ޔޫޙަންނާ 8:6 - ކިތާބުލް މުޤައްދަސާ6 އެމީހުން އީސާގެފާނާއި މި ސުވާލު ކުރީ އެކަލޭގެފާނު މަޅިއެއްގައި ބައްދާލުމަށެވެ. އެއީ އެކަލޭގެފާނު މިކަމާއި މެދު ވިދާޅުވާ ބަސްފުޅެއް ބަލާފަ އެބަސްފުޅު އެކަލޭގެފާނު ކުށްވެރި ކުރުމަށް ބޭނުން ކުރުމަށެވެ. ނަމަވެސް އީސާގެފާނު ގުދުވެ ވަޑައިގެން އިނގިލިފުޅުން ބިންމަތީގައި ލިޔުއްވަން ފެއްޓެވިއެވެ. အခန်းကိုကြည့်ပါ။ |
ފަރީސީންނަށް އީސާގެފާނު ވަޑައިގެންނެވި ޚަބަރު ލިބުމުން އެކަލޭގެފާނުގެ އަރިހަށް އެބައިމީހުން އައިސް ޒުވާބުދެއްވިއެވެ. އެބައިމީހުންގެ އެދުމަކަށް ވެގެންވީ އެކަލޭގެފާނީ މާތްރަސްކަލާނގެ ޙަޟްރަތުން ވަޑައިގެންނެވި ބޭކަލެއްތޯ އަޖުމަބެލުމެވެ. އެގޮތުން އެކަލޭގެފާނީ މާތްރަސްކަލާނގެ ޙަޟްރަތުން ވަޑައިގެންނެވި ބޭކަލެއްކަން އަންގައި ދިނުމުގެ ގޮތުން އެބައިމީހުންނަށް މުޢުޖިޒާތީ ޢަލާމާތެއް ދެކުމަށް ބާރުލާ އެދެމުން ދިޔައެވެ.
އެއްދުވަހަކު އެއްވެ ތިބި މީހުންގެ ތެރެއިން ދީނުގެ ދަންނަބޭކަލަކު ތެދުވެ އީސާގެފާނު ކުށްވެރި ކުރެވޭނެ ފަދަ ބަހެއް އެކަލޭގެފާނުގެ ކިބައިން ހޯދުމަށްޓަކައި އެކަލޭގެފާނާއި ސުވާލެއް ކުރިއެވެ. މިމީހާ އީސާގެފާނަށް ބުންޏެވެ. ”އެދުރުކަލޭގެފާނު. އަޅުގަނޑު ނިމުންނުވާ ޙަޔާތުގައި ލިބިގަތުމަށްޓަކައި ކުރަންވީ ކަންތައްތަކަކީ ކޮބައިތޯ؟“