Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 9:18 - ކިތާބުލް މުޤައްދަސާ

18 ނަމަވެސް ބަނީއިސްރާއީލު މީހުންގެ ވެރިން މި މީހާއަކީ އުފަންވީއްސުރެން ލޯ އަނދިރި މީހެއް ކަމަކަށް އެއްގޮތަކަށް ވެސް ގަބޫލެއް ނުކުރިއެވެ. އެހެން ކަމުން އެމީހުން އޭނާގެ މައިންބަފައިން ބަލާ ފޮނުވިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 9:18
11 ပူးပေါင်းရင်းမြစ်များ  

ދެން ލޫޠުގެފާނު އެކަލޭގެފާނުގެ އަންހެންދަރިންނާއި އިނުމަށް ހަމަޖެހިފައިވާ ފިރިހެންކުދިންގެ ގާތަށް ގޮސް ބުންޏެވެ. ”⁠އަވަސްކުރޭ އަވަހަށް މިރަށުން ބޭރަށް ދޭ. މާތްރަސްކަލާނގެ އެއުޅުއްވަނީ މިރަށް ނެތިކޮށްލައްވަން.⁠“ ނަމަވެސް އެޒުވާން ފިރިހެނުން ލޫޠުގެފާނުގެ ބަސްފުޅަކަށް އަޅައެއް ނުލިއެވެ. އެމީހުން ހީކުރީ އެކަލޭގެފާނު ސަމާސައެއް ކުރައްވަނީ ކަމަށެވެ.


ދެން އިބްރާހީމްގެފާނު ވިދާޅުވިއޭ. ’⁠އެމީހުން މޫސާގެފާނާއި އަދި ނަބީބޭކަލުން ވިދާޅުވި ބަސްފުޅުތަކުގެ އަޑުނާހާ އުޅޭ ނަމަ މަރުވެފައިވާ މީހަކު އަލުން ދިރިގެން ދިޔަސް އެމީހުންގެ ހިތާއި އުޅުމެއް ބަދަލެއް ނުކުރާނެއޭ.⁠‘⁠“


ޖެރޫސަލަމުން، ބަނީއިސްރާއީލުގެ ވެރިން ޔަޙުޔާގެފާނުގެ ގާތުން އެކަލޭގެފާނަކީ ކާކުތޯ އަހައި ސުވާލު ކުރުމަށް އިމާމުންނާއި އަދި ބައިތުލް މަޤްދިސް ބަލަހައްޓާ އެހީތެރީން ފޮނުވުމުން ޔަޙުޔާގެފާނު އެމީހުންނަށް މިފަދައިން ވިދާޅުވެ އެންގެވިއެވެ.


ކަލޭމެން އެކަކު އަނެކެއްގެ ތަޢުރީފުގެ ބަސްތައް ލިބުމަށް އެދޭ. ނަމަވެސް އެއްކައުވަންތަ މާތްކަލާނގެ ކިބަފުޅުން ރުހިވޮޑިގަތުން ލިބިގަތުމަކަށް ކަލޭމެން މަސައްކަތެއް ނުކުރޭ. ވީއިރު ކަލޭމެންނަށް އީމާން ވެވޭނީ ކިހިނެއް؟


އެމީހުން އޭނާގެ މައިންބަފައިންނާއި ސުވާލު ކުރިއެވެ. ”⁠މިއީ ވިހޭއްސުރެ ލޯ އަނދިރި ކަމަށް ބުނާ ކަލޭމެންގެ ދަރިތަ؟ މިހާރު އޭނާގެ ލޮލަށް އެފެންނަނީ ކިހިނެއް؟⁠“


އެމީހުން މިހެން ބުނީ ބަނީއިސްރާއީލުގެ ވެރިން ދެކެ ބިރުންނެވެ. އެއީ އީސާގެފާނަކީ އަލްމަސީޙު ކަމުގައި ބުނާ ކޮންމެ މީހަކުމެ ދީނީ މަރުކަޒުތަކުން ވަކިކޮށް ބޭރުކޮށްލާނެ ކަމުގައި އެމީހުން ވަނީ އަންގާފައެވެ.


އަހަރެމެން ވެސް އެ އަރާމުގެ މަންޒިލަށް ވަނުމަށް ގަދައަޅަން ވާނެއެވެ. އެއީ އަހަރެމެންގެ ތެރޭން އެކަކު ވެސް އީމާންކަމުގެ މަގުން ކައްސާލައި ކުރީގެ ނުކިޔަމަންތެރިވި މީހުން ފަދައިން ގެއްލުނަ ނުދިނުމަށެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ