވަކިކޮށް ބޭރުކޮށްލާނެ ކަމުގައި އެމީހުން ވަނީ އަންގާފައެވެ.


”⁠އޭނާ އެހެރީ ތަސައްރަފު ފުދިފަ އޭ، އޭނާ ކުރެން ތި ކަމާ ސުވާލު ކުރާށޭ⁠“ މިހެން އޭނާގެ މައިންބަފައިން ބުނީ އެހެން ވެގެންނެވެ.


އެ ރަށުގައި ވީ އޭނިޔާސްއޭ ކިޔުނު މީހަކާއި ޕަތަރަސްއާއި ބައްދަލުވިއެވެ. މިމީހާއަކީ އޭރު ވާބަލީގެ ސަބަބުން އޮތް ތަނުން ނުތެދުވެވޭތާ އަށް އަހަރު ވެފައިވާ މީހެކެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ