ޔޫޙަންނާ 8:7 - ކިތާބުލް މުޤައްދަސާ7 އެކަމު އެމީހުން ކުރުނުކޮށް ހުއްޓުމެއް ނެތި އެކަލޭގެފާނުގެ ކިބައިން ޖަވާބަކަށް އެދެމުން ދިޔައެވެ. އެހެންކަމުން އެންމެފަހުން އީސާގެފާނު ތެދުވެވަޑައިގެން ވިދާޅުވިއެވެ. ”އޭނާގެ ގައިގައި ޖަހަން އެއްލާ އެންމެފުރަތަމަ ހިލަގަނޑު އެއްލަން ޖެހޭނީ މިތާނގައި ތިބި މީހުންގެ ތެރެއިން ދުވަހަކު ވެސް ފާފައެއް ކޮށްފައި ނުވާ މީހަކު.“ အခန်းကိုကြည့်ပါ။ |
އެކަލޭގެފާނުގެ އަނގައިން ތޫނު ކަނޑިއެއް ނުކުތެވެ. އެ ކަނޑިން އެންމެހާ ޤައުމުތައް އެކަލޭގެފާނު ފަތަޙަ ކުރައްވާނެއެވެ. ދަގަނޑު އަސާއަކުން އެބައިމީހުންގެ މައްޗަށް އެކަލޭގެފާނު ބާރު ހިންގަވާނެއެވެ. އަދި މާތް ކުޅަދުންވަންތަ މަތިވެރި ރަސްކަލާނގެ ކޯފާއިން މޭބިސްކަދުރުތައް އަޅާފައިވާ ތާނގީގެ ތެރޭގައި ހުރި މޭބިސްކަދުރުތައް އެކަލޭގެފާނުގެ ފައިންޕުޅުން ޗިސްކޮށް އެމޭބިސްކަދުރުން ދިޔަ ހައްދަވާނެއެވެ.