Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 9:19 - ކިތާބުލް މުޤައްދަސާ

19 އެމީހުން އޭނާގެ މައިންބަފައިންނާއި ސުވާލު ކުރިއެވެ. ”⁠މިއީ ވިހޭއްސުރެ ލޯ އަނދިރި ކަމަށް ބުނާ ކަލޭމެންގެ ދަރިތަ؟ މިހާރު އޭނާގެ ލޮލަށް އެފެންނަނީ ކިހިނެއް؟⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 9:19
5 ပူးပေါင်းရင်းမြစ်များ  

ނަމަވެސް ބަނީއިސްރާއީލު މީހުންގެ ވެރިން މި މީހާއަކީ އުފަންވީއްސުރެން ލޯ އަނދިރި މީހެއް ކަމަކަށް އެއްގޮތަކަށް ވެސް ގަބޫލެއް ނުކުރިއެވެ. އެހެން ކަމުން އެމީހުން އޭނާގެ މައިންބަފައިން ބަލާ ފޮނުވިއެވެ.


އެމީހާގެ މައިންބަފައިން ބުންޏެވެ. ”⁠އަޅުގަނޑުމެންނަށް ޔަޤީން ވެސް އެނގޭ ކަމަކީ މިއީ އަޅުގަނޑުމެންގެ ފިރިހެން ދަރިފުޅުކަން. އަދި ވިހޭއްސުރެ އޭނާގެ ލޮލަށް ނުފެންނަކަން.


އެމީހުން މި ކަމާއި ހައިރާންވެ އަޖައިބު ވިއެވެ. އެއީ މިމީހާ އަކީ ކޮންމެ ދުވަހަކު ބައިތުލް މަޤްދިސްގެ ރީތި ދޮރާއްޓޭ ކިޔުނު ދޮރާށި ކާރީ ސަލާން ޖަހަން އޮންނަ ވާވެފައިވާ މީހާ ކަން އެމީހުންނަށް އެނގޭތީ އެވެ. ނަމަވެސް މިހާރު އޭނާ މާތްރަސްކަލާނގެ ކިބަފުޅަށް ޙަމްދު ކުރަމުން އެހެރަ ހިނގަނީއެވެ.


އެކަމަކު މި ވެދިޔަ ކަންތައްތަކަކީ ދޮގެއް ކަމަކަށް ވެސް އެމީހުންނަކަށް ބުނެވޭކަށް ނެތެވެ. އެއީ އެ ވާވެފައި ވީ މީހާ މުޅިން ރަނގަޅު ވެ އެހެރީ އެމީހުންގެ ކުރިމަތީ ކޮޅަށެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ